ގައުމަށް އެންމެ ބޭނުންވާ ދާއިރާތަކުގެ ހުނަރުވެރިންނަށްވުމަށްޓަކައި ދަރިވަރުން ތައްޔާރުވުމަށް ރައީސް ގޮވާލައްވައިފި

ރިވަރުން ޙާޞިލްކުރާ ޢިލްމުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން، ޤައުމަށް އެންމެ ބޭނުންވާ ދާއިރާތަކުގެ ހުނަރުވެރިންނަށްވުމަށްޓަކައި ދަރިވަރުން ތައްޔާރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ. އެމަނިކުފާނު ދަރިވަރުންނަށް މިކަމަށް ގޮވައިލެއްވީ، މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިޖަލްސާގައި ރައީސުލްޖުމްޙޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ. މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދަރިވަރުންނަކީ ކޮންމެ ކޮންމެ ފިކުރަކަށް ނުހެއްލޭ، ހޭލުންތެރި ބަޔަކަށްވުމަށް ޢަޒުމް […]

ބޮޑު ހިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފްގެ އެކައުންޓްތައް ދޫކޮށްލައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ ފައިސާ ދައުރުކުރަން ބޭނުންކުރުމާ ގުޅިގެން ފްރީޒްކޮށްފައި ހުރި އެސްއޯއެފްގެ ބޭންކު އެކައުންޓްތައް ބީއެމްއެލުން ދޫކޮށްލައިފިއެވެ. އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި އެސްއޯއެފްގެ އެކައުންޓް ފްރީޒުކުރީ 2020 ވަނަ އަހަރުއެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އަމަލުތަކާ ގުޅިގެން ދިހަ ކުންފުންޏަކާއި ދެ މީހެއްގެ ބޭންކް އެކައުންޓް ފްރީޒް ކުރަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވެއެވެ. އޭގެ ތެރޭގައި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑާއި އެސްއޯއެފް ސާވިސް ޕްރައިވެޓް ލިމިޓެޑާއި އެސްއޯއެފް […]

ތިނަދޫ ގެއެއްގައި ހުރި މަސް ޓޭންކަކުން ކުޑަ ހަތަރު މަސް ނެގި މީހަކު ހަތަރު މަހަށް ޖަލަށް

ގެއެއްގެ ތެރޭ ބަހައްޓާފައި ހުރި މަސް ޓޭންކަކުން ކުޑަކުޑަ ހަތަރު މަސް ވަގަށް ނެގި މީހަކު ހަތަރު މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމން ކޮށްފިއެވެ. މިއީ މިދިޔަ އަހަރު ގދ. ތިނަދޫގައި ހިނގި ކަމެކެވެ. އެ ދައުވާ ސާފުކޮށްދެމުން ދައުލަތުން ބުނެފައިވަނީ މަސް ޓޭންކަކުން ވަގަށް ނަގާފައިވަނީ ތިން އިންޗި ހުންނަ ވަރުގެ ހަތަރު މަސް ކަމަށާއި އެއީ ދެ ކެމެޓާއި އެއް ކާބާއި އެއް ގްރާމް ކަމަށެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ […]

ގދ. އަތޮޅު ތައުލީމީ މަރުކަޒުގައި ދަރިވަރަކު އޯޓިޒަމް ހުންނަ ދަރިވަރަކަށް އަނިޔާކުރި މައްސަލަ ބަލަނީ

ގދ. ތިނަދޫގައި ހުންނަ ގދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ދަރިވަރަކު އޯޓިޒަމް ހުންނަ އެހެން ދަރިވަރަކަށް އަނިޔާކުރާ ވީޑިއޯއެއް އާއްމުވެއްޖެއެވެ. ޝޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަނީ ގދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކްލާސް ރޫމެއްގެ ތެރޭގައި ފިރިހެން ދަރިވަރަކު އޯޓިޒަމް ހުންނަ އެހެން ފިރިހެން ކުއްޖަކަށްވަރަށް ބޮޑަށް އަނިޔާކުރާ މަންޒަރެވެ. އެގޮތުން އެ ދަރިވަރުގެ މޫނުގައި ފޮތުން ޖަހައި ފައިންނާއި އަތުން އެކުއްޖާގެ ގައިގައި ތަޅައިފައިވެއެވެ. އެ ދަރިވަރަށް އަނިޔާކުރިއިރު އެހެން ދަރިވަރުން ކައިރީގައި ތިބި […]

ގަވައިދުން އާފަލު ކާނަމަ ބައެއް ކަހަލަގެ ކެންސަރުން ދުރުކޮށްދޭ

އާފަލަކީ ވަރަށް ފަސޭހައިން ލިބެން ހުންނަ މޭވާއެކެވެ. އާފަލުގެ ތަފާތު ވައްތަރުތަކާއި ތަފާތު ކުލަތައް ހުންނަ އިރު އާފަލަކީ ހަށިގަނޑަށް ފައިދާކުރަނިވި އެތައް މާއްދާއެއް އޭގައި އެކުލެވިގެންވާ މޭވާއެކެވެ. ހަށިގަނޑަށް އެތެރެވާ ވިހަ ހަށިގަނޑުން ބޭރުކޮށްދިނުމުގައި އާފަލުގެ ދައުރު ބޮޑެވެ. ކާން ބޭނުންކުރާ ކާނާއާއ ބޭސް ފަދަ އެއްޗެތީގެ ތެރެއިން އަބަދުވެސް ތަފާތު ވިހަތައް ހަށިގަނޑަށް ވަންނައިރު އާފަލުގައި އެކުލެވޭ މިނަރަލްގެ މާއްދާތަކުގެ ސަބަބުން ހަށިގަނޑުން ވިހަ ސާފުކުރުމުގައި ޒިންމާވާ މައިގަނޑު ގުނަވަން ކަމަށްވާ ފުރަމޭއިން ވިހަ […]

މާލޭގެ ފިހާރައަކުން ވައްކަންކޮށް ރޯކޮށްލި މީހަކު ތިން މަހަށް ޖަލަށް ލާން ހުކުމްކޮށްފި

މާލޭގައި ފިހާރަޔަކުން ވައްކަންކޮށް އެތަނުގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ މައްޗަށް، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށް ސާބިތުވެ ތިން މަހާއި ނުވަ ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މުހައްމަދު އިއުޖާޒް ހަލީމް ކިޔާ މީހެއްގެ މައްޗަށް މި ހުކުމް އައީ ޗާންދަނީ މަގުގައި ހުންނަ ”ކޮމްޝޮޕް“ ފިހާރަޔަށް 13 ސެޕްޓެމްބަރު 2018 ވަނަ ދުވަހުގެ މެންދަމުން އަލިވެ 2:00 ހާއިރު ވަދެފައިވާ މައްސަލައިގައެބެ. ހުކުމުގައިވާ ގޮތުން ފިހާރައިން ވައްކަންކޮށްފައިވާކަން އެނގުނީ އެތަނުގައި […]

ހައިވޭގައި ފުލުހުންގެ ކާރަށް ފުރޮޅާލައި ތިން މީހަކަށް އަނިޔާވެއްޖެ

ސިނަމާލެ ބުރިޖާއި ހުޅުމާލެ ގުޅިފައި އޮންނަ ހައިވޭގައި ފުލުހުންގެ ކާރެއް ފުރޮޅައިލައިފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ބުރިޖާ ގުޅިފައިވާ ހައިވޭއިން ދުއްވާފައި ދިޔަ ފުލުހުންގެ ވެހިކަލެއް ފުރޮޅާލާފައިވާކަމުގެ ރިޕޯޓު ލިބިފައި ވަނީ ރޭ މެންދަމު 02:58 ހާއިރު ކަމަށެވެ. މި ހާދިސާގައި ކާރުގައި އެވަގުތު ތިބި ތިން މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. އެ އެންމެންނަށްވެސް ޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދީކޮށްލައިފައެވެ. މި އެކްސިޑެންޓާއި ގުޅިގެން އިތުރަށް ބަލަން […]

ރަތަފަންދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އަންހެން މީހާ މަރުވެއްޖެ

މިދިޔަ ބުރާސްފަތި ދުވަހު ގދ. ރަތަފަންދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ހަށިގަނޑުގެ ބޮޑުބައެއް ފިހުނު އަންހެން މީހާ މަރުވެއްޖެއެވެ. އެ އަންހެން މީހާ މަރުވީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައެވެ. މަރުވެފައިވަނީ ރަތަފަންދޫ، ހިޔަލީގެ، އުމުރުން 55 އަހަރުގެ އާމިނަތު އަބްދުލްހަމީދެވެ. އައިޖީއެމްއެޗުން ބުނެފައިވާ ގޮތުގައި އެ އަންހެން މަރުވީ، ރޭ ފަތިހު 5:57 ގައެވެ. އެ އަންހެން މީހާ ފިހުނީ ގޭސް ލީކުވެފައި ހުއްޓައި އަންހެން މީހާ އުނދުން ރޯކޮށްލުމުން ގައިގައި އަލިފާން […]

ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް ޔާމީންއާ ހަވާލުކޮށްފި

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހަމަޖައްސައި ރަސްމީކޮށް އެމަނިކުފާނާއި ރިޔާސީ ޓިކެޓް ހަވާލުކޮށްފި އެވެ. ޔާމީނަށް ޓިކެޓް ހަވާލުކޮށްފައި ”ހަވާލޭ ވަތަން“ ނަމުގައި ކާނިވާ ސަރަހައްދުގައި މިހާރު ކުރިއަށްދާ ޖަލްސާގައެވެ. ރައީސް ޔާމީނަށް ޓިކެޓް ހަވާލުކޮށްދެއްވީ ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އެވެ. ރިޔާސީ ޓިކެޓް ޔާމީންއާ ހަވާލުކުރީ މުޅި ރާއްޖެ ތަމްސީލުވާ ގޮތަށް ކޮންމެ ރަށަކުން މީހަކު […]

ސަންދާނު ގިވްއަވޭ: ލާމުގެ އެންމެ ހިތްގައިމު އެއް ހޮޓަލުގައި ހިލޭ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު!

ލާމުގެ އެންމެ ހިތްގައިމު އެއް ހޮޓަލުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭ ގިވް އަވޭ ޕްރޮމޯޝަނެއް ސަންދާނު ޓުޑޭއިން ފަށައިފިއެވެ. ސަންދާނުގެ އޮފިޝަލަކު ވިދާޅުވީ، ރޭ ފެށި މި ގިވް އަވޭ ޕްރޮމޯޝަން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. މި ޕްރޮމޯޝަންގައި ބައިވެރިވެގެން ލާމު ގަމުގައި ހުންނަ އެންމެ ހިތްގައިމު ބީޗު ހޮޓެލް ކަމަށްވާ ނަޒާކީ ރެސިޑެންސް ބީޗު ހޮޓެލުން ފަސް ދުވަހުގެ ހުރުން ދެ ބޭފުޅަކަށް ހިލޭ ލިބޭނެއެވެ. ޕްރޮމޯޝަންގައި […]