މިންނަގަން ގޮސް، އަންހެން ކުއްޖެއްގެ އުރަމަތީގައި ބިދޭސީއަކު ހިފިކަމަށްބުނާ މައްސަލަ ސާބިތެއް ނުވި

Loading

Facebook
Twitter
WhatsApp

ހެދުމެއް ފަތިޖަހަން ކުއްޖާގެ މިންނަގަން ޖެހޭކަމަށް ބުނެ ކުއްޖަކާ ބެހުނު ބިދޭސީއެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިއީ، ބަންގްލަދޭޝް މީހަކު 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ދުވަހެއްގެ މެންދުރު ފަހު، ގެއަކަށް ގޮސް ކުޑަ އަންހެން ކުއްޖެއްގެ ހެދުމެއްގެ ފަތި ޖަހަން، އެ ކުއްޖާގެ މިން ނަގަން ޖެހޭ ކަމަށް ބުނެ އެ ކުއްޖާގެ އުރަމަތީގައި ހިފައި ކުއްޖާ ހިފެހެއްޓުމަށްފަހު އުރަމައްޗަށް ފިއްތިކަމަށް ބުނާ މައްސަލައެކެވެ.

ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއް ކަމުގައިވާތީ މި މައްސަލައިގެ ރިޕޯޓް ކްރިމިނަލް ކޯޓުން އާއްމު ނުކުރެއެވެ.

ދައުލަތުން މި މައްސަލައިގައި ދައުވާކޮށްފައިވަނީ، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުދުގައި އަތްލާފައިވާތީކަމަށް ބުނެ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.

މި މައްސަލަ ނިންމާފައިވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށުގެ ދައުވާއަށް އެ ބަންގްލަދޭޝް މީހާ ޝަރީއަތުގެ މަޖިލީހުގައި އިންކާރުކުރުމާ ގުޅިގެން، ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކި ގަރީނާއިން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށް އެމީހާގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.

މި މައްސަލައިގައި ނިޔާ ކަނޑައެޅީ ގާޒީ ހުސައިން ފާއިޒް ރަޝާދުއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް