މަދު ފައިސާކޮޅަކަށް ދިވެހި އަންހެނުން ނީލަން ކިޔަނީ! ހުއްޓުވޭނެތަ؟ ހުއްޓަން ބޭނުން ނުވަނީތަ؟

Loading

Facebook
Twitter
WhatsApp

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެކެވެ. ނަމަވެސް ރާއްޖޭގެ ހާލަތަށް ނަޒަރު ހިންގާލާއިރު ހުޅަނގުގެ ގިނަ އާދަތައް ދިވެހީންގެ ތެރެޔަށް މިވަނީ މޫލައިފައެވެ. ފާހިޝް ކަންކަން ރާއްޖޭގައި އާއްމުވެއްޖެއެވެ. ބަނގުރަލާއި މަސްތާއި މިހެން ގޮސް މި ލިސްޓު ކިތަންމެ ދިގަށްވެސް ދަންމާލެވިދާނެއެވެ. އެއްޖިންސުން ގުޅުން ހިންގުމާއި އަމިއްލަ ޖިސްމު މަދު ފައިސާކޮޅަކަށް ނީލަން ކިޔުން ފަދަ މުޑުދާރު ކަންކަން ދިވެހިންގެ ތެރޭގައި މިވަނީ އާއްމުވެފައެވެ.

ރާއްޖޭގައި ހާއްސަކޮށް ފުރަ މާލޭގައި ހަށިވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރެއްގައި ކުރަމުން އެބަދެއެވެ. އެކަމުގައި ބިދޭސީ އަންހެނުން ގެންގުޅޭ މީހުންވެސް މަދެއް ނޫނެވެ. މަސާޖުޕާލާގެ ނަމުގައި ހުޅުވާ ތަންތަނާއި ސެލޫންތަކުގެ ނަމުގައި ހުޅުވާ ބައެއް ތަންތަނާއި އެކިއެކި ކްލިނިކްތަކުގެ ނަމުގައި ހިންގާ ބައެއްތަންތަނުގެ އެތެރޭގައި އެތިބެނީ ކަސްބީ އަންހެނުންނެވެ. ފައިސާއަށްޓަކައި އެ މީހުންގެ ޖިންސު ވިއްކާލާ މީހުންނެވެ. ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރީގައި އެންމެ ގިނައިން އުޅެނީ ތައިލެންޑާއި އިންޑޮނޭޝިއާގެ މީހުންނެވެ. މަދުން ނަމަވެސް އެހެން ގައުމުތަކުގެ އަންހެނުން ގެނެސް ބޮޑު އަގުގައި އެމީހުން ވިއްކައެވެ.

ހަށިވިއްކުން ރާއްޖޭގައި ފުޅާވެވެފައިވާއިރު ދިވެހި ޒުވާން އަންހެނުން ކުދިންވެސް އެ ވިޔަފާރީގައި އުޅެއެވެ. ލިބޭ ފައިސާއަށް އެމީހުންގެ އިތްފަތްތެެރިކަން ވިއްކާލަނީއެވެ. އެކަން އާއްމުވަމުން އައިސް ބައެއް ޕޭސްބުކް ގްރޫޕްތަކާއި ޓެލެގްރާމް ގްރޫޕްތަކުގައި ފާޅުގައި އެމީހުން އެބަ ނީލަން ކިޔައެވެ. ދިވެހި އަންހެނުންނެވެ. ހާއްސަ އަގުތަކަކާއެކު އެ ހުންނަނީ ފޮޓޯއާއި ގުޅޭނެ ނަންބަރުވެސް ޖަހައިފައެވެ. މި ލެވެލްއަށް ރާއްޖޭގައ މިކަންކަން ފުޅާވެގެން ގޮސްފައިވާއިރުވެސް ނިސްބަތުން އެޅޭ ފިޔަވަޅުތައް މަދެވެ.

ރާއްޖޭގައި ހަށިވިއްކުމުގެ ޓްރެންޑަށް ބަލާއިރު އެކަން އެކި ގޮތްގޮތަށް ކުރެއެވެ. ބައެއް ފަހަރު އެމީހުން ދިިރިއުޅޭ ތަންތަނަށް ދާން ޖެހޭއިރު އަނެއްބައި ފަހަރު ކްލަޔަންޓް ބޭނުންތާކަށް އެމީހުން ގެންދެވެއެވެ. މުޅި ދުވަހުން ފެށިގެން ބައި ގަޑިއިރާ ހަމައަށް ބުކް ކުރެވެން ހުރެއެވެ. މި ކަންކަން މާލޭގައި ފުޅާކޮށް ކުރާއިރު، ބައެއް ރަށްރަށުގައިވެސް މިކަންކަން ފުޅާކޮށް ކުރެއެވެ. ހާއްސަކޮށް މާލެ ސަރަހައްދުގައި ގެސްޓްހައުސް ހިންގާ ރަށްރަށުގައި މިކަން ބޮޑެވެ.

ހަށިވިއްކުމުގެ ވިޔަފާރީގެ ތެރެއިން ޕާޓީ ޑްރަގަށް މޫލައެވެ. ޖިންސީ އެދުންވެރިކަން ފުއްދުމަށްޓަކައި ޕާޓީ ޑްރަގާއި ރަލާއި އެނޫންވެސް މަސްތުތަކުގެ ތެރޭގައި އުޅޭ މީހުންވެސް މަދެއް ނޫނެވެ. ހިތާމައަކީ ދިވެހި އަންހެން ކުދިންވެސް، އަދި ހާއްސަކޮށް ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދައިފައިވާ މީހުންވެސް މިކަމުގައި އުޅޭ ކަމެކެވެ.

ހަށިވިއްކުމުގެ ވިޔަފާރި ރާއްޖޭގައި ހުއްޓުވޭނީ ފުލުހުންނާއި އާއްމުން ގުޅިގެންނެވެ. އެނޫން ގޮތަކަށް މިކަން ހުއްޓުވޭކަށް ނެތެވެ. އެއީ އެކަން ރާއްޖޭގައި ހައްދުފަހަނަ އަޅައިފައިވުމުންނެވެ.

Loading

3 Responses

  1. ލިޔުންތެރިޔާ ފާހަގަ ކުރެއްވި ކަންކަމަކީ، މި ދިވެހި މުޖުތައުގައި އަށަގަންނުވާފައިވާ ކަންކަމެވެ. ޝައްކެއްނެތެވެ! ތިފާހަގަ ކުރެއްވި ކަންކަމުން ޤައުމު މިވަނީ ސަލާމަތް ނުވެވޭނެ ދަރަޖައަށް ވެއްޓިފައެވެ. އެކަންކަމުން ސަލާމަތް ކުރެވޭނޭ ކަމަށް ލިޔުންތެރިޔާ ދެއްވާފައިވާ ޚިޔާލަކީ ރަނގަޅު ޚިޔާލެއްކަމަކަށް އަހުރެންނެއް ނުދެކެމެވެ. ވަރަށް ބޮޑަށް މަޢާފު ކުރެއްވުންއެދެމެވެ. މަސްއަލާ އަކީ ވަރަށް ސީރިއަސް، އަދި އެހައިމެ ނުރައްކާ މަސްއަލައެކެވެ. މިފަދަ ކޮމެންޓެއްގެ ޒަރީޢާއިން ތަފްސީލު ބަޔާން ކޮށްދޭން އުނދަގޫވާނެއެވެ. ނަމަވެސް ދެތިން ސުވާލެއް ދަންނަވައިލާނަމެވެ. ފުރަތަމަ ސުވާލަކީ: މިހާރަކަށް އައިސް ވަރަށް ގިނަ ޤާނޫނުތައް އެބަހެދެއެވެ. ސުވާލަކީ އެ ހެދޭ ޤާނޫނުތަކުގައި ރައްޔިތުންނަށް ލިއްބައިދޭ ހިމާޔަތް އޮތީ ކިހައިވަރަކަށްތޯ؟ ދެވަނަ ސުވާލު: ދަރިންތަރުބިއްޔަތުކޮށް ދަރިން ފުރިހަމަ ގޮތުގައި ބެލެހެއްޓުމުގެ ބާރު މައިންބަފައިންނަށް އެޤާނޫތަކުން ލިބިދީފައިވަނީ، ކިހައިވަރަށްތޯ؟މޮހަނަށް ދޯނި ދިން ބީދައިން ނޫންތޯ؟ ތިންވަނަސުވާލު: ގެވެށި އަނިޔާގެ ޤާނޫނެއްހަދައި އެޤާނު، ތަނަކަށް އުރިފައިވާ އޮޑިއެއް އަރިއަޅާފައި އޮންނަގޮތަށް އެޤާނޫނު ތަންފީޒު ކުރަމުން އެގެންދަނީ ޤައުމުގެ އަންހެން ދަރިންނާމެދު ހެވެއް އޮއެގެންތޯ؟ މުޖުތަމައުއިން ފިރިހެނުންގެ ބާރާއި ދައުރު މަދުވެ، އަންހެނުންގެ ބާރާއި ދައުރު މަތިކުރަމުން ގެންދާތަން ރަނަގަޅަށް ބަލައިފިނަމަ ފެނާނެއެވެ. ބެލެނިވެރިންގެ ބެލުމުގެ ދަށުގައި ތިބެންޖެހޭ ބަޔަކު، އެބެލެނިވެރިކަމުގެ އިމުންބޭރުވުމުން ދެން އެއަށް ގެނެވޭނެ ހައްލެއް ނޯންނާނެއެވެ. އިންސާނީ ޤާނޫނު ނިޔާކުރާގޮތުން ފިރިހެނުންނަކީ އަބަދުވެސް އަންހެނާގެ ފަރިހަރަކާތްތަކާއި، އޭނާގެ ވަހަށް ލެނބޭގޮތަށް ހައްދަވާފައިވާ ބައެކެވެ. ޤާނޫނަކީ އިންސާނާގެ ރައްކާތެރިކަމާއި، ރައްޔިތުންގެ ހިމާޔަތަށް ހަދަންޖެހޭ އެއްޗަކަށް ވީރު ވަކިމަޤުޞަދެއް ޙާޞިލު ކުރުމަށް ޤާނޫނު ހަދަން ވެއްޖިއްޔާ، ސިފައިންނާ ފުލުހުންނާ މުޅިރައްޔިތުން ނިކުމެ މަސައްކަތް ކުރިކަމުގައިވިޔަސްވެސް އެކަމެއް ޙައްލެއް ނުކުރެވޭނެ، ފޫނެތް ފަޔަކުން ހިއްކޭނެ ދިޔައެއް ނެތެވެ. ޝުކުރިއްޔާ!

  2. އަލިފް ހާ ގެ ވިސްނުން ހުރިގޮތް ވަރަށް ރަނގަޅެވެ. ދާދި މިދާކަށް ދުވަހު ބައިނަލް އަގްވާމީ މީޑިއާގައި ސައޫދީގެ ހައި ސްޕީޑް ރޭލުގެވަޒީފާއަށް ޑްރައިވަރުންނަށް އަންހެން ކަނބަލުން ކުރިމަތިލައިގެން ހޮވުމުން އައްސެރިބަހާ ސާބަސް ކިޔާފައި އޮތެވެ. ވަރަށް ކުލަ ގަދަކޮށެވެ. އެކަމަކު އެ ކަނބަލުން ގެ އާއި ދަރިން ދޫކޮށް ވަޒީފާއަށް ނިކުތީމާ ދެން އުފެދޭ އިޖްތިމާއީ ވެށީގެ ކުލަ ފަވާފައި އޮތީ ވަރަށް ފަނޑު ކުލައަކުންނެވެ. ހުޅަނގުގެ މީޑިއާގެ މަސައްކަތަށް ވެފާ މިއޮތީ އިސްލާމީ އުންމަތުގެ ތެރެއަށް އެމީހުންގެ ކުކުޅު ހާލުގެ އާއިލާގެ ވިސްނުން ތަޢާރުފް ކުރަން ކަމަށް ބައެއް ކޮމެންޓުތަކުގައި ހުއްޓެވެ. ހާގީގަތަކީ އެއީ އެވެ. އަޅުގަނޑުމެންގެ ބޮޑުންގެ ވިސްނުމަކީ ވެސް ހަމައެއީ އެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް