އިމްރާން ޚާން އަނެއްކާވެސް އެންޓި ކޮރަޕްޝަން އެޖެންސީގެ އަށް ޙާޒިރު ކުރަނީ

Loading

Facebook
Twitter
WhatsApp


ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ކާން އަނެއްކާވެސް މާދަމާ އެންޓިކޮރަޕްޝަން އޭޖެންސީއަށް ޙާޒިރުވާން އަންގައިފިއެވެ. ނޭޝަނަލް އެކައުންޓެބިލިޓީ ބިއުރޯއިން ޕާކިސްތާނުގެ ތަޙްރީކޭ އިންސާފް ޕާރޓީގެ ލީޑަރ އިމްރާން ޚާނަށް އަންގަވާފައިވަނީ ބިމާބެހޭ މައްސަލައިގާ ތަޙްގީގަށް އެއްބާރުލުން ދިނުމަށެވެ. އަދި އެ މައްސަލައާއި ގުޅޭ ބައެއް ލިއެކިއުންތައް ހާމަކޮށްދިނުމަށާއި ސުވާލުތަކަށް ތެދުބަހުން ޖަވާބުދިނުމަށްވެސް އަންގަވާފައިވާ ކަމަށް ބުނެފިއެވެ.                                                    

މިދިޔަ ހަފްތާގައި އިމްރާނު ޚާން ހައްޔަރުކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ޕާކިސްތާނުގެ އެންމެ މަތީ ޝަރުޢީ ކޯޓުން އެމަނިކުފާނު ވަނީ މިނިވަންކޮށްފައެވެ. އަދި އޭގެފަހުން އިސްލާމްއާބާދުގެ ހައިކޯޓުން އެ މައްސަލާގައި އިމްރާން ޚާނަށް ކަފާލަތުގެ ދަށުން މިނިވަންކަމުގައި ހުރުމުގެ މުހުލަތު ވަނީ ދީފައެވެ.

އެހެންނަމަވެސް އެންޓި ކޮރަޕްޝަން އޭޖެންސީން އެމައްސަލަ ތަޙްގީގު ކުރުން ހުއްޓައެއްނުލައެވެ. ބްލޫމްބާރގުން ޚަބަރުބުނެފައިވަނީ މިޙާލަތުގައި ކުރީގެ ކްރިކެޓް ސްޓާރގެ މައްޗަށް އެތައް ދައުވާއެއް ހުށައަޅާފައި ވުމާއެކު އެމަނިކުފާނުގެ މުސްތަގްބަލާދޭތެރޭ އެއްޗެއް ބުނާކަށް ނޭގޭކަމަށެވެ.                              

ޕާކިސްތާނުގެ ސިޔާސީ މަސްރަޙް މިހާވަރަށް ހަލަބޮލިވެފާ ވާއިރު ގައުމުގެ އިގްސާދީ ޙާލަތުވެސް އޮތީ ވަރަށް ނާޒުކު ފައްތަރަކަށް ވެއްޓިފައެވެ. މިކަމަށްޓަކައި ބައިނަލް އަގްވާމީ މާލީ އިދާރާއިން 6.7 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި ލިބޭތޯ ގެންދަނީ މަސައްކަތްކުރަމުންނެވެ.                                    

މިއަދުވެސް އިމްރާން ޚާނުގެ ދެ މައްސަލައެއް ކޯޓުގައި އޮތީ ތާވަލް ކޮށްފައެވެ. އޭގެތެރެއިން އެއް މައްސަލައަކީ އެ މަނިކުފާނަށް ލިބިފައިވާ ކަފާލަތުގެ ފުރުސަތު އަލުން ބަލާދިނުމަށް ސަރުކާރުން ހުށައަޅާފައިވާ މައްސަލައެވެ. 

ޕީ ޓީ އައި އިން ބުނެފައިވަނީ އެއިން އެއްވެސް މައްސަލައަކަށް އިމްރާން ޚާން ހާޒިރުވެ ވަޑައި ނުގަންނަވާނެ ކަމަށެވެ. ޓްވިޓަރ މެދުވެރިކޮށް އާންމުކޮށްފައިވާ ވީޑިއޯ މެސެޖެއްގައި އިމްރާން ޚާން ވިދާޅުވެފައިވަނީ ދެން ކަންތައް ކުރަންވީގޮތް ވިދާޅުވާނެ ކަމަށާއި މިހާރު ލާހޯރުގެ އުތުރުގައި އޮންނަ މުރިދްކޭ ސިޓީގައި މަޑުމައިތިރިކަމާއިއެކު މުޒާހަރާގައި ބައިވެރިވުން އެދިވަޑައިގަންނަވާކަމަށެވެ.                    

މިދިޔަ އަންގާރަދުވަހު ޕާކިސްތާނުގައި ބޭއްވުނުގައުމީ ސަލާމަތާ ބެހޭކޮމިޓީގެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވި ބޮޑުވަޒީރު ޝާހްބާޒް ޝަރީފް ވިދާޅުވީ ގައުމުގައި ހަލަބޮލިކަން އުފެއްދުމުގައި ނުރައްކާތެރި އަމަލުތައް ހިންގިފަރާތްތަކާއި ދޭތެރޭ ސިފައިން ކަންތައްކުރިގޮތާއިމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

އޭގެކުރިން މިލިޓްރީން ހާމަކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީމިލިޓްރީ އިމާރާތްތަކަށް ގެއްލުންދޭ ފަރާތްތަކާދޭތެރޭ ފިޔަވަޅު އެޅުމުގައި ލުއިގޮތަކަށް ދެން ނުވިސްނާނެ ކަމަށެވެ. މި ބަޔާނާ ގުޅިގެން އިންސާނީ ޙައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން ގެންދަނީ ފާޑުކިޔަމުންނެވެ.

އެޖަމާއަތްތަކުން ބުނަމުން ގެންދަނީ އާންމު ރައްޔިތުންނާދޭތެރޭ މިލިޓްރީ ގަނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަން ހާމަކުރުމަކީ ބިރުވެރި ކަމެއް ކަމަށާއި އަދި އާންމުރައްޔިތުންގެ މައްސަލައެއް މިލިޓްރީ ކޯޓުން ބެލުމަކީ ބައިނަލް އަގްވާމީ ގާނޫތައްވެސް ހުއްދަކުރާ ކަމެއް ނޫންކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް