ސައުދީގައި ބާއްވާ އެންމެ ބޮޑު ގުރުއާން މުބާރާތުގެ ފައިނަލަށް ރާއްޖޭގެ ނަބީހު، ބޮޑު ފަހުރެއް!

ސައުދީ އަރަބިއްޔާގެ ކުރީގެ ރަސްގެފާނު ކިންގް އަބްދުލް އަޒީޒްގެ ހަނދާނުގައި ބާއްވާ ބައިނަލްއަގުވާމީ ގުރުއާން މުބާރާތުން ރާއްޖޭގެ އަހުމަދު ނަބީހު އަބްދުލްގާދިރު ފައިނަލަށް ދަތުރުކޮށްފި އެވެ. މިމަހުގެ ދިހަ ވަނަ ދުވަހު ފެށި މި މުބާރާތް އަންނަ ބުދަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ. މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރީ ނަބީހުގެ އިތުރުން އަރަބިއްޔާ ސްކޫލުގެ ދަރިވަރު، ޔޫޝައު ޒަމްޒަމް ފާރިޝެވެ. މި މުބާރާތުގައި 112 ގައުމަކުން، 153 ކުދިން ބައިވެރިވެއެވެ. މި މުބާރާތުގައި، އޯޓިޒަމް ހުންނަ ނަބީހު […]
އަލަމްގީރަށް އިތުރު 40 ދައުވާކޮށްފި

ގިނަ އަދަދެއްގެ ދިވެހިންނާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް އިއުތިރާފުވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރަށް އިތުރު 40 ދައުވާއެއް ދައުލަތުން ކޮށްފިއެވެ. ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ގާނޫނުލްއުގޫބާތުގެ 622 ވަނަ މާއްދާގެ (ހ) ގެ ހަތް ވަނަ ނަމްބަރާ ހަވާލާދީ، އެމާއްދާގެ (ބ) ގެ ދެ ވަނަ ނަމްބަރުގެ ދަށުން، އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާއެއް ކޮށްފައިވާ ކަމަށެވެ. އެއީ އެއްޖިންސުން ގުޅުން ހިންގުމަށްފަހު އެ މަންޒަރުތައް ރެކޯޑްކުރުމުގެ ސަބަބުންނެވެ. […]
ފަރުވާ ކުޑަ ކުރުމުން ގާޒީ އަލީ އަބްދުﷲ ތަމްރީނު ޕްރޮގުރާމެއް ފުރިހަމަކުރަން ޖެހިއްޖެ

ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ އާ ދެކޮޅަށް ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ. ޖޭއެސްސީން މިއަދު ބުނީ ވަގުތީ އަމުރަކަށް އެދި ދައުވާކުރާ ފަރާތުން ހުށަހެޅުމުން އަޑު އެހުމެއް ބޭއްވުމަށްފަހު ވަގުތީ އަމުރާ މެދު ގޮތެއް ނުނިންމައި ބޭއްވުމަށްފަހު، ”ވަގުތީ އަމުރާމެދު ނިންމިގޮތް“ ނިންމާފައިވަނީ ވަގުތީ އަމުރަކާ މެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ މައްސަލައެއްގައި ގޮތެއް ނިންމުމަށް އެކަށީގެންވާ މިންވަރަށް ވުރެ ގިނަ ދުވަހުން ކަމަށް ބެލެވޭ […]
ފެރީއަކުން މޫދަށް ވެއްޓި ކަނޑުހުޅުދޫ ޒުވާނަކު މަރުވެއްޖެ

ގއ. ގެމަނަފުށިން ފުރައިގެން ކަނޑުހުޅުދޫއަށް ދަތުރުކުރި ފެރީއަކުން މޫދަށް ވެއްޓުނު ޒުވާނަކު މަރުވެއްޖެއެވެ. މި ހާދިސާގައި މަރުވެފައިވަނީ ކަނޑުހުޅުދުއަށް ނިސްބަތްވާ އިރުފާން 24އ އެވެ. އެޒުވާނާ މޫދުން ނަގައިގެން ގއ. ގެމަނަފުށީ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ. ގެމަނަފުށީ ސިއްހީ މަރުކަޒަށް އެޒުވާނާ ގެންދިޔައީ މިއަދު އިރުއޮއްސި 18:00 ހާއިރު އެވެ. އެނގިފައިވާ ގޮތުގައި އެ ޒުވާނާ މަރުވީ ގެނބިގެންނެވެ.
ބިދޭސީ މީހެއްގެ މޫނަށް ދަނގަނޑެއް ހެރި ނޭފަތް ފޫއަޅުވާލައި ބަނޑުން ނިކުމެފައި، ހާލު ސީރިއަސް

އިމާރާތްކުރަމުން ދިޔަ ތަނަކުން ދަގަނޑެއް ވެއްޓި، މީހެއްގެ މޫނަށް ހެރި އޭނާގެ ހާލު ސީރިސްްވެއްޖެއެވެ. ފުލުހުން މިއަދު ބުނީ އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 11:00 ހާއިރު ކަމަށާއި ޒަހަމްވި މީހާއަަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ. ”ސަންދާނަށް“ އެނގިފައިވާ ގޮތުގައި، ދަގަނޑު ހެރިފައިވަނީ ހެންވޭރުގައި އިމާރާތް ކުރަމުންދިޔަ ތަނެއްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއެއްގެ މޫނަށެވެ. އޭނާގެ ނޭފަތާ ދިމާލުން އެތެރެ ހައްޓަށް ދަގަނޑު ވަދެފައިވެއެވެ. އެ ބިދޭސީ މީހާގެ މޫނަށް އެދަގަނޑު […]
ޔޫރޮޕާ ލީގު: ރޮނާލްޑޯގެ ފުރަތަމަ ގޯލު ޕެނެލްޓީއަކުން، ޔުނައިޓެޑަށް މޮޅެއް

ޔޫއެފާ ޔޫރޮޕާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ރޭ ކުޅުނު މެޗުގައި ޝެރިފް ޓިރަސްޕޯލް ބަލިކޮށްފިއެވެ. މޮލްޑޯވާގައި ޔުނައިޓެޑުން ރޭ ކުޅުނު ގްރޫޕް އީގެ މެޗުގައި ޝެރިފް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ޔުނައިޓެޑް ހިމެނޭ ގްރޫޕް އީގެ އެއްވަނައިގައި މިވަގުތު ސޮސިއެދާދު އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި ޔުނައިޓެޑް އޮތް އިރު، ތިންވަނައިގައި އޮތީ ޝެރިފެވެ. ރޭގެ މެޗަށް ކްރިސްޓިއާނޯ ރޮނާލްޑޯ ފުރަތަމަ 11 ގައި ހިމަނާފައިވާއިރު މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން […]
އެއްޖިންސުން ގުޅުންހިންގިކަމުގެ ތުހުމަތުވާ ނަސީރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހީމްގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން ކޯޓުން އެމައްސަލަ ބަލައި ނުގަނެ އަނބުރާ ފޮނުވާލައިފިއެވެ. ނަސީރު ކަމަށް ބެލެވޭ މީހަކު އެއްޖިންސުންގުޅުން ހިންގާ ވީޑިއޯއެއް މީގެ ދެ މަސްކުރިން ވަނީ އާއްމުވެފައެވެ. އެ ވީޑިއޯ އާއްމުވުމާއެކު ނަސީރު ހައްޔަރުކޮށް ބަންދުގައި މަހެއްހާ ދުވަސް ބޭއްވިއެވެ. ”ސަންދާނަށް“ އެނގިފައިވާ ގޮތުގައި ނަސީރުގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލައި ނުގަތީ، ނަސީރު އެއްޖިންސުން ގުޅުން […]
ދިވެހި ޤައުމު ދިފާޢުކުރުމުގެ ’ކޮމާންޑް އެންޑް ކޮންޓްރޯލް‘ އަބަދުވެސް އޮންނަންވާނީ ދިވެހި ސިފައިންގެ އަތްމަތީގައި: ރައީސް

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް، އެތެރެއިންނާއި ބޭރުން ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ކުރިމަތިލައި ޤައުމު ދިފާޢުކުރުމުގައި، އަބަދުވެސް ’ކޮމާންޑް އެންޑް ކޮންޓްރޯލް‘ އޮންނަންވާނީ ދިވެހި ސިފައިންގެ އަތްމަތީގައިކަމަށާއި، އެކަން، ދިވެހި ޢަސްކަރިއްޔާގެ ހަމަ ކޮންމެ ފަރުދަކު އަބަދުމެ ހަނދާނުގައި ބަހައްޓަންވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ދިވެހި ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި މިރޭ ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި […]
ރާއްޖޭގައި ޑްރައިވިން ލައިސަންސް މެލޭޝިޔާގައި މިހާރު ބޭނުން ކުރެވޭނެ

ރާއްޖޭގެ ޑްރައިވިން ލައިސަންސް އިއްޔެއިން ފެށިގެން މެލޭޝިޔާގައި ބޭނުންކުރަން ފަށައިފިއެވެ. މި ލައިސަންސް ބޭނުން ކުރެވޭ ގޮތްވީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ވީކާ ސިއޮންގް، އެއް ގައުމުން އަނެއް ގައުމުގައި ލައިސަންސް ބަލައިގަތުމަށް މިދިޔަ މަހު ސޮއިކުރި އެެއްބަސްވުމުގެ ދަށުންނެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ދަށުން މެލޭޝިއާގައި އުޅޭ ދިވެހިންނަށް، ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން އެ ގައުމުގައި އެއްގަމު އުޅަނދުފަހަރު ދުއްވޭނެ ކަމަށާއި މެލޭޝިއާގައި ރައްޔިތުންނަށް އެ […]
އެމްޑީޕީއަކީ އަޅުގަނޑު އުފެއްދި ޕާޓީއެއް، ފުރަތަމަ ސޮއިވެސްކުރީ އަޅުގަނޑު: ގާސިމް

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއަކީ އެބޭފުޅާ އުފެއްދެވި ޕާޓީއެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު، ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ގާސިމް އިބްރާހިމް މިހެން ވިދާޅުވީ، ”ރާއްޖެ ޓީވީގެ“ ޕްރޮގްރާމެއްގައެވެ. ރާއްޖެ ޓީވީގެ ”ފަށާއިރު“ ޕްރޮގްރާމްގެ މާދަމާގެ ބައިގެ، ޓްރެއިލާ މިހާރު އާއްމުކޮށްފައިވާއިރު، ޓްރެއިލާގައި ގާސިމް ވަނީ އެމްޑީޕީއަކީ އެބޭފުޅާ އުފެއްދެވި ޕާޓީއެއް ކަމުގައި ވިދާޅުވެފައެވެ. ”އެމްޑީޕީއަކީ އަޅުގަނޑު އުފެއްދި ޕާޓީއެއް. އެމްޑީޕީގައި ފުރަތަމަ ސޮއިކުރީވެސް އަޅުގަނޑު“ ގާސިމް […]