ރަސްމާލޭ ވޯޓަރފުރޮންޓް މެރީނާ މަޝްރޫޢުގެ ގެއްލުންތަކާއި ހުރި ބިރުވެރިކަން

Loading

Facebook
Twitter
WhatsApp

މިއީ ކ. ފުށިދިއްގަރު ފަޅު ”ރަސްމާލެ“ ސަރުކާރުން ހިއްކުމަށް ފަހު ޔޫ.އޭ.އީ ގެ އީގަލް ހިލްސްއާ ޙަވާލުކޮށްގެން ހިންގާ 20 ބިލިއަން ޑޮލަރުގެ ”މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ“ (ރިވޭރާ) މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން ރަސްމާލޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ލަގްޒަރީ ހޮޓާތަކާއި، މެރީނާތަކާއި، ވިޔަފާރި މަރުކަޒުތަކުގެ އިތުރުން ދިވެހިންނަށް ޚާއްޞަ ބޯހިޔާވަހިކަމުގެ ޔުނިޓްތައް ބިނާކުރުމަށް ވަނީ ރޭވިފައެވެ. އަދި ވިޔަފާރި އސޫލުން އެތަންތަން ގަނެ ވިއްކުމާއި ކުއްޔަށް ދިނުމުގެ މުޢާމަލާތް ހިނގާނެއެވެ. މި ލިޔުންކޮޅުގެ މައިގަނޑު ބޭނުމަކީ މިމަޝްރޫޢުގެ ސަބަބުން ދިވެހިރާއްޖެއަށް ލިބޭނެ ފައިދާތަކާއި، ކުރިމަތިވެދާނެ ގެއްލުންތަކުގެ މައްޗަށް ޢިލްމީ ހަމަތަކުގެ މަތިން ފާޑުކިއުމެވެ.


ލިބޭނެ މައިގަނޑު ފައިދާތައް:
މިމަޝްރޫޢުން ލިބޭނެ މައިގަނޑު ފައިދާތަކާމެދު ޚިލާފެއްނެތެވެ. ރަންބިސް އަޅާ ކުކުޅެއް ފަދަ ދިގު މުއްދަތުގެ ދާއިމީ ފައިދާއެކެވެ. އަހަރަކު 2 ބިލިއަން ޑޮލަރަށްވުރެ ގިނަ، އަދި ދިގު މުއްދަތުގައި ދައުލަތަށް 11 ބިލިއަން ޑޮލަރުގެ އާމދަނީ ލިބޭނެ ކަމަށާއި އެކި ދާއިރާތަކުން 54,000 އަށްވުރެ ގިނަ އާ ވަޒީފާގެ ފުރުޞަތު ޒުވާނުންނަށް ހުޅުވިގެންދާނެކަމަށާއި މީގެ ތެރޭގައި ހޮސްޕިޓާލިޓީ، މެރީނާ މެނޭޖްމަންޓް، ރީޓެއިލް ވިޔަފާރި އަދި މާލީ ޚިދުމަތްތަކުގެ ދާއިރާ ހިމެނޭނެ ކަމަށާއި މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެކަނިވެސް ދިވެހިންނަށް 5,000 ބޯހިޔާވަހިކަމުގެ ޔުނިޓް ބިނާކުރެވޭނެ ކަމަށް ލަފާކޮށްފައިވެއެވެ. މިއީ ބޭރުގެ ސީދާ އިންވެސްޓްމަންޓެއްގެ ގޮތުގައި އީގަލް ހިލްސްއިން 20 ބިލިއަން ޑޮލަރު ހެދަކުރާ މަޝްރޫޢަކަށްތީވެ، ދައުލަތުގެ ދަރަނި އިތުރުނުވާނެކަމަށާއި މި ފެންވަރުގެ ބޮޑު އިންވެސްޓްމަންޓެއް ގައުމަށް ވަނުމަކީ ބޭރު ފައިސާގެ(ޑޮލަރުގެ) ތާށިކަމަށް ވެސް ވަގުތީ ޙައްލެއް ލިބިގެންދާނެ ކަމެއްކަމަށް ސަރުކާރުން ބުނެފައިވެއެވެ. އަދި އަޅުގަނޑު ވެސް ހިތުން ރުހުމުން ގަބޫލުކުރަމެވެ. ކޮންމެ އަކަސް މިއީ ވަރަށް އުފާވެރި ޚަބަރެކެވެ.
ދިމާވެގެން އުޅޭ މައްސަލަ:
ނަމަވެސް ދިވަވެގެން އުޅޭ މައްސަލައަކީ ސަރުކާރުން މި މަޝްރޫޢާ ގުޅޭގޮތުން މީޑިއާތަކަށް މަޢުލޫމާތު ދެމުން ވަރަށް ސަރީހަ ބަހުން ބުނެފައިވަނީ ”ރާއްޖޭގެ ބިމުން އެންމެ އިންޗިއެއްވެސް ބޭރުގެ ފަރާތްތަކަށް މިލްކުކޮށް ނުދޭނެ“ ކަމަށެވެ. ސަރުކާރުން ބުނާގޮތުގައި މި މަޝްރޫޢު ކުރިއަށްދާނީ ރާއްޖޭގެ ރިސޯޓްތައް ކުއްޔަށް ދޫކުރާ ފަދަ 99 އަހަރުގެ ލީސް މޮޑެލްއަކަށެވެ. ބިމުގެ އަޞްލު މިލްކުވެރިކަން ދެމިއޮންނާނީ ދިވެހި ދައުލަތުގެ އަތުގައެވެ.
އަނެއްކޮޅުން އީގަލް ހިލްސް ކުންފުނިން ބައިނަލްއަޤްވާމީ މީޑިއާތަކަށް ދީފައިވާ ރަސްމީ ބަޔާނުގައި އެއަށްވުރެ ސާފުކޮށް ބުނެފައިވަނީ، ރަސްމާލޭގެ ޕްރޮޕަޓީތައް ދޫކުރާނީ ދިވެހި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން 99 އަހަރާ ހަމައަށް ހުންނަ ދިގު މުއްދަތުގެ ކުލީގެ އޮނިގަނޑެއްގެ ދަށުން ކަމަށެވެ. އަދި އިންވެސްޓަރުންނަށް ޔަގީންކަން ދިނުމުގެ ގޮތުން އެ ބަޔާނުގައި ބުނެފައިވަނީ ”ޕްރޮޕަޓީއެއް ވިއްކާލާ ކޮންމެ ފަހަރަކު ނުވަތަ ތަރިކައިން (ވާރިސުންނަށް) ބަދަލުވާ ކޮންމެ ފަހަރަކު، އައު 99 އަހަރުގެ މުއްދަތެއް އަލުން ގުނަން ފެށޭނެ“ ކަމަށެވެ. ބައިނަލްއަގުވާމީ މީޑިޔާތަކުގައި ހިލްސް ކުންފުނިން އިންވެސްޓަރުންނަށް ދީފައިވާ ކުލީގެ މުއްދަތު އެއް ޖީލުން އަނެއް ޖީލަށް ވާރުތަވަނެ ކަމުގެ ގެރެންޓީ ދީފައިވާ އިބާރަތާއި އޭގެ ރެފެރެންސް ތިރީގައި އެވަނީއެވެ.
https://gulfbusiness.com/en/2026/real-estate/eagle-hills-plans-12bn-maldives-waterfront-destination/
އާދެ! ޑިވޮލޮޕާގެ ވިސްނުން އޮތީ ޕްރޮޕަޓީއެއް ވިއްކާލާ ކޮންމެ ފަހަރަކު ނުވަތަ ތަރިކައިން (ވާރިސުންނަށް) ބަދަލުވާ ކޮންމެ ފަހަރަކު، އައު 99 އަހަރުގެ މުއްދަތެއް އަލުން ގުނަން ފެށޭނެ“ ކަމަށެވެ. ސަރުކާރުން ބުނަނީ ނޫނެކެވެ. އެހެންކަމަށްވާ ނަމަ އެގްރިމެންޓް ސަރުކާރުން ނުދައްކާގެން އުޅެނީ ކީއްވެތޯ ސުވާލު އުފެދެއެވެ؟
ހަމަ އެހެންމެ ޑިވޮލޮޕާގެ ވިސްނުން އޮތީ ޕްރޮޕަޓީއެއް ވިއްކާލާ ކޮންމެ ފަހަރަކު ނުވަތަ ތަރިކައިން (ވާރިސުންނަށް) ބަދަލުވާ ކޮންމެ ފަހަރަކު، އައު 99 އަހަރުގެ މުއްދަތެއް އަލުން ގުނަން ފެށޭނެ“ ކަމަށްވާތީ އެއީ ގާނޫނު އަސާސީގެ 251ގެ (ހ) ބޭރުގެ ފަރާތްތަކަށް ބިން މިލްކުކޮށްދިނުން މަނާކުރާ މާއްދާގެ އަޞްލު ރޫޙާ ޚިލާފު ވާހަކައެކެވެ. އަދި ޑިވަލޮޕާގެ ވަހަކައިން ދޭހަވަނީ ޤާނޫނީ ހީލަތެއްގެ ދަށުން ދާއިމީ ބާރު ލިބިގަންނާނެ ވާހަކަ އެކެވެ. އެކަމަށް ސަރުކާރު ޖަވާބު ދާރީ ނުވަނީ ކީއްވެގެން ހެއްޔެވެ؟
ޑިވޮލޮޕާގެ ވިސްނުން އޮތީ ޕްރޮޕަޓީއެއް ވިއްކާލާ ކޮންމެ ފަހަރަކު ނުވަތަ ތަރިކައިން (ވާރިސުންނަށް) ބަދަލުވާ ކޮންމެ ފަހަރަކު، އައު 99 އަހަރުގެ މުއްދަތެއް އަލުން ގުނަން ފެށޭނެ“ ކަމަށްވާތީ އެއީ ގާނޫނު އަސާސީގެ 251 (ނ) ބޭރުގެ ފަރާތްތަކަށް ބިން ދޭންވާނީ ޤާނޫނުން ކަނޑައަޅާ ”ވަކި މުއްދަތަކަށް“ ކަމަށް ބުނާ ބުނުމާއި ޚިލާފު ވާހަކައެކެވެ. އެކަމަށް ސަރުކާރު ޖަވާބު ދާރީ ނުވަނީ ކީއްވެގެން ހެއްޔެވެ؟
ޑިވޮލޮޕާގެ ވިސްނުން އޮތީ ޕްރޮޕަޓީއެއް ވިއްކާލާ ކޮންމެ ފަހަރަކު ނުވަތަ ތަރިކައިން (ވާރިސުންނަށް) ބަދަލުވާ ކޮންމެ ފަހަރަކު، އައު 99 އަހަރުގެ މުއްދަތެއް އަލުން ގުނަން ފެށޭނެ“ ކަމަށްވާތީ ނަތީޖާއަކަށް ވާނީ ޢަމަލީގޮތުން ބިމުގެ މިލްކުވެރިކަން ގެއްލިގެން ދިއުމެވެ. ބިމުގެ ރަސްމީ ކަރުދާސް ދައުލަތަށް އޮތް ނަމަވެސް، ނިމުމެއްނެތް ލޫޕެއްގެ ދަށުން މުއްދަތު ރީސެޓްވަމުންދާ ނަމަ، ބިމުގެ އިޤްތިޞާދީ ބާރާއި ބޭނުންކުރުމުގެ މުޠުލަޤު ޙައްޤު ދާއިމީގޮތެއްގައި ދެމިއޮންނާނީ ބޭރުގެ ފަރާތްތަކުގެ އަތުގައެވެ. އެކަމަށް ސަރުކާރު ޖަވާބު ދާރީ ނުވަނީ ކީއްވެގެން ހެއްޔެވެ؟
ޑިވޮލޮޕާގެ ވިސްނުން އޮތީ ޕްރޮޕަޓީއެއް ވިއްކާލާ ކޮންމެ ފަހަރަކު ނުވަތަ ތަރިކައިން (ވާރިސުންނަށް) ބަދަލުވާ ކޮންމެ ފަހަރަކު، އައު 99 އަހަރުގެ މުއްދަތެއް އަލުން ގުނަން ފެށޭނެ“ ކަމަށްވާތީ ޤާނޫނު އަސާސީ ބަދަލުކޮށްގެން ނޫނީ ޑިވޮލޮޕާގެ ވިސްނުމާއެއްގޮތަށް އެތަންތަން ނުވިއްކޭނެއެވެ. ވީމާ ސުވާލަކީ ޑިވޮލޮޕާގެ ވިސްނުމާއެއްގޮތަށް އެތަންތަނުގެ ކުލި ނިމުމެއް ނެތް ގޮތަށް ”ލީސް ރީސެޓް“ ވަގޮތާށް ހަދަން ދެން އޮތީ ސަރުކާރުން ގާނޫނު އަސާސީގެ 251 ވަނަ މާއްދާ ބަދަލުކުރުން ހެއްޔެވެ؟ މަޖިލިސް މެޖޯރަޓީ އޮތީމާ އެކަން މާއުނދަގޫކަމަކަށް ނުވާނެއެވެ. ކޮންމެ އަކަސް ޑިވަލޮޕާގެ ވިސްނުމާ އެއްގޮތަކަށް މިތަން ތަން ވިއްކޭނީ ގާނޫނު އަސާސީގެ 251 ވަނަ މާއްދާ ބަދަލުކޮށްގެންނެވެ. ޤާނޫނުތައް އިޞްލާޙު ނުކޮށް މިކަން ކުރިއަށް ގެންގޮސްފިނަމަ، ފަހުން އަންނަ ސަރުކާރަކުން ޤާނޫނުއަސާސީ ދައްކާފައި ބިން އަތުލަން އުޅުމުން، ބައިނަލްއަޤްވާމީ އާބިޓްރޭޝަންތަކުން ދައުލަތާ ދެކޮޅަށް ބޮޑެތި މާލީ ބަދަލުތައް ނެގުމުގެ ފުރުޞަތު ބޮޑުވާނެކަން ވިސްނަން ޖެހެއެވެ.
ދެފުށް ފެންނަ ގޮތަށް ކަންކަން ކުރިއަށް ނުދާނަމަ، ކޮރަޕްޝަނަށް މަގުފަހިވުމާއި، ދިވެހި ދައުލަތަށް ގެއްލުންވާ ފަދަ ޝަރުޠުތަކެއް އެއްބަސްވުމުގައި ހިމެނިފައި ހުރުމުގެ ފުރުޞަތު ބޮޑުވެއެވެ. ކޮންމެ އަކަސް މަޝްރޫޢުގެ ދެފުށް ނުފެނުމުންނާއި މި ފަދަ ބިޔަ މަޝްރޫޢުގެ އެއްބަސްވުންތަކުގެ ތަފްސީލުތައް މިސާލަކަށް އީގަލް ހިލްސް ކުންފުންޏަށް ދެނީ ކިހާ ބިމެއްކަމާއި، އޭގެ ބަދަލުގައި ދައުލަތަށް ލިބޭ ފައިދާގެ ތަފްސީލުތައް ރަސްމީކޮށް ހާމަކޮށްފައި ނުވުމަކީ ދިރާސާވެރިންނަށް މައްސަލަ ވަރުންއަޅައިގެން ނަތީޖައަކަށް ވަސިލުވުން އުނގަދޫ ކަމެކެވެ. މިހާރު ލިބިފައި ހުރި މައުލޫމާތުކަށް ބަލައިގެން ތަހުލީލުކޮށްލެވޭނީ ހަމައެކަނި ޑިވޮލޮޕާގެ ވިސްނުމާއެއްގޮތަކަށް ވިއްކާލާ ކޮންމެ ފަހަރަކު ނުވަތަ ތަރިކައިން (ވާރިސުންނަށް) ބަދަލުވާ ކޮންމެ ފަހަރަކު، އައު 99 އަހަރުގެ މުއްދަތެއް އަލުން ގުނަން ފެށޭނެ“ ކަމަށްވެއްޖެ ނަމަ ކުރިމަތިވާނެ ގެއްލުންތަކެވެ.
ގެއްލުންތަކާއި ހުރި ބިރުވެރިކަން:
ކުލިއަށް ދެވޭ މުއްދަތު 99 އަހަރު ހަމަވުމުން ދައުލަތުގެ މިލްކަކަށް ބަދަލުވާގޮތަށް އެގްރިމެންޓް އޮވެއްޖެއްޔާ މިކަމުގައި އެއްވެސް ގެއްލުމެއްނެތެވެ. ޑިވަލޮޕާ އެ އިޢުލާންކުރާ ”ލީސް ރިސެޓް“ މާއްދާއެއް އެގުރިމަންޓުގައި ނެތްކަމަށް ސަރުކާރުން ކަށަރަވަރު ކޮށް ދިނުމަށް ޓަކައި އެގްރިމެންޓް ރައްޔަތުންނަށް ހާމަ ކޮށްދީފި ނަމަ އެއީ ރައްޔަތުންގެ ސަރުކާރެއްކަމަށް ގަބޫލުކުރެވޭނެއެވެ. މި މަޝްރޫޢުގެ އެގްރިމެންޓް ސަރުކާރުން ހާމަކޮށްފައިނުވާތީވެ ޑިވަލޮޕާގެ ވިސްނުމާ އެއްގޮތަކަށް ޕްރޮޕަޓީއެއް ވިއްކާލާ ކޮންމެ ފަހަރަކު ނުވަތަ ތަރިކައިން (ވާރިސުންނަށް) ބަދަލުވާ ކޮންމެ ފަހަރަކު، އައު 99 އަހަރުގެ މުއްދަތެއް އަލުން ގުނަން ފެށޭނެ“ ކަމަށް ވެއްޖެއްޔާ ދިމަވާނެ ގެއްލުމާއި ނުރައްކާ ޖުމުލަ ގޮތެއް ކުރުކޮށް ބަޔާންކޮށްލާނަމެވެ.
އެކެއް: ބިމުގެ މިލްކުވެރިކަން ގެއްލިގެން ދިއުން
ސަރުކާރުން ބުނަނީ ޤާނޫނީ ގޮތުން ”ބިން ނުވިއްކާ“ ކަމަށެވެ. ނަމަވެސް ޑިވަލޮޕާ އިއުލާންކޮށްފައިވާގޮތަށް ކުލިއަށް ނަގާ ކޮންމެ ފަހަރަކު 99 އަހަރުގެ މުއްދަތު ރީސެޓްވާ ނަމަ(އެގްރިމެންޓް އާވެގެން ދާނަމަ) އޭގެ ޢަމަލީ ނަތީޖާއަކަށްވާނީ، ދާއިމީ ބިމުގެ ރަސްމީ މިލްކުވެރިކަން ނުވަތަ ރަޖިސްޓްރީ ކަރުދާސް ގަނޑު ދައުލަތުގެ އޮފީހެއްގައި ފައިލުކޮށްފައި އޮތުމެވެ. އެއީ ހަމައެކަނި ނަމެއްގައެވެ. ނަމަވެސް އޭގެ އިޤްތިޞާދީ ބާރާއި ބޭނުންކުރުމުގެ ޙައްޤު ދުވަހަކުވެސް ކެނޑުމެއްނެތި ބޭރުގެ ފަރާތްތަކުގެ އަތުގައި ދެމިއޮތުމެވެ.
ދޭއް: ބިމުގެ ބޮޑު ސަރަޙައްދެއް އެއްކޮށް އަތުން ބީވެގެން ދިނުން:
މަޢުލޫމާތުތައް ބުނާގޮތުން ރަސްމާލެއިން ހިއްކާ ބިމުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި، އެބަހީ 500 ހެކްޓަރުގެ ބިން އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މާލެއަށްވުރެ ވެސް ބޮޑު ސަރަޙައްދެކެވެ. މުޅި އެ ސަރަޙައްދުގެ ވިޔަފާރީގެ ކޮންޓްރޯލް ބޭރުގެ އެންމެ ކުންފުންޏަކަށް ދިނުމުން، އެ ބިމުގައި ހިންގާނެ މަޝްރޫޢުތަކާއި، ބިން ވިއްކާނެ އަގުތައް ކަނޑައަޅާނީ އެ ކުންފުނިންނެވެ. ނަތީޖާއަކީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ބާރު އެ ބިމުގެ މައްޗަށް ވަރަށް ބޮޑަށް ހަނިވެގެންދިއުމެވެ.
ތިނެއް: ދިވެހިންނަށް ނުގަނެވޭނެ ފަދަ މަތީ އަގުތަކެއް ކަނޑައެޅުން:
މި މަޝްރޫޢަކީ ބައިނަލްއަޤްވާމީ މުއްސަނދިންނަށް ޚާއްޞަ ލަގްޒަރީ ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރާ ތަނެކެވެ. ބިމުގެ އަގު ހުންނާނީ ބައިނަލްއަޤްވާމީ މާކެޓް ރޭޓްގައެވެ. އާންމު ދިވެހި ރައްޔިތުންގެ މުސާރައާއި އާމުދަނީ ހުންނަ ނިސްބަތަށް ބަލާއިރު، މި ސަރަޙައްދުން ބިމެއް ނުވަތަ އެޕާޓްމަންޓެއް ގަތުމުގެ މާލީ ޤާބިލުކަން ދިވެހިންގެ ނުހުންނާނެއެވެ. އެހެންކަމުން، ޤާނޫނީ ގޮތުން ބިން ގަތުމުގެ ޙައްޤު ދިވެހިންނަށް އޮތް ނަމަވެސް، އިޤްތިޞާދީ ގޮތުން ދިވެހިން އެ ބިންތަކުން އެކަހެރިވެ މުޅި ސަރަޙައްދުގެ މިލްކުވެރިކަން ބޭރުގެ މުއްސަނދިންގެ އަތްމައްޗަށް ބަދަލުވެގެންދާނެއެވެ.
ހަތަރެއް: އެގްރީމަންޓްގެ ނުފޫޒުން ދިވެހީން ސަލާމަތްނުވެ ތާށިވެފައި ތިބުން:
މިފަދަ ބިލިއަން ޑޮލަރުގެ އެގްރީމަންޓްތަކުގައި ސަރުކާރުތަކަށް ބަދަލު އައިސްގެން ނުވަތަ ސިޔާސީ ސަބަބަކާހުރެ އެއްބަސްވުން އުވާލަން އުޅެފިނަމަ، ބައިނަލްއަޤްވާމީ އާބިޓްރޭޝަން ތަކުން ދައުލަތާ ދެކޮޅަށް ބޮޑެތި ޖޫރިމަނާތައް އާދެއެވެ. ނަތީޖާއަކީ، އެއްބަސްވުމުގައި ދިވެހިންނަށް ގެއްލުން ހުރި ޝަރުޠުތަކެއް ހުއްޓަސް، ބޭރުގެ ކުންފުނީގެ އަތުން ބިންތައް އަތުލުމުގެ ސިޔާދަތީ ބާރު ސަރުކާރަށް ޢަމަލީ ގޮތުން ގެއްލިގެންދިއުމެވެ.
ފަހެއް: ބޭރުގެ ”ސެކަންޑް-ހޯމް“ މާކެޓަށް ބަދަލުވުން
މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ރިއަލް އެސްޓޭޓް ސިނާޢަތް ބަދަލުވެގެންދަނީ ދުނިޔޭގެ މުއްސަނދިންގެ ”ސެކަންޑް-ހޯމް“ މާކެޓަކަށެވެ. މީގެ ނަތީޖާއަކީ ބިމުގެ އަގު އިންތިހާއަށް މަތިވެ، ނުވަތަ ދިވެހިންނަށް ވަދެނޫޅެވޭ ފަދަ މުއްސަނދި ބޭރު މީހުންގެ ވަކި ސަރަޙައްދުތަކެއް ރަސްމާލޭގައި އުފެދި، ޢަމަލީ ގޮތުން ދިވެހިންގެ އަތުން އެ ބިންތައް ބީވެގެންދިއުމެވެ.
ހަޔެއް: މަޝްރޫޢުގެ ދެފުށް ނުފެނުމުގެ ގެއްލުން
މި ފަދަ ބިޔަ މަޝްރޫޢުގެ އެއްބަސްވުންތަކުގެ ތަފްސީލުތައް މިސާލަކަށް އީގަލް ހިލްސް ކުންފުންޏަށް ދެނީ ކިހާ ބިމެއްކަމާއި، އޭގެ ބަދަލުގައި ދައުލަތަށް ލިބޭ ފައިދާގެ ތަފްސީލުތައް ރަސްމީކޮށް ހާމަކޮށްފައި ނުވުމަކީ ދިރާސާވެރިންނާއި އާންމުންގެ މެދުގައި ބޮޑެތި ޝައްކުތަކެއް އުފެދޭ ކަމެކެވެ. ދެފުށް ފެންނަ ގޮތަށް ކަންކަން ކުރިއަށް ނުދާނަމަ، ކޮރަޕްޝަނަށް މަގުފަހިވުމާއި، ދިވެހި ރައްޔަތުންނަށް ގެއްލުންވާ ފަދަ ޝަރުޠުތަކެއް އެއްބަސްވުމުގައި ހިމެނިފައި ހުރުމުގެ ފުރުޞަތު ބޮޑުވެއެވެ.
ހަތެއް: އާބާދީ ތޮއްޖެހުމުގެ ގެއްލުން
ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް މާލެ ސަރަޙައްދަށް (ރަސްމާލެއަށް) ޖަމާވުމުގެ ނަތީޖާއަކީ އަތޮޅުތެރޭގެ ރަށްތައް ފަޅުވުމާއި، ރާއްޖޭގެ އެހެން ސަރަޙައްދުތަކުގެ އިޤްތިޞާދީ ދިރުން ކެނޑިގެން ދިއުމެވެ. އަދި މާލެ ސަރަޙައްދުގެ އާބާދީ މާބޮޑަށް އިތުރުވުމުން އިޖުތިމާޢީ ފޭރާމަށް ބާރުބޮޑުވެ، ކުށްކުރުން އިތުރުވުމާއި ވަސީލަތްތަކަށް ނުބައްދަލު ބާރުބޮޑުވުން ފަދަ އިޖުތިމާޢީ މައްސަލަތައް ކުރިމަތިވެގެންދިއުމެވެ.
އަށެއް: ޤައުމީ ސަލާމަތަށް ހުރި ގެއްލުންތައް:
އަޅުގަނޑު ގަބޫލުކުރަގޮތުގައި ޑިވަލޮޕާ ބުނާ ފަދަ ”ލީސް ރިސެޓް“ މޮޑެލްއެއްގެ ދަށުން ބޭރުގެ ކުންފުނިތަކަށް ބިމުގެ ދާއިމީ ކޮންޓްރޯލް ލިބުމަކީ، ޤާނޫނީ އަދި އިޤްތިޞާދީ މައްސަލަތަކުގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް (ނޭޝަނަލް ސިކުރިޓީއަށް) އޭގެ ނޭދެވޭ އަސަރު ވަރަށް ފުންކޮށް ފޯުރާނެ ކަމެކެވެ. ޢިލްމީ ސައިންޓިފިކު ނަޒަރަކުން ބަލާއިރު، މިކަމުގައި ހިމެނޭ ޤައުމީ ސަލާމަތުގެ މައިގަނޑު ކަންބޮޑުވުންތައް ހިއްސާކޮށްލާނަމެވެ.
ހ- ބިމުގެ ސިޔާދަތީ ބާރު ކެނޑުން: ބިމުގެ މުއްދަތު ދުވަހަކުވެސް ހަމަނުވާ ގޮތަށް ރީސެޓްވަމުންދާ ނަމަ، އެ ސަރަޙައްދަކީ ޢަމަލީ ގޮތުން ދިވެހި ދައުލަތުގެ އިޚްތިޞާޞުން ބޭރުގައިވާ ”ޤައުމެއްގެ ތެރޭގައި އޮންނަ ވަކި ދައުލަތެއް“ ފަދަ ތަނެކެވެ.
ށ- ބޭރުގެ ބާރުތަކުގެ ނުފޫޒު ބޮޑުވުން: ބިމުގެ މިލްކުވެރިކަން ގެންގުޅޭ ކުންފުންޏަކީ ބޭރުގެ ޤައުމެއްގެ ސަރުކާރުގެ މަޞްލަޙަތު އޮންނަ ކުންފުންޏަކަށް ވެއްޖެނަމަ، ރާއްޖޭގެ ވެރިކަންކުރާ ރަށާއި ގާތުންއޮންނަ މުހިންމު ސަރަޙައްދެއްގެ މައްޗަށް ބޭރުގެ ނުފޫޒުގަދަ ޤައުމެއްގެ ސީދާ ކޮންޓްރޯލް ދާއިމީކޮށް ހިނގާނެއެވެ.
ނ- މެރީނާ އަދި ބޯޑަރުގެ ސަލާމަތައް ނުރައްކާވުން: މި މަޝްރޫޢަކީ (ލަފާ ފުރުމާއި ބަނދަރު) ހިމެނޭ މަޝްރޫޢަކަށް ވުމުން، ރާއްޖެއަށް އެތެރެވާ އަދި ބޭރުވާ ކަނޑުގެ އުޅަނދުފަހަރުގެ ކޮންޓްރޯލް ދައުލަތުގެ ސީދާ ބާރުގެ ދަށުން ގެއްލިގެންދެއެވެ.
ރ- ސަވައިލެންސް އަދި ޖާސޫސީ ކަންބޮޑުވުން: ވެރިރަށް މާލެއާ ޖެހިގެން އޮތް މުހިންމު ސަރަޙައްދެއްގައި ބޭރުގެ ބަޔެއްގެ ދާއިމީ ކޮންޓްރޯލް އޮތް މެރީނާއެއް އޮތުމަކީ، ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ (ޕޮލިސް/ ސިފައިންގެ) ހުއްދައާ ނުލާ ޓެކްނޮލޮޖީއާއި އަދި އެނޫންވެސް ގައުމީ ސަލާމަތައް ނުރައްކާ ވެދާނެ ތަކެތި އެ ސަރަޙައްދަށް ޖަމާކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެ ކަމެކެވެ.
ބ- އިގުތިސާދީގޮތުން މަޖުބޫރު ކުރުވުން: ސަރުކާރުން ބޭނުންވާ ޤައުމީ ސަލާމަތީ ސިޔާސަތެއް ނުވަތަ ޚާރިޖީ ސިޔާސަތެއް ތަންފީޒުކުރަން އުޅޭ ވަގުތު، މިފަދަ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ބާރު ބޭނުންކޮށްގެން ދައުލަތަށް އިޤްތިޞާދީ ގޮތުން ފިއްތުންތައް ކުރިމަތިކުރުވިދާނެއެވެ.
ޅ-ޤާނޫނީ ބިރުދެއްކުން: ޤައުމީ ސަލާމަތަށްޓަކައި ނަމަވެސް ބިން އަނބުރާ އަތުލަން ދައުލަތުން އުޅެފިނަމަ، ބައިނަލްއަޤްވާމީ ކޯޓުތަކުން ދައުލަތް ބަނގުރޫޓުވާ ވަރުގެ ބޮޑެތި ބަދަލުތައް ދޭންޖެހުމުގެ ބިރު އޮވެއެވެ. މިއީ ޤައުމީ ސަލާމަތީ ނިންމުންތައް ނިންމުމަށް ދައުލަތަށް އޮންނަ މިނިވަންކަން ހަނިކޮށްލާނެ ކަމެކެވެ.
ހައްލު:
އެކެއް: މި އެގްރިމެންޓް ސަރުކާރުން ސިއްރުކޮށްފައިވާތީ ސަރުކާރު ޖަވާބު ދާރީ ކުރުވުމަށް ސިޔާސީ ޕާޓީތަކުންނާއި ފަރުދުންގެ ފެންވަރުގައި އަޑުއުފުލުމެވެ.
ދޭއް: ޑިވަލޮޕާ އިޢުލާންކޮށްފައިވާ ގޮތަށް ވިއްކާލާ ކޮންމެ ފަހަރަކު 99 އަހަރު ރިސެޓްވާ ގޮތަކަށް މިމަޝްރޫޢު ހިންގުމަށް ސަރުކާރުން މަގު ފަހިކޮށްދީފި ނަމަ ކުރިމަތި ވާނެ ގަނޫނީ ގެއްލުތަކާއި އިޖުތިމާޢީ ގެއްލުންތަކާއި ޤައުމީ ސަލާމަތަށް ހުރި ގެއްލުންތައް ތިލަ އިބާރަތުން ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ރައްޔަތުންނަށް އޮޅުންފިލުވާދިނުމެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް