އަދުރޭގެ އިންޒާރު ސަރުކާރަށް: ނަމަނަމަ ރައީސް ޔާމީނާ ކުޅެން ނުހަދާތި، އެއީ ގައުމުގެ މިނިވަންކަމާ ކުޅުން!

Loading

Facebook
Twitter
WhatsApp

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ކުޅުމަކީ، ރާއްޖޭގެ މިނިވަންކަމާ ކުޅުންކަމަށް ވިދާޅުވެ، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ސަރުކާރަށް ހޫނު ބަހުގެ ހަމަލާއެއް އަމާޒުކުރައްވައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ”ހޯޕް ކޮންފަރެންސް“ ނިންމުމަށް އާޓިފިޝަލް ބީޗްގައި މިރޭ ބޭއްވި، ”ދުއްޕާން“ ޖަލްސާގައި އަދުރޭ ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވަނީ ހަރާން ހުކުމެއް ކަމަށާއި އެމަނިކުފާނުގެ ނަންފުޅު ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އޮންނާނެ ކަމަށެވެ.

އަދުރޭ ވިދާޅުވީ، މި ސަރުކާރުން މުޅި ގައުމު ”ދޮވެލައިފި“ ކަމަށެވެ. އަދި ފަނޑިޔާރުގެ ހިސޯރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް އަނިޔާ ކުރާތަން ބަލަން ރައްޔިތުން އަބަދަކު ނުތިބޭނެ ކަމަށެވެ

”ނަމަނަމަ ރައީސް ޔާމީން އާ ކުޅެން ނަހަދާތި، ރައީސް ޔާމީން އާ ކުޅުމަކީ މިގައުމުގެ މިނިވަންކަމާ ކުޅުން، ރައީސް ޔާމީން އާ ކުޅުމަކީ އަޅުގަނޑުމެންގެ ދިވެހި ރައްޔިތުންގެ ލެއާ ކުޅުން، ރައީސް ޔާމީން އާ ކުޅުމަކީ މިގައުމުގެ މާދަމާގެ މިނިވަންކަމާ ކުޅުން، ރައީސް ޔާމީން އާ ކުޅުމަކީ މިގައުމުގެ މާތް ވެގެންވާ އިސްލާމީ ވަންތަކަމާ ކުޅުން، މިކަން ކަން ކުރާއިރު އަޅުގަނޑުމެން މަޑު މަޑުން ނުތިބޭނަން“ އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ، ދައްކަން އުޅެނީ ޕީޕީއެމްގެ ލީޑާޝިޕްގެ އަސްލު އެކަންޏެއް ނޫންކަމަށާއި މުޅި ޕީޕީއެމްގެ އަސްލު މި ސަރުކާރަށް ދައްކާނެކަމަށެވެ. އަދި އަސްލު ދައްކާ ނިމޭއިރު ހޯމް މިނިސްޓަރު އިމްރާން ހުންނަވާނީ ޖަލުގެ ކުޑަ ގޮޅީގައި ކަމަށްވެސް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް