އިޒްރޭލުން ރާއްޖެއަށް ދަތުރުތައް ބޭއްވުމަކީ ކުރެވޭނެ ކަމެއް ނޫން: ސަރުކާރު

ރާއްޖެއާއި އިޒްރޭލާ ދެމެދު ދަތުރުތައް ކުރުމުގެ ވިސްނުމެއް ނެތްކަމަށް ސަރުކާރުން ބުނެފިއެވެ. އިޒްރޭލުގެ ”އެލް އަލް އިސްރާއީލް އެއާލައިން“ އިން ރާއްޖެއަށް ސީދާ ދަތުރުތައް ކުރަން ވިސްނަމުންދާކަމަށް އެ އެއާލައިންގެ ޗީފް އެގްޒެކެޓިވް ވަނީ ރޮއިޓާސްއަށް މިދިޔަ ހަފްތާގައި ދެއްވި އިންޓަވިޔުއެއްގައި ވިދާޅުވެފައެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، އިޒްރޭލާއި ރާއްޖެއާއި ދެމެދު ދަތުރުކުރުމާއި ގުޅޭ އެއްވެސް ވާހަކައެއް ދެކެވިފައި ނުވާކަމަށާއި އެފަދަ ހުށަހެޅުމެއް އެގައުމުގެ […]
ޕީޕީއެމްގެ އިސް ބޭފުޅުންގެ ވަފުދެއްް ގުރައިދޫ ދާއިރާއަށް

ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އަވަހާރަވުމުން ބައި އިލެކްޝަނަށް ހުޅުވާލާފައިވާ ގުރައިދޫ ދާއިރާއަށް ޕީޕީއެމްގެ އިސް ބޭފުޅުންގެ ޓީމެއް ވަޑައިގެންފި އެވެ. ގުރައިދޫ ދާއިރާއަކީ އަބަދުވެސް ޕީޕީއެމްގެ ތާއީދު ބޮޑު ދާއީރާއެކެވެ. ގުރައިދު ދާއިރާއަށް ވަޑައިގަތް ޕީޕީއެމް/ޕީއެންސީގެ ޓީމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އެ ޕާޓީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފުގެ އިތުރުން އިސްކޮށް ހަރަކާތްތެރިވާ ބައެއް ބޭފުޅުން ހިމެނެެއެވެ. ޕީޕީއެމްގެމެމްބަރު ރިޒާ އަވާހަރަވީ، މެލޭޝިޔާގައި […]
މޭކަޕްކޮށްގެން ހުރެ ކުރާ ވުޟޫ ސައްހަވާނެތަ؟

ވުލޫ ކުރާއިރު، ފެން ޖައްސަން ޖެހޭ ހުރިހާ ގުނަވަނެއްގައި ފެން ޖެއްސުމަކީ ވުލޫ ސައްހަވުމަށްޓަކައި ޝަތުރުވެގެންވާ ކަމެކެވެ. އަދި އެ ގުނަވަންތަކުގައި ފެން ޖެހުން މަނާ ތަކެތި ފޮހެލަން ޖެހެއެވެ. އެގޮތުން،ނިޔަފަތި ޕޮލިޝްކުރާ އެއްޗެއްސާއި ވެކްސްއާއި މޫނުގައި ޖަހާ ފުށާއި މޭކަޕާއިި ފައުންޑޭޝަން ފަދަ ތަކެތިވެސް ދުއްވާލަން ޖެހެއެވެ. އެއީ ގުނަވަންތަކުގައި ރަނގަޅަށް ފެން ޖެއްސުމުގެ ގޮތުންނެވެ. ވުލޫކުރާއިރު ދޮންނަން ޖެހޭ ގުނަވަންތަކުގައި ތެރެއިން ގުނަވަނެއްގައި، ހަންގަނޑަށް ފެން ވާސިލުވުން މަނާކުރާ އެއްވެސް އެއްޗެއް ހާކައިފައިވާނަމަ، އެ […]
މެލޭޝިއާގައި ފެންބޮޑުވެ 41,000 އަށްވުރެ ގިނަ މީހުން ގެދޮރާ ދުރަށް

ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން މެލޭޝިއާގެ ދެކުނުގެ ޖޮހޯރު ސްޓޭޓުގައި ގާތްގަނޑަކަށް 41،000 މީހުން ގެދޮރު ދޫކޮށް ދާންޖެހިފައިވާއިރު ފާއިތުވި ހަފުތާގެ ތެރޭގައި މަދުވެގެން ހަތަރު މީހަކު މަރުވެފައިވާ ކަމަށް އޮފިޝަލުން މިއަދު ވިދާޅުވެއްޖެއެވެ. ”ކުރިން އަބަދުވެސް ނޮވެމްބަރު އަދި ޑިސެމްބަރު މަހު ވާރޭ ވެހޭ މޫސުމަށް ތައްޔާރުވަމުން ދިޔައީ،“ ޖޮހޯރުގެ ބާޓޫ ޕަހަތު ޑިސްޓްރިކްޓްގެ ޔޮންގް ޕެންގް ޓައުންގެ އުމުރުން 57 އަހަރުގެ މުހައްމަދު ނޫރު ސާދު ރޮއިޓާސް އަށް ބުންޏެވެ. މެލޭޝިއާގެ އޮތޯރިޓީތަކުން […]
ސްޓެމް ފެއާގެ އެއްވަނަ އިސްކަންދަރަށް

ސްޓެމްގެ މާއްދާތަކަށް ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދިޔަ ސްޓެމް ފެއާގެ އެންމެ މޮޅު ސްކޫލުގެ މަގާމު އިސްކަންދަރު ސްކޫލުން ހޯދައިފި އެވެ. ހަތް ސްކޫލަކުން ބައިވެރިވި އެ ފެއާގެ އެއް ވަނަ އިސްކަންދަރުން ހޯދައިފައިވަނީ ފެއާއަށް ކަނޑައެޅި ތިން އުމުރުފުރާ (ހަގު އުމުރުފުރާ، މެދު އުމުރުފުރާ އަދި ދޮށީ އުމުރުފުރާ) އިންވެސް ގިނަ ވަނަތަކެއް ހާސިލުކޮށްގެންނެވެ. އެންމެ ހަގު އުމުރުފުރާއިންނާއި އެންމެ ދޮށީ އުމުރުފުރާއިން އެއް ވަނަ އެ ސްކޫލުން ހޯދިއިރު، […]
ބިދޭސީންގެ މެދުގައި ހިންގި މާރާމާރީއެއްގައި ފަސް މީހަކަށް އަނިޔާވެއްޖެ، 11 މީހަކު ހައްޔަރަށް

މާލޭ ޓީޖެޓީ ސަރަހައްދުގައި މިއަދު ހަވީރު ބިދޭސީންތަކެއްގެ މެދުގައި ހިންގި ގްރޫޕު މާރާމާރީއެއްގައި ފަސް މީހަކަށް އަނިޔާވެއްޖެ އެވެ. ފުލުހުން މިރޭ ބުނީ ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު މިއަދު ހަވީރު 16:50 ލިބިފައިވާ ކަމަށެވެ. އެ މާރާމާރީގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާވެގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި އެ މާރާމާރީއާ ގުޅިގެން 11 ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ބުންޏެވެ. އެ މާރާމާރީގައި ބިދޭސީން ވަނީ ލަކުޑިބުރި ފަދަތަކެތި ބޭނުންކޮށްފައެވެ. ފުލުހުން އަންނަނީ […]
ނަޑެއްލާގައި އުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެ

ގދ. ނަޑެއްލާގައި އެކަނި މަސް ހިފަން މޫދަށް ދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. އެމީހާ މަރުވެފައި އޮއްވައި ފެނުނީ މިއަދު މެންދުރުފަހު 3:00 ހާއިރުއެވެ. ”ސަންދާނަށް“ އެނގިފައިވާ ގޮތުގައި އެމީހާ މަރުވެފައި އޮއްވާ ފެނިފައިވަނީ މަސް ހިފަން ދިއުމަށްފަހު އެނބުރި ނައިސްގެން އޭނާ ހޯދުމަށް ދިޔަ އޭނާގެ ދަރީންނަށެވެ. އެމީހާގެ ހަށިގަނޑު މިވަގުތު އޮތީ އެރަށު ސިއްހީ މަރުކަޒުގައެވެ.
އަދުރޭގެ އިންޒާރު ސަރުކާރަށް: ނަމަނަމަ ރައީސް ޔާމީނާ ކުޅެން ނުހަދާތި، އެއީ ގައުމުގެ މިނިވަންކަމާ ކުޅުން!

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ކުޅުމަކީ، ރާއްޖޭގެ މިނިވަންކަމާ ކުޅުންކަމަށް ވިދާޅުވެ، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ސަރުކާރަށް ހޫނު ބަހުގެ ހަމަލާއެއް އަމާޒުކުރައްވައިފިއެވެ. އިދިކޮޅު ކޯލިޝަނުން ބޭއްވި ”ހޯޕް ކޮންފަރެންސް“ ނިންމުމަށް އާޓިފިޝަލް ބީޗްގައި މިރޭ ބޭއްވި، ”ދުއްޕާން“ ޖަލްސާގައި އަދުރޭ ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވަނީ ހަރާން ހުކުމެއް ކަމަށާއި އެމަނިކުފާނުގެ ނަންފުޅު ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި […]
ޕްރޮގްރެސިވް ކޯލިޝަނުން އާޓިފިޝަލް ބީޗު ފުރާލައިފި، އަހުދުވީ ރައީސް ޔާމީން މިނިވަންކޮށް ވެރިކަމަށް ގެނައުމަށް

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކޮށް ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް ”ހޯޕް ކޮންފަރެންސް“ ގެ މަންދޫބުން އަހުދުވެއްޖެ އެވެ. ”ހޯޕް ކޮންފަރެންސް“ ގެ މަންދޫބުން މި އަހުދުވީ މީގެ ތިން ދުވަސް ކުރީން ފެށި ކޮންފަރެންސް ނިންމުމުގެ ގޮތުން މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ”ދުއްޕާން“ ޖަލްސާގައެވެ. މި ޖަލްސާގައި އަހްދު އިއްވައިދިނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ އަމީން އާންމު އަހުމަދު މުހައްމަދެވެ. މަންދޫބުން ވީ […]
ސިޙްރު ޖެހިފައިވޭތޯ އަމިއްލައަށް ބަލާލެވޭނެ ގޮތް މިއޮތީ!

ސިހުރަކީ، ޢަރަބި ބަހުންނަމަ ސިޙްރު އެވެ. އަސްލުގައި މިލަފުޒު ބޭނުން ކުރަމުން އައިސްފައިވަނީ، މީހަކު ވަކި ކަހަލަ ބާރުތަކެއްގެ ބޭނުން ކޮށްގެން، އަނެކެއްގެ ހަށިގަނޑަށް ނުވަތަ ބުއްދިއަށް ގެއްލުމެއް ދިނުމަށެވެ. ބުނެވޭގޮތުގައި ސިހުރު ހަދާމީހާ އެކުރާ ކަމެއްގެ ސަބަބުން، މީހަކު ބަލިވެދާނެ އެވެ. ނުވަތަ މަރުވެދާނެ އެވެ. ނުވަތަ މޮޔަވެދާނެ އެވެ. މިކަމަށް އިނގިރޭސި ބަހުން ”ވިޗްކްރާފްޓް“ ނުވަތަ ”ސޯސަރީ“ ނުވަތަ ”ބްލެކް މެޖިކް“ ކިޔައި އުޅެއެވެ.މީހަކަށް ސިހުރުވެރިއަކަށް ވެވޭނީ އެމީހެއްގެ އީމާންތެރިކަން ވިއްކާލައި ޖިންނީންނާ ދޯޅުވުމަށްޓަކައި […]