އަނެއްކާވެސް ބައިޑަން ވެއްޓިއްޖެ

Loading

Facebook
Twitter
WhatsApp

އަނެއްކާވެސް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެއްޓިއްޖެއެވެ. ކޮލޮރާޑޯއިން މީޑިޔާރިޕޯރޓް ކޮށްފައިވާ ގޮތުގައި ބުރާސްފަތި ދުވަހު އެމެރިކާގެ އެއަރފޯސްގެ ދަސްވެނިންނަށް ސަނަދު ދިނުމަށް ބޭއްވުނު ޙަފްލާގައި އެ ސަނަދުތައް ލިބެންވާ ފަރާތްތަކަށް ޙަވާލުކުރުމުގެ ތެރޭގައި ރައީސް ބައިޑްން އަރިއަޅާލައިގެން ވެއްޓުނީއެވެ.

ވައިޓް ހައުސްގެ ކޮމިއުނިކޭޝަން ޑިރެކްޓަރ ވިދާޅުވީ އެޙަފްލާ ނިމެންކައިރިވެފައިވަނިކޮށް ސަނަދުލިބުނު ދަސްވެނިންނާއި ސަލާންކުރައްވަމުންސްޓޭޖްމަތީގައި ރައީސް ހިންގަވަމުން ވަޑައިގަންނަވަނިކޮށް އެތަނުގެ ތަޅުންގަނޑުމަތީގައި އޮތް އެއްޗެއްގައި އަޅައިގަނެގެން ރައީސް ވެއްޓުނީ ކަމަށެވެ. 

އެމަނިކުފާނު ކޮޅަށް ނެގުމުގައި އެނަމިކުފާނުގެ ސަލާމަތީ ކަންތައް ބަލަހައްޓަވާ ދެ އޮފިޝަލަކާއި އެއަރފޯސްގެ އޮފިސަރަކު އެހީތެރިވެ ދިންކަމަށް ޚަބަރުތަކުން އެނގިފައިވެއެވެ. މިހާދިސާގައި ރައީސަށް އެއްވެސް އަނިޔާއެއް ލިބިވަޑައި ނުގަންނަވާކަމަށް ބުނެފާވެއެވެ.                            

ތަމްރީނު ޕްރޮގްރާމުން ފާސްވި 900 ކެންޑިޑޭޓުންންނާއި މުޚާތަބު ކުރައްވައި ކޮލޮރާޑޯގެ ފަލްކަން ސްޓޭޑިއަމް ގައި ހުންނަވާ ވާހަކަފުޅު ދައްކަވަމުން ރައީސް ބައިޑްން ދަސްވެނިންނާ މުޚާތަބު ކުރައްވައި ވިދާޅުވީ ތިޔަ ޚިޔާރުކުރީ ވަރަށް މުގައްދަސް ޚިދުމަތެއް ކަމަށާއި އަދި އެއީ ވަރަށް މަތިވެރި އަދި ހަމަ އެމިންވަރަށް ޒިންމާތަކެއްވެސް އެކުލެވިފައިވާ ޚިދުމަތެއްކަން ހަނދާން ބެހެއްޓުމަށެވެ. 

ދުނިޔޭގެ މަސްރަޙް ބަދަލުވަމުންދާއިރު ކުރިއަށް އޮތް ދުވަސްތަކުގައި އަންނަން އޮތް ޖީލުތަކުން ތިޔަ ދަސްވެނިންގެ ކިބައިން ފިލާވަޅު ލިބިގަނެ ގައުމަށް ފައިދާހުރި ގޮތްތައް އިޚްތިޔާރު ކުރުމުގެ މަގު ދެނެގަންނަން ޖެހޭނެކަމާއި އެ ސަބަބަށްޓަކައި ތިޔަ ދަސްވެނިންގެ ކޮނޑުގައި އެޅޭ ޒިންމާތަކާއި މަސްއޫލިއްޔަތު ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު އަދާކުރަމުން ގެންދިއުމަށްވެސް އިލްތިމާސް ކުރެއްވިއެވެ.

އަދި ތިޔަ ދަސްވެނިން ވެގެންދާނީ އެއަރފޯސް ނުވަތަ ސްޕޭސްފޯސްގެ ސެކަންޑް ލެފްޓިނެންޓުން ކަމަށާއި ތަމްރީނުތަކުގައި ހޭދަކުރެވިގެންދިޔަ ދުވަސްތަކާއި ފިލާވަޅުތަކުން ލިބުނު ތަޖްރިބާ އަބަދުވެސް ހެޔޮގޮތުގައި ބޭނުން ކުރުމަށް ބާރުއަޅުއްވައި ވާހަކަފުޅު ދެއްކެވިއެވެ. 

ރަޝިޔާއާއި ޗައިނާއިން އެމެރިކާއަށް ކުރިމަތި ކޮށްފައިވާ ގޮންޖެހުންތަކަށްފަރުވާތެރި ވުމަށާއި އަދި ޚާއްސަގޮތެއްގައި މިލިޓްރީގެ ތެރޭގައި ފެތުރިފައިވާ ޖިންސީ ގޯނާކުރުމާއި ފުރައްސާރަ ކުރުމުގެ ހަޑިހުތުރު ބަލިމަޑުކަން ނައްތާލުމަށް ގަދައަޅައި މަސައްކަތް ކުރަން ގޮވާލެއްވިއެވެ.                                                 

ރައީސް ބައީޑްންގެ ވާހަކަފުޅުގައި ޔޫކްރެއިން ހަނގުރާމާގައި ރަޝިޔާއާއި ދެކޮޅަށް ޔޫރަޕްގެ ގައުމުތައް ސާބިތު ކުރުމުގައި އެމެރިކާއިން ހޯދި ކާމިޔާބީ ފާހަގަކުރައްވައި ކުރިއަށް އޮތްތަނުގައި ސްވިޑްން ވެސް ނޭޓޯގެ މެމްބަރަކަށް ވާނެކަމަށް ވިދާޅުވިއެވެ.                                                          

Loading

2 Responses

  1. ދެންވިސްނާލާ އެމެރިކާގެ މިހާރުގެ ޙާލަތު. ރައީސްމީހާ ސިޑިއަކުން އަރައިފިއްޔާ އެވެއްޓުނީ. ގަޑިއެއްހާއިރު ކޮޅަށް ހުރެލަންވެއްޖެއްޔާ އެވެއްޓުނީ. ރާރާގުޑިއެއްހެން ވައިގަދަ ވެއްޖެއްޔާވެސް އެވެއްޓުނީ. 85 އަހަރުވީމާ އެހެންމީހަކު ލައްވާ އެ ސަކަރާތް ޖަހާނެނަމަދޯ؟
    ޓުރަމްޕް ވަރަށް ހެވިފާ މިހާރު ހުންނަނީ. އެނބުރި ރައީސްކަމަށް ވަޑައިގަންނަވަނީކަމަށް ވިދާޅުވަނީ.

  2. ސަޅި ކޮމެންޓެއް މަތީގައި އެއޮތީ. އެހެންނާފަހެ މިހާރު އެ ވެއްޓުނީ ތިން ފަހަރު. ފަޅާނާރާ ވެސް ވެއްޓިފާ ހުރެދާނެ ދޯ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް