ސިޙްރު ޖެހިފައިވޭތޯ އަމިއްލައަށް ބަލާލެވޭނެ ގޮތް މިއޮތީ!

Loading

Facebook
Twitter
WhatsApp

ސިހުރަކީ، ޢަރަބި ބަހުންނަމަ ސިޙްރު އެވެ. އަސްލުގައި މިލަފުޒު ބޭނުން ކުރަމުން އައިސްފައިވަނީ، މީހަކު ވަކި ކަހަލަ ބާރުތަކެއްގެ ބޭނުން ކޮށްގެން، އަނެކެއްގެ ހަށިގަނޑަށް ނުވަތަ ބުއްދިއަށް ގެއްލުމެއް ދިނުމަށެވެ. ބުނެވޭގޮތުގައި ސިހުރު ހަދާމީހާ އެކުރާ ކަމެއްގެ ސަބަބުން، މީހަކު ބަލިވެދާނެ އެވެ. ނުވަތަ މަރުވެދާނެ އެވެ. ނުވަތަ މޮޔަވެދާނެ އެވެ. މިކަމަށް އިނގިރޭސި ބަހުން ”ވިޗްކްރާފްޓް“ ނުވަތަ ”ސޯސަރީ“ ނުވަތަ ”ބްލެކް މެޖިކް“ ކިޔައި އުޅެއެވެ.
މީހަކަށް ސިހުރުވެރިއަކަށް ވެވޭނީ އެމީހެއްގެ އީމާންތެރިކަން ވިއްކާލައި ޖިންނީންނާ ދޯޅުވުމަށްޓަކައި މާތް ރަސްކަލާނގެ ނަހީކުރައްވާފައިވާ އަމަލުތައްކޮށްގެންނެވެ، ސިހުރު އުނގެނުމާއި ސިހުރު ދަސްކުރުމަކީ ވެސް ހަރާމް ކަމެކެވެ.

ސިހުރު ހެދުން ރާއްޖޭގައިވެސް އާއްމުވެފައިވާއިރު، ސިހުރު ޖެހިފައިވޭތޯ އަމިއްލައަށް ބަލާލުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ. އެގޮތުން ސިޙުރު ޖެހިފައި ހުރިތޯ އަމިއްލައަށް ބެލުމަށް އަންނަނިވި ވީޑިއޯ ހަތް ފަހަރު ތަކުރާރުކޮށް އަޑުއަހާށެވެ. ސިޙުރު ޖެހިފައި ހުރިނަމަ އަންނަނިވި ޢަލާމާތްތަކުގެ ތެރެއިން ކޮމްވެސް ޢަލާމާތްތަކެއް ފެންނާނެއެވެ.

1- ބޮލުގައި ރިހުން ނުވަތަ ބޮލަށް ބަރުވެ ފިތޭގޮތަށް އިޙުސާސްވުން

2- ހަށިގަނޑުތެރޭގައި އެއްޗެއް ދުވާހެން އިޙްސާސްވުން

3- ހަށިގަނޑުގެ އެކި ތަންތަނަށް ތަދުވުން.

4- ހޮޑުލަވާގޮތްވުން ނުވަތަ ހޮޑުލެވުން

5- ބަނޑަށް އުނދަގޫވުން/ ބަނޑު ފުއްޕުން ނުވަތަ ބަނޑުތެރޭގައި އެއްޗެއް ދުވާހެން ހީވުން

6- ގައިގެ ކޮންމެވެސް ހިސާބަކުން ދިލަނެގުން

އަޑުއަހަމުން ދާއިރު މިއިން އެއްވެސް ޢަލާމާތެއް ކުރިމަތި ވެއްޖެނަމަ ސިޙުރު ޖެހިފައިކަން ޔަޤީން ވީއެވެ.

މަސްދަރު: މައިތިރި

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް