ގުޅުނީ ޝަރުތެއްނެތި ބޭނުންވަނީ 2 މިނިސްޓްރީ އާއި އެތަކެއް މަގާމެއް!

އެމް.އެން.ޕީ އިން ޕީ.އެން.ސީ. ގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު އާއި ދެވަނަ ރައުންޑްގައި ގުޅުނީ ލަދުގަންނަވަރުގެ ބަލިވުމަކުން އެޕާޓީ ރައްޔަތުން ގަބޫލު ނުކޮށް ބަލިކޮށްލުމަށް ފަހުގައެވެ. ރިޔާސީ ރޭހުގައި އެޕާޓީއަށް ލިބިފައިވަނީ 0.86% އެވެ. އެއީ  1879 ވޯޓެވެ. ލަދުން އަވަދިވާވަރުގެ ދަށް ނަތީޖާއެކެވެ. އެހެނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމަކީ ކުރީގެ ޑިފެންސް މިނިސްޓަރއެވެ. އަދި ރައީސް ޔާމީނާ ޗެލެންޖް ކުރެއްވުމަށްފަހު އުފެއްދެވި ޕާޓީއެއްވެސް މެއެވެ. ދެން ތިއްބެވީވެސް ހަމަ އެހާމެ ފުންނާބު އުސްކަމަށް ވިދާޅުވި ބައެކެވެ.  މިސާލަކަށް ކުރީގެ ވާނުވާޖެހުމުގެ މާހިރު ސީ.ޕީ ރިޔާޒް […]

ފައްޅީގެ ފާރުގައި ކުރެހި ބޭއަދަބީ ކުރެހުންތަކުގެ ފަހަތުގައި ވަނީ ހިންދޫއިންގެ އަތެއް: އޮސްޓްރޭލިއާ ފުލުހުން

އޮސްޓްރޭލިއާގެ ބްރިސްބޭން ސިޓީގައި ހުންނަ ފަށްޅިއެއްގެ ބޭރު ފާރުގައި ކުރަހާފައިވާ ބޭއަދަބީ ކުރެހުންތަކުގެ ފަހަތުގައި ވަނީ ”ހިންދޫއިންގެ އަތެއް“ ކަމަށް ކުއީންސްލޭންޑް ފުލުހުން ހިންގި ތަހުގީގު ރިޕޯޓުން ދައްކައިފިއެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ، މާރިޗު މަހުގެ 3 ވަނަ ދުވަހުގެ ރޭގައި، އިންޑިއާ ބޮޑުވަޒީރު މޯދީއަށް ނިސްބަތްކޮށް ބޭއަދަބީ ކުރެހުންތަކެއް ނުވަތަ ”ގްރެފިޓީ“ ކުރެހުމުގެ ފަހަތުގައި ވަނީ އޮސްޓްރޭލިއާގެ ”އެންޓި-މޯދީ“ ސިޔާސީ އެކްޓިވިސްޓުންތަކެއްކަމަށް ބުނެ ވާހަކަ ފެތުރުނު ނަމަވެސް، އެ އަމަލުގެ ފަހަތުގައިވަނީ ހިންދޫ ބައެއްކަމަށް ގަބޫލުކުރެވޭކަމަށެވެ. […]

ސަޢޫދީ އެރޭބިޔާގެ ބައެއް ގާނޫނުތަކާމެދު ވަލީއަހްދު ލަދުވެތިވެ ވަޑައިގަނޭ!

ސަޢޫދީ އެރޭބިޔާގައި މުސްކުޅިކުރައްވާފައިވާ ޓީޗަރަކު ސަރުކާރުގެ ސިޔާސަތަށް ފާޑު ވިދާޅުވެ އެބޭފުޅާ ގެ ޓްވިޓަރ އެކައުން ބައްލަވާ ދިހަ ވަރަކަށް މީހުންނަށް އަމާޒުކޮށް މީގެ ދުވަސަކޮޅެއްކުރިން ކުރެއްވި ޕޯސްޓެއްގެ މައްސަލައިގާ ޝަރީއަތް ހިންގައި މަރަށް ޙުކުމްކުރުމާގުޅިގެން ބައިނަލް އަގްވާމީ މީޑިއާއިން ވަލީއަހްދު މުހައްމަދު ބިން ސަލްމާނަށް ސުވާލު ދެންނެވިއްޖެއެވެ. ޖަވާބުގައި ވިދާޅުވީ ސަޢޫދީ އެރޭބިޔާގެ ބައެއް ހަރުކަށި ގާނޫނާ ދެތެރޭ ލަދުވެތިވެ ވަޑައިގަންނަވާ ކަމަށެވެ.  ފޮކްސް ނިއުސް އިން ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައި ވަލީއަޙްދު ވިދާޅުވެފައިވަނީ އެފަދަ ނިންމުންތަކަކީ އަހަރެން ގަބޫލުކުރާގޮތް ނޫންކަމަށާއި އެކަމާއި ދޭތެރޭ ލަދުވެތިވެ ވަޑައިގަންނަވާ ކަމަށެވެ. […]

އެކުވެރި ދައުލަތުން ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ދިނުމަށް އަލްޖީރިއާއިން ގޮވާލައިފި

އެކުވެރި ދައުލަތްތަކުގެ މެންބަރެއްގެ ގޮތުގައި ފަލަސްތީނު ފުރިހަމައަށް ބައިވެރިކުރުމަށް ފެނޭތޯ ބެލުމަށް ޚާއްސަ ބައްދަލުވުމެއް ބޭއްވުމަށް އަލްޖީރިއާގެ ރައީސް ޢަބްދުލްމަޖީދް ތައްބޫން އެކުވެރި ދައުލަތްތަކަށް ގޮވާލައްވައިފިއެވެ. އެމެރިކާގެ ނިއު ޔޯކުގައި ބޭއްވި އެކުވެރި ދައުލަތްތަކުގެ 78 ވަނަ އާންމު ޖަލްސާގައި އަންގާރަ ދުވަހު ދެއްވި ޚިޠާބުގައި ތައްބޫން ވަނީ ދާޚިލީ މައްސަލަތަކާއި ބައިނަލްއަޤްވާމީ މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން، އޭނާވަނީ ފަލަސްތީނުގެ މައްސަލައަށް އަލިއަޅުވައިލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަރަބި ގައުމުތަކުގެ ސުލްޙަވެރިކަމަށް އަލްޖީރިއާއިން ދޭ އެއްބާރުލުމުގެ […]

ދެވަނަ ބުރުގައި ސިވިލް ސާވަންޓުންގެ ތާއީދު އޮތީ ޑރ.މުޢިއްޒަށް!

ސަރުކާރުގެ އެކި ވުޒާރާތަކުގައި ވަޒީފާ އަދާކުރާ ގިނަ މުވައްޒަފުންތަކަކާއި ދެކެވުނު ވާހަކަތަކުން އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން ގިނަ ފަރާތްތަކުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ތާއީދުކުރަނީ އަދި 30 ސެޕްޓެމްބަރު ވާ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުލާނީ ޑރ. މުޙައްމަދު މުއިއްޒަށެވެ. ސަރުކާރުގެ ކުންފުނިތަކާއި، މިނިސްޓްރީތަކާއި، ސިވިލް ސާވިސްގެ އެތައް ހާސް މުވައްޒަފުންނެއް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ސަރުކާރު ހިންގުމާއި ހަވާލުވެ އޮތް އެމްޑީޕީއަށް ވޯޓު ދީފައިވެއެވެ. އަދި އެއިރު ދިން ވޯޓަކީ […]

އޯ ޝެއިޚް !

ގުރުއާނާއި ސުންނަތުގެ އަލީގައި އިއްވަވާ ޚުތުބާތަކާއި ލޮލުން ކަރުނަ އައިސް ރޮވޭފަދަ ޙާލުގައި ދެއްވާ ދީނީ ތަގްރީރުތަކަށްފަހު އަޅުގަނޑަށް މިހާރު ދެންނެވެން އޮތީ “ އޯ ޝެއިޚް! އެވެ. ތިފަދަ ނިކަމެތި ފެންވަރަށް ތިބާގެ ޢަމަލު މިދިޔައީ ކީއްވެތޯއެވެ! ދުނިޔޭގެ ކޮންފަދަ މަންފާއެއް ނުލިބިގެންތޯއެވެ. ބޭނުންފުޅުވާކަަމަށް ވިދާޅުވަމުން ގެންދެވީ އާޚިރަތެވެ. އެހެނީ ދުނިޔެއަށްވުރެ އާޚިރަން ރަނގަޅުކަމުގައެވެ. އަޅުގަނޑަށް ގަބޫލު ކުރެވުނީ ތިބާމެން ރައްޔަތުންގެ ބަޔަކަށް ދީނީ ވައުޒު ދެއްވާއިރު އަޑު މަޑުވާ ތަންކޮޅުއައިސް ލޮލުން ފެންކަޅިވާ ބައެއްވަގުތު […]

އެމްޑީޕީ ދިދަ ގިނަ ނަމަވެސް ރައްޔިތުން ތިބީ ޑރ.މުޢިއްޒުގެ ފަހަތުގައި!

އެކި އަތޮޅުތަކުގައި ތިބި ގިނަ އާއިލީ ފަރާތްތަކާއި ރައްޓެހި ރަހުމަތްތެރިންނާއި ބައްދަލުކުރަމުން އަންނައިރު އެންމެންވެސް ފާޅުކުރާ އެއް ޚިޔާލެއްވެއެވެ. ކޮންމެ ރަށެއްގެ ވެސް އާންމުން އުޅޭ ތަންތަނުން ގިނަ އަދަދެއްގެ އެމްޑީޕީ ދިދަ ފެންނަން ހުންނަ ވާހަކައެވެ. އަދި ޚާއްސަކޮށް އެމްޑީޕީ ކައުންސިލްތައް އޮންނަ ރަށްރަށުގައި އެލުވާފައި ހުންނަ ދިދައިގެ އަދަދު ގިނަ ވާހަކައެވެ. ފުރަތަމަ ބުރުގެ ކުރިން ސަރުކާރުން ޕީއާރް މަސައްކަތްކަތަށް ބޮޑެތި ޚަރަދުތަކެއް ކޮށްފައިވެއެވެ. އެގޮތުން، އެންމެ ބޮޑު ޚަރަދެއްކޮށްފައިވާ އެއް ކަމަކީ އެމްޑީޕީ […]

ސިކުންގެ ވެރިޔަކު ކެނެޑާ ފަސްގަނޑުގައި މަރާލުމުގެ ތުހުމަތު އިންޑިއާގެ މައްޗަށް ކޮށްފި

ސިކުންގެ ވެރިއެއްކަމަށްވާ ހަރްދީޕް ސިންހް ނިއްޖަރް ކެނެޑާ ފަސްގަނޑުމަތީގައި ހުއްޓާ ޤަތުލުކޮށްލައި މަރާލުމުގެ ފަހަތުގައި އިންޑިއާގެ ”އަތެއްވާކަމަށް ގަބޫލުކުރެވޭނެ ހެކި“ ފެނިފައިވާކަމަށް ކެނެޑާ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެއްޖެއެވެ. ނިއްޖަރް މަރާލާފައިވަނީ ޖޫންމަހުގެ 18 ވަނަ ދުވަހު ކެނެޑާގައި ހުންނަ ސިކުންގެ ފައްޅިއެއްގެ ބޭރުގައި އޭނާ ހުއްޓާ އޭނާގެ ގަޔަށް ބަޑި ޖަހައިގެންނެވެ. މިގޮތުން އޭނާގެ ގަޔަށް ބަޑި ޖަހާފައިވަނީ ކެނެޑާގައި ގާނޫނާއި ޚިލާފަށް ހަރަކާތްތެރި ވަމުން ގެންދާ އިންޑިއާގެ އިންޓެލިޖެންސް ގްރޫޕަކުން ކަމަށް ގަބޫލުކުރެވެއެވެ. މި […]

ނޭނގި ތިއްބައި ދެވަނަ ބުރުގައި ވޯޓުލާތަން ބަދަލުކުރާ މައްސަލަތަކެއް ފެންމަތިވެއްޖެ

އިދިކޮޅު ސިޔާސީ ޕާޓީތަކަށް ވޯޓުދޭ ފަރާތްތަކަށް ނޭނގި އެ ފަރާތްތަކުން ދެވަނަ ބުރުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ތަން ބަދަލުކުރަމުންދާ ކަމަށް ބުނާ ގިނަ ބައެއްގެ ޝަކުވާތަކެއް ފެންމަތިވެއްޖެއެވެ.  އެ ފަރާތްތަކުން ބުނެފައިވަނީ، ދެވަނަ ބުރުގައި ވޯޓުލުމަށް އެހެންތަނަކަށް ރަޖިސްޓްރީވެފައި ނުވިނަމަވެސް، ވޯޓުލާތަން ބަދަލުވެފައިވާ ކަމަށެވެ.  އެހެންކަމުން، ހުރިހާ ބޭފުޅުންވެސް ރިޔާސީ އިންތިޚާބުގެ ދެވަނަ ވޯޓުލުމަށް ރަޖިސްޓްރީވެފައިވަނީ ކޮން ވޯޓުފޮށްޓަކަށްތޯ ބަލައި ޔަގީންކުރުމަށް އިލްތިމާސްކުރަމެވެ. ވޯޓުލާންޖެހޭ ފޮށި ބެލުމަށް މެސެޖު ކުރަންޖެހޭނީ ”VR<space><IDnumber>“ ޖެއްސެވުމަށްފަހުގައި އިލެކްޝަންސް ކޮމިޝަންގެ ނަންބަރު […]

މުސްލިމް އާއިލާއެއް ޤަތުލުކުރި ކެނެޑާ މީހެއްގެ މައްސަލަ ބަލަނީ

ދޮން މީހަކަށްވުމަކީ އޭނާއަށް ލިބޭ ފަޚުރެއްކަމަށް ދެކި މުސްލިމުންނާއި ދޭތެރޭގައި އުފެދޭ ނަފްރަތުގެ ސަބަބުން މުސްލިމް އާއިލާއެއްގެ ހަތަރު މެންބަރުން މަރާލައި، ޓެރަރިޒަމްގެ އަމަލެއް ހިންގި ކެނެޑާ ފިރިހެނެއްގެ މައްސަލަ ކެނެޑާގެ ކޯޓެއްގައި ބަލަން ފަށައިފިއެވެ. ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ މި މައްސަލައިގެ ސަބަބުން ”ވައިޓް ނޭޝަނަލިސްޓް“ ވިސްނުމުގެ ހަރުކަށި ކަނާއަތުގެ ފިކުރުގެ މީހުން ކުރާ މިފަދަ ކުށްތަކުގައި ކެނެޑާއިން ގެންގުޅޭނެ އިންސާފުގެ މިންގަނޑުތައް ހާމަވެގެންދާނެކަމަށް ގިނަ ފަރާތްތަކުން ގަބޫލުކުރެއެވެ. އުމުރުން 22 އަހަރުގެ ނެތޭނިއަލް […]