އަތޮޅުތަކުގައި ތަރުކާރީއާއި މޭވާ ލިބެވޭނެ ހަރުދަނާ ނިޒާމެއް ނެތުމުގެ ގޮންޖެހުން

ޙަގީގަތަކީ : ދުޅަހެޔޮ ސިއްހަތަކަށް ޓަކައި ކުރަންޖެހޭ އެއް ކަމަކީ ތަރުކަރީއާއި މޭވާ އަގުހެޔޮކޮށް ލިބޭނެ ގޮތެއް ހެދުމެވެ. އެހެންކަމުން ދިވެހިރާއްޖެ ވަނީ ދެމެހެއްޓެނިވި ދަނޑުވެރިކަމަށް މުހުތާދުވެފައެވެ. ދިވެހިރާއްޖޭގައި ހުރިހާ ބާވަތެއްގެ ތަރުކާރީއާއި މޭވާ އުފެއްދުން ދަތިކަމަކަށް ވިޔަސް ތަރުކާރީތަކާއި މޭވާގެ ބައެއް ބާވަތް ހެއްދިދާނެކަމަށް ފެނެއެވެ. މިސާލަކަށް ޓޮމާޓޯ، ކިއުކަންބާ، އަދި ބައެއް ބާވަތުގެ ތަރުކާރީ ވިނަތައް މިހާރަށްވުރެ ރަނގަޅަށް ހެއްދިދާނެކަމަށް ފެނެއެވެ. ނަމަވެސް މިކަމަކީ ދަނޑުވެރިކަމުގެ މަތީތައުލީމު ބޭނުންވާކަމަކެވެ. ދިވެހިރާއްޖެއަކީ ބިމުގެ ދަތިކަން އޮތް […]
އެންމެންނަށް އަދުލުއިންސާފު ލިބެވޭނެ ހަރުދަނާ ނިޒާމެއް ނެތުމުގެ ގޮންޖެހުން

ޙަގީގަތަކީ، ފަނޑިޔާރުންގެ މުސްތަގިއްލުކަމަށް ނުފޫޒު ހިންގުމަށް ޓަކައި ބޭނުން ކުރެވޭ އެއް އުކުޅަކީ އެތަނަށް ވީހާވެސް ގިނައިން އިސްލާމީ ޝަރީއަތް ނުދަންނަ ލާދީނީ ވައްތަރުގެ މީހުން ވެއްދުމެވެ. އިސްލާމީ ޝަރީޢަތް ނުދަންނަ މީހުން ލައްވާ ވަރަށް ފަސޭހައިން ނުފޫޒުގެ ބާރު އޮތްބަޔަކު ބޭނުންވާ ގޮތަކަށް ބޭނުންވާކަމެއް ކުރެވިދާނެއެވެ. އެ މަގުސަދު ޙާސިލު ކުރުމަށް ޓަކައި އަބަދުވެސް ސިޔާސީ ނުފޫޒުތައް މަސައްކަތްކުރާނީ އެތަނަށް ތިމާމެން ބުނާހާ ގޮތަކަށް ޙުކުންތައް ލިޔެދޭނެ ބަޔަކު ވެއްދުމަށެވެ. އެއާ ޚިލާފަށް ޝަރީޢަތް ދަންނަ […]
އަތޮޅުތަކުގެ އުމުރާނީ ތަރައްގީއަށްހަރުދަނާ ނިޒާމެއް ނެތުމުގެ ގޮންޖެހުން

ޙަގީގަތަކީ ރާއްޖޭގެ އުމުރާނީ ތަރައްގީގެ ސިޔާސަތު މިވަގުތު އޮތީ ރާއްޖެތެރޭގެ ވަކި ސަރަހައްދަކަށް އިސްކަން ދީގެން އެ ސަރަހައްދާ ނުކަތާވަރަށް އިމާރާތްތައް ކޮޅަށްޖަހައި އެތަންތަނަށް ރާއްޖެތެރޭގެ ނިކަމެތީން ގެނަސް ތޮއްޖެއްސުމެވެ. ނަތީޖާއެއްގެ ގޮތުން އެ އިމާރާތްތަކާއި އެ ސަރަހައްދެއްގެ މާހައުލާއި އެތަނެއްގެ އެކަތިއަނެކައްޗާ ގުޅިފައިވާ ގުޅުމުގެ އިޖުތިމާޢީ ރަނގަޅު ނިޒާމެއް ނުހުރެއެވެ. އެ ތަންތަނުގައި ޖާގައިގެ ދަތިކަމާއި ކޮޓަރިތަކުގެ ކުޑަކަމާއި އަދި ބައެއް އިމާރާތްތަކަށް އަރަން ލިފުޓުގެ ދަތިކަމާއި އަދި އެނޫނަސް އެތަންތަނުން ނިކުންނަށް އިޖުތިމާއީ ބައިވަރު […]
އަތޮޅުތަކުގައި ދީނުގެ ހިދާޔަތު ލިބެވޭނެ ހަރުދަނާ ނިޒާމެއް ނެތުމުގެ ގޮންޖެހުން

ޙަގީގަތުގައި ދިވެހިންނަކީ ސައްތައިންސައްތަ މުސްލިމުން އުޅެންޖެހޭ ގޮތަށް އުޅެމުން ދިޔަ ބައެކެވެ. ނަމަވެސް އިޖުތިމާޢީ ގޮތުންނާއި ސުލޫކީ ގޮތުން ބަލާއިރު މިހާރު މިއޮތީ އަޚްލާޤީ ބަލިތަކުގެ ޝިކާރައަކަށް ވެފައެވެ. ދިރިއުޅުމަކީ ފަސޭހަކަމަކަށް ނުވާ ދަރަޖައަށް ޒުވާނުންގެ ސުލޫކު ވަނީ ފާސިދުވެފައެވެ. މިގޮތުން ވައްކަން ކުރުމާއި، ޓެކުމާއި، ލޫޓޫވުމާއި، މީހުން މެރުމާއި، ޢިއްފަތް ފޭރުމާއި، މަސްތުވާ ތަކެތި ބޭނުންކުރުމާއި، އަދި މީހުންގެ ޙައްޤުތަކަށް އަރައިގަތުން ވަނީ އާއްމުކަމަކަށް ވެފައެވެ. މުޖުތަމައުގައި އެއްވެސް ހަމަޖެހުމެއް ސުލްޙަ މަސަލަސްކަމެއް ނެތެވެ. ރައްޔަތުންނަށް […]
އަތޮޅުތަކުގައި ބޭސްފަރުވާގެ ހަރުދަނާ ނިޒާމެއް ނެތުމުގެ ގޮންޖެހުން

ދުޅަހެޔޮ ސިއްޙަތަކަށް ބޭނުންވަނީ މައިގަނޑު ދެ ކަމެއް ކުރުމަށެވެ. އެއް ކަމަކީ ކެއިންބުއިމުގައި ހަށިގަނޑަށް ފައިދާހުރި ރަނގަޅު ތަކެތި ބޭނުންކުރުމެވެ. ދެވަނަ ކަމަކީ ބައްޔެއް ޖެހިއްޖެ ނަމަ އެކަށީގެންވާ އަވަސް ފަރުވާއެއް ލިބިދިނުމެވެ. ދުޅަހެޔޮ ސިއްޙަތަކަށް ބޭނުންވާ ކާނާގެ ގޮތުން ބަލާ ނަމަ ރާއްޖޭގެ ސިއްހީ މީސްވިއުގެ ސިޔާސަތު މިވަގުތު އޮތީ ހަށިގަނޑަށް ގެއްލުންވާފަދަ ނުވަތަ ސަރުބިއާއި ފަލަވާތަކެތީގެ ވާރު ކުޑަކޮށްފައި ހަށިގަނޑަށް ފައިދާހުރި ކާބޯތަކެތީގެ ވާރު ބޮޑުކޮށްފައި ބެހެެެއްޓުމެވެ. މިސާލަކަށް އާދައިގެ ހުދު ގޮދަންފުށް ކިލޯއެއް […]
އަތޮޅުތަކުގައި ދުވަހު އާމުދަނީއެއް ނެތުމުގެ ގޮންޖެހުން

ޙަގީގަތަކީ : ދިވެހި ރާއްޖެއަކީ ފުދުންތެރި ގައުމެއްގެ ގޮތުގައި ބޭރުފުށުން ދެއްކި ކަމުގައިވިޔަސް، ހަގީގަތަކީ ދިވެހި ޒުވާނުންނަކީ ދުވަހު އާމުދަނީއަކަށް މުހުތާދަވެފައިވާ ނިކަމެތި ޖުމްލަގޮތެއްގައި ފަގީރު ބައެކެވެ. ދުވަހު އާމުދަނީއަކަށް ޓަކައި ކުރެވޭނެ މަސައްކަތެއް އަތޮޅުތަކުގައި އުފައްދާފައެއް ނުވެއެވެ. އަދި މައި ސަރުކާރުގައި އެފަދަ ވިސްނުމެއްވެސް ގިނަފަހަރަކަށް ނުހުރެއެވެ. އަބަދުވެސް ސަރުކާރުގެ އަމާޒު ހުންނަނީ އިގުތިސާދީ މަޝްރޫޢުތަކަށްވުރެ ޒީނަތްތެރިކަމުގެ މަޝްރުޢުތަކަށް އިސްކަން ދިނުމެވެ. މިސާލަކަށް މޫދު ހިއްކުމާއި، މޫދުގެ އަޑިން މަގުހެދުމާއި، އީދަށް ބޮކިފަތި ދިއްލުމާއި، ފާލަން […]
ފައިދާދެނިވި ކަންކަމުގައި ދެމިހުރުމުގެ ފައިދާ

ރަންގަޅު ކަންތައް ކުރުމަށް ވަަރަށް ގިނަ މީހުން ފަށައެވެ. ނަމަވެސް ފައިސާގެ ދަތިކަމުން ނުވަތަ ވަގުތުގެ ދަތިކަމުން ނުވަތަ އެހެންވެސް ސަބަބަކާހުރެ އެކަން ނުކޮށް މަޑު ޖައްސާލައެވެ. އަދި ބައެއްފަހަރަށް ކަމަކަށް ބޭނުންވާ ޖުމުލަ ފައިސާ އަތުގައި ނެތިގެން ބައެއް މީހުން ރަނގަޅު ކަންތައް ނުފައްޓައި ނުވަތަ ނުކޮށް ހުއްޓާލައެވެ. މިސާލަކަށް ވިޔަފާރިއެއް ކުރުމަށް ފަށައިގަތުން ނުވަތަ ބޯހިޔާވެހިކަމަކަށް ފަށައިގަތުން ނުވަތަ ޢިލްމެއް އުނގެނުމަށް ފަށައިގަތުން ނުވަތަ ޖަމުޢިއްޔާއެއް ނުވަތަ ޖަމާޢަތެއް އުފެއްދުމަށް ފެށައިގަތުންފަދަ ހެޔޮ އަމަލަކެވެ. […]
އިޖުތިމާޢީ ތަރައްގީގެ ހައްގުތައް ދޫކުރުމުގައި ވެސް ދިވެހީންނަށް ނިކަމެތިކަން

ވޭތުވެ ދިޔަ ސަރުކާރުން ވަނީ SDFC އުފައްދައި ތަރައްގީއަށް ލޯނުތައް ތައާރަފުކޮށްފައެވެ. ނަމަވެސް ދާދި ފަހުން މި ސަރުކާރުން ވަނީ ބޭންކެއްގެ ދަށަށް އެ މަޝްރޫޢު ގެނެސްފައެވެ. މުޖުތަމައުގައި ބޭންކުތައް ގިނަ އަދަދަކަށް ހުރެފައި އެ ތަންތަނުން ލޯނުތައް ލިބޭ އިރުވެސް SDFC ފަދަ މުއައްސަސާތައް ދުނިޔޭގެ ބައެއް ސަރުކާރުތަކުން އުފައްދަނީ ބޭންކުތަކުން ލޯނު ދޫކުރުމުގައި ބަލާނީ އިޖުތިމާޢި ފައިދާއަށްވުރެ ބޮޑަށް ވިޔަފާރި ފައިދާއަށް ކަމަށް ވެފައި އެފަދަ އިޖުތިމާޢީ ފައިދާއަށް ބޭނުންވާ ކަންތައްތައް ކުރުމަށް ބޭންކުތަކުން […]
އަޅުކަންތައް ކުރުމުގައި إخلاص ތެރިކަން ބޭނުންވޭ

اللهއަށް ކިޔަމަން ތެރިކަން އަދާ ކުރުމުގައްޔާއި އެ إله އަށް އަޅުކަން ކުރުމުގައި إخلاصތެރިކަން ނެތިއްޖެނަމަ އެ ކަމެއް قبول އެއް ނުކުރެވެއެވެ. الله ގެ ޙަޟުރަތުން އައިސްފައިވާ قدسي حديث އެއްގައި رَسُولُ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم حديثކުރެއްވިއެވެ. رَوَى مُسْلِم ٌعَنْ أَبِي هُريْرَةَ رَضِيَ اللَّهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «قَالَ اللَّه تعَالى: أنَا أغْنى الشُّرَكَاءِ عَنِ الشِّركِ، منْ عَملَ عَمَلا أشْركَ فيهِ مَعِى غَيْرِي، تَركْتُهُ وشِرْكَهُ». މާނައީ: މާތްالله ރުއްސުންލެއްވި أبوهُريْرَةގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. رَسُول اللَّه صَلّى اللهُ عَلَيْهِ وسَلَّم حديثކުރައް ވަނިކޮށް ތިމަން އަޑުއެހީމެވެ. އެ ކަލޭގެފާނު حديثކުރެއްވިއެވެ. اللهُ سُبْحَانَهُ وَتَعَالى وحيކުރެއްވިއެވެ. ތިމަންއިލާހު ވޮޑިގެންވަނީ شريكކުރާ މީހުންގެ شريكކުރުމުން ހުސްތާހިރުވެވޮޑިގެންނެވެ. މީހަކު […]
إخلاصތެރިކަމުގެ ސިފައަކީ ނަބީބޭކަލުންގެ ސިފައެކެވެ.

موسى عليه السلامގެ إخلاصތެރިކަމުގެ ސިފަ ބަޔާންކުރައްވަމުން މާތްالله، وحىކުރެއްވިއެވެ. )وَاذْكُرْ فِي الْكِتَابِ مُوسَىٰ ۚ إِنَّهُ كَانَ مُخْلَصًا وَكَانَ رَسُولًا نَبِيًّا(. މާނައީ:- ކަލޭގެފާނު މި ފޮތުން موسىގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، خيارކުރައްވާފައިވާ ބޭކަލަކު ކަމުގައި އެ ކަލޭގެފާނު ވިއެވެ. އަދި رسولއަކު إبراهيمގެފާނާއި إسحاقގެފާނާއި يعقوبގެފާނަކީ إخلاصތެރިބޭކަލުންގެ ގޮތުގައި اللهُ سُبْحَانَهُ وَتَعَالى ސިފަކުރެއްވި ބޭކަލުންނެވެ. މާތް الله، وحيކުރެއްވިއެވެ. )وَاذْكُرْ عِبَادَنَا إِبْرَاهِيمَ وَإِسْحَاقَ وَيَعْقُوبَ أُولِي الْأَيْدِي وَالْأَبْصَارِ * إِنَّا أَخْلَصْنَاهُمْ بِخَالِصَةٍ ذِكْرَى الدَّارِ * وَإِنَّهُمْ عِنْدَنَا لَمِنَ الْمُصْطَفَيْنَ الْأَخْيَار(. މާނައީ :- އަދި ތިމަންރަސްކަލާނގެ އަޅުން ކަމުގައިވާ إبراهيمގެފާނާއި إسحاقގެފާނާއި يعقوبގެފާނު ހަނދުމަކުރައްވާށެވެ! (އެ ބޭކަލުންނީ) ހެޔޮ عملކުރެއްވުމަށް ބާރުގަދަ ބުއްދީގެ أهلވެރިންނެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެ ބޭކަލުން ސާފު خصيلةއަކުން މާތްކުރައްވައި خيارކުރެއްވީމެވެ. އެއީ آخرة ހަނދުމަކުރެއްވުމެވެ. އަދި ހަމަކަށަވަރުން އެ ބޭކަލުންވަނީ ތިމަންރަސްކަލާނގެ حضرة ގައި خيارކުރައްވާފައިވާ ހެޔޮލަފާ ބޭކަލުންގެ ތެރެއިންނެވެ. ނިޔަތުގައި إخلاصތެރިކަން އޮވެއްޖެ ނަމަ އެ ކަމެއް […]