ޕްރައިމަރީގެ ވޯޓާ ދިމާކޮށް ފޭދޫން ގޯތި ދޫކުރަން ކުރި އިއުލާނު ކެންސަލްކޮށްފި

Loading

Facebook
Twitter
WhatsApp

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް، އިއުލާން ކުރި އައްޑޫ ސިޓީ ފޭދޫން ގޯތި ދޫކުރުމަށް ކުރި އިއުލާން ކެންސަލްކޮށް، ގޯއްޗަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ބަންދުކޮށްފިއެވެ.

ފޭދޫ އަވަށު އޮފީހުން މިއަދު ބުނީ، ގޯތި ދޫކުރުމަށް ފޯމް ހުށަހެޅުން މިހާރު ބަންދު ކޮށްފައިވާ ކަމަށާއި ފޯމް ހުށަހެޅުމުގެ ފުރުސަތު ބަންދުކުރީ ފޯމްގައި މައްސަލައެއް އޮތުމުން ފޯމް އިސްލާހް ކުރުމަށް ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވަނީ ފޭދޫން 300 ގޯތި ދޫކުރަން އިއުލާނުކޮށްފައެވެ. އޭގެތެރެއިން 270 ގޯތި ދޫކުރަނީ ފޭދޫ ރައްޔިތުންނަށެވެ. އަދި 30 ގޯތި ދޫކުރަނީ ފޭދޫ ފިޔަވައި އައްޑޫގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށެވެ.

ފޭދޫގެ އިތުރުން ހިތަދޫން 500 ގޯތި އަދި ހުޅުދުއިން 100 ގޯއްޗާއި މީދުއިން 100 ގޯތި ދޫކުރަންވެސް އިއުލާނުކުރިިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް