އީރާނަށް ނުރައްކާވެއްޖެ ކޮންމެ ހާލަތެއްގައި ނިއުކްލިއަރ އަށް ދާނަން

އީރާނު ދެމިއޮތުމުގެ ސަލާމަތާ ރައްކާތެރިކަމަށް ނުރައްކާތެރިކަން މެދުވެރި ކުރުވާ ކޮންމެ ހާލަތެއްގައި އީރާނުން ނިއުކްލިއަރަށް ދާނެކަމަށް އީރާނުގެ ސުޕްރީމް ލީޑަރ ގެ މުސްތަޝާރު ކަމާލް ޚައްރާގީ ވިދާޅުވެއްޖެއެވެ. އީރާނުގެ ސްޓޫޑެންޓް ނެޓްވާރކަށް ފޮނުއްވި މެސެޖެއްގައި ކަމާލް ޚައްރާގީ ވިދާޅުވެފައިވަނީ އިސްރާއީލުން އީރާނުގެ ނިއުކްލިއަރ އެއްވެސް ވަސީލަތަކަށް ހަމަލާއެއް ދީފިނަމަ އީރާނުން ނިއުކްލިއަރ ބޮން އުފައްދާނެއެވެ. އީރާނުން މިހާރުވެސް އެކަމުގެ ގާބިލުކަން ވަނީ ލިބިގެންފައެވެ. އެހެންނަމަވެސް ނިއުކްލިއަރ ބޮމް އުފެއްދުމަކީ އީރާނުގެ ވިސްނުމެއް ނޫނެވެ. އިސްރާއީލުން ނުވަތަ އެހެން […]
ހައްދުފަހަނައަޅައި ގޮސްފައިވާ އިސްރާއީލުގެ އަނިޔާވެރިކަމުން “ކުޑަތަންކޮޅެއް“

ފަލަސްތީނުގެ ގައިދީންނަށް އިސްރާއީލުގެ ސިފައިން ދެމުންގެންދާ އަނިޔާތައް ބަލަން ކުޅަދާނަ ނުވެގެން އިސްރާއީލުގެ ވިސްލް ބްލޯވަރުންތަކެއް މީޑިއާގެ ކުރިމައްޗަށް ނިކުމެއްޖެއެވެ. އިސްރާއީލުގެ މިލިޓްރީ މަރުކަޒެއްކަމުގައިވާ ނެގޭވް ސަހަރާ ގައި ހުންނަ މިލިޓްރީ ޑިޓެންޝަން ކޭމްޕެއްގައި ފަލަސްތީނުގެ އެތައް ރައްޔިތުންނެއް ކަނުބަނދެފައިވާ ހާލުގައި އިސްއުފުލާލަންނުކެރޭވަރުގެ ގަދަ އަލި މޫނަށް ދިމާކޮށް ކަރުދާސް ގަނޑެއްހާތުނި ޝީޓެއްގެ މަތީގައި ބައިތިއްބާފައި ތިބޭ ހިތްދަތި މަންޒަރު އިންސާނަކަށް ތަސައްވުރުވެސް ނުކުރެވޭނެއެވެ. އެތަނުގައި ހިނގާ ކަންތައްތައް އެނގޭ އިސްރާއީލުގެ ވިސްލްބްލޯވަރުން ސީއެންއެންއަށް ކިޔައިދިން ގޮތުގައި […]
އިސްރާއީލު ސިފައިންގެ ނިޔަފަތިތަކުންވެސް ހަނގުރާމަ ކުރެވިދާނެ

ސުރުޚީގައި އެވަނީ އެމެރިކާއިން އިސްރާއީލަށް ފޮނުވަން ހަމަޖެހިފާއޮތް 2000 ރާތަލުގެ 3500 ބޮން އެކުލެވޭ ޝިޕްމެންޓް ނުފޮނުވާގޮތަށް ރައީސް ބައިޑްން އަމުރުކުރެއްވުމާއި ގުޅިގެން އެކަމަށް މަލާމާތް ކޮށްފައި އިސްރާއީލުގެ ބޮޑުވަޒީރު ރައީސް ބައިޑްންއަށް ފޮނުވިމެސެޖުގެ ސުރުޚީއެވެ. ގައްޒާއަށް ޙަމަލާދިނުން ކުރިއަށްގެންދަން ވިސްނާކަމަށްވާނަމަ އެމެރިކާގެ ހަތިޔާރު އިސްރާއީލަށް ފޯރުކޮށްދިނުން ހުއްޓުވަން ޖެހިދާނެ ކަން އަންގަވައި ރައީސް ބައިޑްން ކުރެއްވި އަމުރާ ގުޅިގެން […]
ރަސްމީ ލިއުންތައް ގޭގައި ބެހެއްޓި މައްސަލައިގެ ޝަރީއަތް ފަސްކޮށްފި

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕުގެ ރިޔާސަތު ނިމުމަށްފަހުވެސް ސަރުކާރުގެ ރަސްމީ ލިއުންތަކެއް ގާނޫނާ ޚިލާފަށް ގޭގައި ބެހެއްޓި މައްސަލާގައި ފްލޮރިޑާ ކޯރޓުގައި ހިނގަމުންދާ ޝަރީއަތް މުއްދަތެއް ނެތްގޮތުގައި ފަސްކުރަން ފަނޑިޔާރުން ނިންމަވައިފިއެވެ. މިހާރު މިވީ ގޮތުން ރައީސް ޓްރަމްޕްގެ މައްޗަށް ކުރެވެމުންދާ ޖިނާއީ 2 ދައުވާގެ ތެރެއިން ކޮންމެވެސް އެއް ދައުވާއަކާއި ނޮވެމްބަރު އިންތިޚާބުގެ ކުރިން ކުރިމަތިލައްވަން ޖެހިވަޑައި ގަންނަވާނެ ކަމަށް ބެލެވެއެވެ. […]
ގައްޒާއާއި ހަނގުރާމަކުރަން ދޭންބުނި ހަތިޔާރު ހުއްޓާލުމުން ވަރަށް ފޫހިވެއްޖެ

އެމެރިކާއިން އެންމެފަހުން އިސްރާއީލަށް ފޮނުވަން ހަމަޖެހިފައިއޮތް ހަތިޔާރު ޝިޕްމެންޓް ޕެންޓަގަނުން ހުއްޓުވުމުން “ ފަލަސްތީނުގެ ހަނގުރާމައިގާ އަހަރެމެންނަށް ކަލޭމެން އެހީވެދޭ ގޮތަކީ ތިޔައީ ތޯ އަހައި “ އިސްރާއީލުން އެމެރިކާއަށް ސުވާލުކޮށްފިއެވެ. ހައި ޕޭލޯޑުގެ އެ ޝިޕްމެންޓް ހުއްޓުވުމުން އެކުވެރި ދައުލަތްތަކަށް އިސްރާއީސްލުން ކަނޑައަޅާފައިހުންނަ ސަފީރު ގިލާޑް އެރްދާން “ ވަރަށް ފޫހިވެއްޖޭ “ ބުނެ ރައީސް ބައިޑަނަށް ކުނިމޫނު ދައްކާފައިކަމަށް ރޮއިޓާރސްއިން ވަނީ ހާމަކޮށްފައެވެ. އިސްރާއީލަށް ފޮނުވަން ހަމަޖެހިފައިއޮތް އިތުރު 2000 ރާތަލުގެ ބޮމުގެ ޝިޕްމެންޓް އެމެރިކާގެ ނުރުހުމުގައި ރަފާޙްއަށް ޙަމަލާދިނުމާއި ގުޅިގެން ހުއްޓުވާފައިވާ ކަމަށް ދިފާއީ ވަޒީރު […]
އިސްރާއީލުން އެއްބަސަވާނަމަ ތިން މަރުޙަލާއެއްގައިޙަމާސްއިން އެ އެެއްބަސްވުމެއް ފުރިހަމަކުރާނަން

ތިން މަރުޙަލާ އަކަށް ބެހެވިގެންދާ ގޮތެއްގައި ޙަމާސްގެ ހުރިހާ ޝަރުތުތަކަށް އިސްރާއީލުން އެއްބަސް ވެއްޖެނަމަ ހަނގުރާމަ ހުއްޓާލަން ފަލަސްތީނުގެ އިސްލާމީ މުޖާހިދުން އެއްބަސް ވާނެކަމަށް ބުނެފިއެވެ. އެހެންނަމަވެސް މިހާރުވެސް އިސްރާއީލުން އެފަދަ އެއްބަސްވުމެއް ގަބޫލު ނުކުރާނެކަމަށް ބުނެފިއެވެ. ޙަމާސްގެ ޖަވާބާ ދޭތެރޭ އެމެރިކާއިން މިސްރާއި ގަތަރް އަދި އެމެރިކާގެ ބައިވެރިންނާއެކު މަޝްވަރާ ކުރާނެކަމަށް އެމެރިކާއިންވަނީ ބުނެފައެވެ. އިސްރާގެ ހަނގުރާމައިގެ އެޑްވައިޒަރ އަދި އެނހީތެރިޔާ، އެމެރިކާއިން ބުނެފައިވަނީޙަމާސްގެ ޖަވާބުން އެ ޖަމާޢަތުން މަޑުމައިތިރިކަން އިޚްތިޔާރު ކުރަން ބޭނުންވާކަން ދޭހަވާ ކަމަށެވެ. ޙަމާސްގެ ޝަރުތުތަކަށް ބަލާއިރު ފުރަތަމަ ޝަރުތަކީ 42 ދުވަހަށް ހަނގުރާމަ މުޅިން ހުއްޓާލުމެވެ. އެ މުއްދަތުގެ […]
ރަޝިޔާއިން ނޭޓޯއާއި ހަނގުރާމަ ނުކުރާނެ : ނޭޓޯގެ ތެރޭގައި ފަނިއަޅުވާނީ

ބައެއް ސިޔާސީ ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގެ ފަހުން ރަޝިޔާގެ ނުރައްކާ ޔޫރަޕަށް އެންމެ ބޮޑުވެފައިވަނީ މިހާރުއެވެ. ޔޫކްރެއިނާއެކު ގިނަ ދުވަސްތަކެއް ވާންދެން ހަނގުރާމަ ކުރަންޖެހުމުގެ ސަބަބުން ރަޝިޔާ ވަނީ ނޭޓޯއަށް ޙަމަލާ ދެވޭވަރަށް ވުރެން ބަލި ވެފައިކަމުގައި ބުނެއެވެ. ނޭޓޯގެ ތަޖްރިބާކާރުން ދެކޭ ގޮތުގައި ރައީސް ޕޫޓިން މިހާރު މަސައްކަތް ކުރައްވަނީ ނޭޓޯގެ ތެރޭގައި ފަނި އަޅުވައިގެން ނޭޓޯ ހަލާކު ކޮށްލާށެވެ. ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޔޫރަޕުން އުފާކުރަމުން ދިޔަ ރައްކާތެރިކަމާއި ކުރިއެރުން ނިމުމަކަށް އަންނަނީ […]
އެމެރިކާއާއި ސަޢޫދީގެ ކޮންމެ މަޝްވަރާއެއްގައި އިސްރާއީލު ބައިވެރިކުރާކަށް ނުޖެހޭ

މެދުއިރުމަތީގެ މަސްލަޙަތު ފުޅާދާއިރާއެއްގައި އެޑްރެސް ކުރެވޭގޮތަށް އޭގައި ފަލަސްތީނާއި އަދި އިސްރާއީލުވެސް ހިމެނޭ ގޮތުގައި އެމެރިކާއާއި ސަޢޫދީ އެރޭބިޔާ ގުޅިގެން ސަޢޫދީ ޕްލޭން ބީ ގެ ނަމުގައި އެއްބަސްވުމެއްގެ ދެލި ކޮޕީއެއް އެކުލަވާލައިފި ކަން ދެފަރާތުންވެސް ހާމަކޮށްފިއެވެ. އެހެންނަމަވެސް ފަހުގެ ރިޕޯޓްތަކުން ބުނާގޮތުގައި ގައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށާއި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް އިސްރާއީލުގެ ސަރުކާރުންނާއި އަދި ބޮޑުވަޒީރު ނަތަންޔާހޫ ގަދައަށް ދެކޮޅުހަދަމުން ގެންދާތީ އެ ދެލިކޮޕީއާއި ގުޅޭގޮތުން ބާއްވާ މަޝްވަރާތަކުގައި އިސްރާއީލުން ބައިވެރިކުރުވާކަށް ސަޢޫދީ އެރޭބިޔާ ބޭނުމެއް ނުވެއެވެ. އެމެރިކާއާއި […]
ޔޫކްރެއިންގެ ހަނގުރާމައިގާ ޝައިތާނީ ރެޖީމްތައް ކަކޫމައްޗަށް ތިރިކުރުވާނަން: ޔޫރަޕް

ނޭޓޯގެ ބައިވެރިންގެ މަދަދާއި އެހީތެރިކަން ޔޫކްރެއިނަށް އޮހެމުންދާއިރު އުތުރު ކޮރެޔާގެ މިސައިލްތަކާއި އީރާނުގެ ޑްރޯންތަކާއި އަދި ޗައިނާގެ ޓެކްނިކަލް އެހީތެރިކަން ރަޝިޔާއަށް ނުލިބޭނަމަ ޔޫކްރެއިނާއިއެކު ރަޝިޔާއަށް ހަނގުރާމަ ނުކުރެވޭނެއެވެ. ޔޫކްރެއިންގެ ޚާރކީވްއަށް ރަޝިޔާއިން ދީފައިވާ ޙަމަލާތަކުގައި ގޮއްވާލާފައިވާ މިސައިލްތަކުގެ ބައިތަކަކީ އުތުރު ކޮރެއާގެ ވާސޯންގް-11 މަރުކައިގެ ބެލިސްޓިކް މިސައިލްގެ ބައިތަކެއްކަން ޔުނައިޓެޑް ނޭޝަންސްގެ އިންސްޕެކްޓަރުން ވަނީ ކަށަވަރުކޮށްދީފައެވެ. އިންސްޕެކްޓަރުން ބުނެފައިވަނީ އުތުރު ކޮރެއާގެ ބެލިސްޓިކް އަދި ނިއުކްލިއަރ ޕްރޮގްރާމުގެ ސަބަބުން އ ދ ގެ އެތައް ސެންކްޝަންތަކެއް 2006 ވަނަ އަހަރުން ފެށިގެން އެގައުމާ […]
ނޭޓޯއާއި އިސްރާއީލް އަދި އަރަބި ގައުމުތައް ގުޅިގެންވެސް ދެނެއް އީރާން ނުހުއްޓުވޭނެ

މެދުއިރުމަތީގެ ފަލަ ސުރުޚީތަކުގެ ނަމުގައި ސީ އެން އެން އިން ހަފުތާއަކު ތިންފަހަރު ގެނެސްދޭ ޕްރޮގްރާމުގެ މިހަފުތާގެ ފުރަތަމަ ޕްރޮގްރާމުގައި ބަލާލާފައިވަނީ އީރާނުން އިސްރާއީލަށް ދިން ޙަމަލާގައި ބޭނުންކުރި މިސައިލާއި ޑްރޯން ތަކުގެ މައްޗަށެވެ. ސީ އެން އެން އިން ބުނެފައިވާ ގޮތުގައި އެ ހަތިޔާރުތައް ހަމަލޮލުން ދެކިލުމަކީ ދުވަހަކުވެސް ލިބިދާނެކަމަށް އުންމީދުކުރި ފުރުސަތެއް ނޫނެވެ. ސީ އެން އެން އަށް މި ފުރުސަތުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާރޑުންގެ […]