ބަލިތައް ގިނަވެ އައިޖީއެމްއެޗްގެ ކުޑަކުދިންގެ ވޯޑު ފުރިއްޖެ، ގިނައީ ބޭރަށްހިންގުން!

އެކި ވަށްތަރުތަކުގެ ބަލިތައް ގިނަވެ އައިޖީއެމްއެޗްގެ ކުޑަކުދިންގެ ވޯޓު އެއްކޮށް ފުރިއްޖެ އެވެ. އައިޖީއެމްއެޗުގެ އޮފިޝަލަކު ”ސަންދާނަށް“ މިއަދު ވިދާޅުވީ، ކުޑަކުދިންގެ މެދުގައި މި ދުވަސްވަރު އެންމެ ގިނައީ ނިއުމޯނިއާ ބޭރަށް ހިންގުން އަދި ހޮޑުލެވުން ކަމަށެވެ. އޮފިޝަލް ވިދާޅުވީ، އައިޖީއެމްއެޗުގެ ކުޑަކުދިންގެ ވޯޑު އެއްކޮށް ފުރިފައިވާ ކަމަށެވެ. އެ ވޯޑުގައި 33 އެނދު ހުރެއެވެ. މިފަހަކަށް އައިސް ރާއްޖޭގައި އެކި ކަހަލަ ބަލިތައް ފެތުރުން ވަނީ އިތުރު ވެފައެވެ. އެގޮތުން ބޭރަށް ހިނގުމާއި އަރިދަފުސް ރޯގާ […]

މަދު ފައިސާކޮޅަކަށް ދިވެހި އަންހެނުން ނީލަން ކިޔަނީ! ހުއްޓުވޭނެތަ؟ ހުއްޓަން ބޭނުން ނުވަނީތަ؟

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެކެވެ. ނަމަވެސް ރާއްޖޭގެ ހާލަތަށް ނަޒަރު ހިންގާލާއިރު ހުޅަނގުގެ ގިނަ އާދަތައް ދިވެހީންގެ ތެރެޔަށް މިވަނީ މޫލައިފައެވެ. ފާހިޝް ކަންކަން ރާއްޖޭގައި އާއްމުވެއްޖެއެވެ. ބަނގުރަލާއި މަސްތާއި މިހެން ގޮސް މި ލިސްޓު ކިތަންމެ ދިގަށްވެސް ދަންމާލެވިދާނެއެވެ. އެއްޖިންސުން ގުޅުން ހިންގުމާއި އަމިއްލަ ޖިސްމު މަދު ފައިސާކޮޅަކަށް ނީލަން ކިޔުން ފަދަ މުޑުދާރު ކަންކަން ދިވެހިންގެ ތެރޭގައި މިވަނީ އާއްމުވެފައެވެ. ރާއްޖޭގައި ހާއްސަކޮށް ފުރަ މާލޭގައި ހަށިވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރެއްގައި ކުރަމުން […]

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތަށް 73 އަހަރުގެ މީހަކު ހައްޔަރުކޮށްފި

މެދުރާއްޖެތެރޭ ރަށެއްގައި އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ކ. އއ. އދ. އަދި ވ. އަތޮޅުގައި ހިމެނޭ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ރޭ ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން 73 އަހަރުގެ ދިވެހި ފިރިހެނަކު ރޭގެ ވަގުތެއްގައި ވަނީ ހައްޔަރުކޮށްފައެވެ. އެ މީހާގެ ބަންދާމެދު މިއަދުގެ ވަގުތެއްގައި ގޮތެއް ނިންމާނެއެވެ.

ޑިންގީއެއްގެ ބުރަފަތީގައި ޖެހި މީހަކު މަރުވެއްޖެ

ކ. ތުލުސްދޫގައި ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއަކު، ޑިންގީއެއްގެ ބުރަފަތީގައި ޖެހި މިއަދު މަރުވެއްޖެ އެވެ. މި ހާދިސާގައި މަރުވެފައިވަނީ ފިރިހެން ފަތުރުވެރިއެކެވެ. އެ ހާދިސާ ހިނގީ އެރަށު ކަނޑުއޮޅި ކައިރިއަށް ފަތުރުވެރިއާ ސްނޯކްލިއަންއަށް ގޮސް އުޅެނިކޮށް ތަންކޮޅެއް ނެރުން ބޭރަށް ދިޔަ ވަގުތު އެ ސަރަހައްދުން ދަތުރުކުރި ޑިންގީއެއްގެ ބުރަފަތީގައި ޖެހިގެންނެވެ. އެ ހާދިސާގެ އެ ފަތުރުވެރިޔާގެ އެއް އަތް ބުރިވެފައިވެއެވެ.

އަހަރުތަކަކަށްފަހު އައްޑުއިން އެއްފަރާ 500 ގޯއްޗަށް ހުޅުވާލައިފި

ގޯތި ދޫނުކުރާތާ އެތައް އަހަރެއް ފަހުން އައްޑޫ ސިޓީއިން އެއްފަހަރާ 500 ގޯއްޗަށް ހުޅުވާލައިފިއެވެ. އައްޑޫ ސިޓީ ކައުންސިލުން ގޯއްޗަށް ހުޅުވާލައިފައިވަނީ އައްޑޫ ފޭދުއާއި ހުޅުދޫގެ އިތުރުން މީދުއިންނެވެ. އެގޮތުން ފޭދުއިން 1500 އަކަފޫޓުގެ 300 ގޯއްޗަށް ހުޅުވާލައިފައިވާއިރު، ހުޅުދުއާއި މީދޫން ކޮންމެ ރަށަކުން ވަނީ 2،000 އަކަފޫޓުގެ 100 ގޯއްޗަށް ހުޅުވާލައިފައެވެ. ގޯތި ދިނުމުގައި ދެ ކެޓެގަރީއަކަށް ބަހާލާފައިވާއިރު، އެ އަވަށެއްގެ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ 90 އިންސައްތައެވެ. ދެވަނަ ކެޓެގަރީގައި ހިމެނޭ އައްޑޫގެ […]

ގަން އެއާޕޯޓް ހިންގަން އިނގިރޭސިން ޝައުގުވެރިވޭ: ނަޝީދު

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން އިނގިރޭސިވިލާތުގެ ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އައްޑޫ މަރަދޫގައި އެމަނިކުފާނުގެ ކެމްޕެއިން ޖަގަހައެއް ރޭ ހުޅުވައިދެއްވުމަށްފަހު ނަޝީދު ވިދާޅުވީ އެމަނިކުފާނާ އިނގިރޭސި ވަޒީރުންނާއި އެ ގައުމުގެ ވިޔަފާރިވެރިންނާ ބައްދަލުވުމުން އެ ބޭފުޅުން އައްޑޫއާއި ގަމުގެ ކަންކަން އޮޅުންފިލުއްވާ ކަމަށެވެ. ”ކޮންމެ ކޮންމެ ފަހަރަކު އަޅުގަނޑާ އިނގިރޭސި ވަޒީރަކާ ދިމާވިޔަސް، އަދި އެމީހުންގެ ވިޔަފާރިވެރިންވެސް ކިރިޔާވެސް ރާއްޖެ އެނގޭ މިންވަރުގެ […]

އިންތިހާބާއި ދިމާކޮށް ސަރުކާރުން ކޮރަޕްޝަން ހިންގުމުގެ ޝަކުވާ ހިފައިގެން އިދިކޮޅުން އޭސީސީއަށް

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް ސަރުކާރުން ނުފޫޒުގެ ބޭނުންކޮށް ކޮރަޕްޝަންގެ އަމަލުތައް ހިންގާތީ އެ މައްސަލަތައް ހިފައިގެން އިިދިކޮޅުން ޕީޕީއެމް-ޕީއެންސީއިން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ގޮސްފި އެވެ. އޭސީސީގެ މެމްބަރުންނާއި ބައްދަލުކުރުމަށް ފަހު ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރާއްޖޭގެ ކޮރަޕްޝަން މި އޮތީ ހައްދުފަހަނަ އަޅާފައި ކަމަށާއި ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން 2019 ވަނަ […]

އދ.ގެ ސަލާމަތީ މަޖިލީހަށް އިންޑިއާ ހޮވަން ރާއްޖެއިން ތާއީދުކުރަން ނިންމައިފި

އދ.ގެ އެންމެ ބާރުގަދަ ގުނަވަންކަމަށްވާ އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެންބަރުކަމަށް އިންޑިއާ އިންތިހާބުކުރަން ދިވެހިރާއްޖެއިން ތާއީދުކޮށްފިއެވެ. އިންޑިއާއިން ކުރިމަތިލާފައިވަނީ އދ.ގެ ސަލާމަތީ މަޖިލީހުގެ 2028-2029 ދައުރަށެވެ. އެ ދައުރަށް މެންބަރަކު އިންތިހާބުކުރުން އޮންނާނީ 2027 ވަނަ އަހަރުގައި އޮންނަ އދ.ގެ އާންމު މަޖިލީހުގެ 85 ވަނަ ބައްދަލުވުމުގައެވެ. އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެންބަރުކަމަށް އިންޑިއާ އިންތިހާބުކުރަން ރާއްޖެއިން ތާއީދުކޮށްފައިވަނީ އެ ގައުމުގެ ހާރިޖީވަޒީރު ޑރ. ސުބްރައްމަންޔަމް ޖައިޝަންކަރު މިދިޔަ ހަފްތާގައި ރާއްޖެއަށް […]

ހުރުއެޅި އިންވެސްޓްމަންޓް 28 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި

އެންވަޔަރަމަންޓް އެސެސްމަންޓް ރިޕޯޓް (އީއައިއޭ) ހުށަނޭޅުމުގެ ސަބަބުން ހުރުއެޅި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް 28 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިން ޖޫރިމަނާ ކުރަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމައިފިއެވެ. އީޕީއޭ އިން ބުނީ އެ ކުންފުނި ޖޫރިމަނާ ކުރީ އދ. ހުރުއެޅި (ރެޑިސަން ބްލޫ މޯލްޑިވްސް) ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ބައެއް މަސައްކަތްތަކުގައި އީއައިއޭ މަރުހަލާ ފުރިހަމަ ނުކޮށް ކުރިއަށް ގެންގޮސްފައިވާތީ ކަމަށެވެ. ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނުގެ […]

ހޯރަފުށި ކައިރިން ހަ ފޫޓުގެ ކިނބުލެއް

ހއ.ހޯރަފުށި ކައިރިން ހަ ފޫޓު ދިގުމިނުގެ ކިނބުލެއް އަތުލައިގެންފިއެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ހައެއްކަ ފޫޓު ދިގުމިންހުރި ކިނބުލެއް ފެނުނީ ހޯރަފުށްޓާ އެއްފަޅެއްގައި އޮންނަ އުނގުލުފިނިޅާއި ހުވަހަންދޫ ދޭތެރެއިން ކަމަށެވެ. ކިނބޫ ފެނިގެން އެކަން ރިޕޯޓުކުރުމާ ގުޅިގެން އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޮމާންޑުގެ ކޯސްޓްގާޑް ފަސްޓް ސްކޮޑްރޮންގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށްވެސް ބުންޏެވެ. މީގެ ކުރިން ރިސޯޓެއް ތަރައްގީކުރަމުން އައި ކ.ބޮލިދުއްފަރު ކައިރިން 14 ފޫޓު ދިގުމިންހުރި ކިނބުލެއް ފެނިފައިވެއެވެ. […]