އިޒްރޭލުން ރާއްޖެއަށް ދަތުރުތައް ބޭއްވުމަކީ ކުރެވޭނެ ކަމެއް ނޫން: ސަރުކާރު

Loading

Facebook
Twitter
WhatsApp

ރާއްޖެއާއި އިޒްރޭލާ ދެމެދު ދަތުރުތައް ކުރުމުގެ ވިސްނުމެއް ނެތްކަމަށް ސަރުކާރުން ބުނެފިއެވެ.

އިޒްރޭލުގެ ”އެލް އަލް އިސްރާއީލް އެއާލައިން“ އިން ރާއްޖެއަށް ސީދާ ދަތުރުތައް ކުރަން ވިސްނަމުންދާކަމަށް އެ އެއާލައިންގެ ޗީފް އެގްޒެކެޓިވް ވަނީ ރޮއިޓާސްއަށް މިދިޔަ ހަފްތާގައި ދެއްވި އިންޓަވިޔުއެއްގައި ވިދާޅުވެފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، އިޒްރޭލާއި ރާއްޖެއާއި ދެމެދު ދަތުރުކުރުމާއި ގުޅޭ އެއްވެސް ވާހަކައެއް ދެކެވިފައި ނުވާކަމަށާއި އެފަދަ ހުށަހެޅުމެއް އެގައުމުގެ ފަރާތުން ލިބިފައިވެސް ނުވާ ކަމަށެވެ.

”ރާއްޖެއާ އިޒްރޭލާ ދެމެދު ވިޔަފާރީގެ ގުޅުމެއް މިހާރު ނޯންނާނެ. އެހެންވީމާ އެފަދަ އެއްބަސްވުމަކަށް ނުވަތަ އެފަދަ ދަތުރުތަކެއް ކުރެވޭނެ އިންތިޒާމުތަކެއް ހަމައެއް ނުޖެހޭނެ“ މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ، އިޒްރޭލާއި ރާއްޖެއާ ދެމެދު އެއާ ސާވިސް އެގްރީމެންޓެއްވެސް ނޯންނާނެ ކަމަށާއި އެހެންކަމުން އިޒްރޭލުން ރާއްޖެއަށް ދަތުރުތައް ބޭއްވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ އެއްވެސް ވިސްނުމެއް ދިވެހި ސަރުކާރުގެ ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އިޒްރޭލަކީ ފަލަސްތީނުގެ މުސްލިމުންނަށް އެތަކެއް ލާއިންސާނީ އަނިޔާތަކެއް ދެމުންތެންދާ ގައުމެެވެ. އެ ގައުމުން ދީފައިވާ ލާއިންސާނީ އަނިޔާތަކުގެ ސަބަބުން އެތައް މުސްލިމުންނެއް ޝަހީދުވެފައިވެސްވެއެވެ. ފަލަސްތީނުން މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ރާއްޖެއިން ވަނީ 1974 ވަނަ އަހަރުން ފެށިގެން އިޒްރޭލާ ގުޅުން ކަނޑާލައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް