އިންޑިއާގެ އިންޓެލިޖެންސްގެ ކުރީގެ އޮފިސަރަކު ޒުވާން އަންހެން ކުއްޖަކަށް ޖިންސީ އަނިޔާ ކޮށްފި

އިންޑިއާގެ ތަހުގީގީ އެޖެންސީ، އިންޓެލިޖެންސް ބިއުރޯގައި ކުރީން މަސައްކަތް ކުރި އޮފިސަރަކު އުމުރުން އެންމެ 17 އަހަރުވީ އަންހެން ކުއްޖަކަށް ވަޒީފާ ހޯދައިދޭނޭކަމުގެ ކުލަ ހުވަފެން ދައްކައިގެން އެ ކުއްޖާއަށް ޖިންސީ ގޮތުން އަނިޔާތަކެއް ކޮށްފިއެވެ. އިންޑިއާގެ ނިއުސް އެޖެންސީއަކުން ޚަބަރުދިން ގޮތުގައި އުމުރުން 60 އަހަރުގެ އެ ފިރިހެން މީހާ އަންހެންކުއްޖާއަށް ޖިންސީ ގޮތުން އަނިޔާކޮށްފައި ވަނީ އަންހެން ކުއްޖާއަށް އޮޅުވާލައިގެން އޭނާ އެކަހެރި ތަނަކަށް ގެންގޮސްގެންނެވެ. ވެރިރަށް ނިއުދިއްލީގެ ފުލުހުން ހާމަކުރިގޮތުގައި އަންހެން ކުއްޖާއަށް […]
ކުޅިބެލުންތެރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި 17 މީހުން މަރުވެއްޖެ

މެކްސިކޯގައި ފުޓުބޯޅަ މެޗެއް ކުޅެމުންދަނިކޮށް ކުޅިބެލުންތެރިންގެ މެދުގައި ހިނގި ހަމަނުޖެހުމާއި ތަޅާފޮޅުމުގައި 17 މީހުން މަރުވެ 26 މީހުން ޒަޚަމް ވެއްޖެއެވެ. ހަމަނުޖެހުމާއި ތަޅައިފޮޅުން ދަނޑު ބޭރުގައި ހިންގަން ފެށީ މެކްސިކޯގެ އެޓްލަސް އާއި ކުއެރެޓާރޯސް ބައްދަލު ކުރި މެޗުގެ 63 ވަނަ މިނިޓުގައެވެ. ހަމަނުޖެހުންތައް ފެށުމުން ސްޓޭޑިއަމްގެ ދޮރުތައް ހުޅުވައި ބެލުންތެރިންނަށް ބޭރަށް ނިކުމެވޭނޭ މަގު ސަލާމަތީ ފުލުހުން ތަނަވަސްކޮށްދިނެވެ. ނަމަވެސް ބައެއް ހަރުކަށި ޒުވާނުން ބޭރަށް ނުނިކުމެ ހަމަނުޖެހުންތައް ހިންގަމުންދިޔައެވެ. އެކަމުގެ ސަބަބުން މެޗުގެ […]
ދުނިޔޭގައި އުފެދުނު އެންމެ މޮޅު ލެގް ސްޕިނަރ ޝޭން ވޯން މަރުވެއްޖެ

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ލެގް ސްޕިނަރ ޝޭން ވޯން މަރުވެއްޖެއެވެ. އޮސްޓްރޭލިއާގެ ރައްޔިތެއްކަމުގައިވާ ޝޭން ވޯން މަރުވެފައި ވަނީ ތައިލެންޑްގެ ސާމްވީގައި ހުރި ގެއެއްގައެވެ. އޭނާ މަރުވީ ހިތް ހުއްޓިގެންނެވެ. ޚަބަރު ލިބިފައިވާގޮތުގައި ހިތުގެ މައްސަލައެއް ކުއްލިއަކަށް ދިމާވުމުން ސިއްހީ ޚިދުމަތްތެރިންގެ ޓީމަކުން އޭނާއަށް ފަރުވާދީ ސަލާމަތްކުރަން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާ ސަލާމަތް ކުރެވޭގޮތެއް ނުވިއެވެ. މިއަދު ހެނދުނު އޮސްޓްރޭލިއާގެ ކުރީގެ ކުޅުންތެރިއެއްކަމުގައިވާ މަޝްހޫރު ވިކެޓް ކީޕަރ ރޮޑް މާޝް ވެސް ވަނީ […]
އަޖޭގެ ފިލްމު ”މައިދާން“ އާއި އަކްޝޭގެ ”ޕްރިތީވް ރާޖް“ ވެސް ދައްކަން ފަށާނީ އެއްދުވަހެއްގައި

އަޖޭ ދޭވްގަންގެ ފިލްމު ”މައިދާން“ އާއި އަކްޝޭކުމާރުކުޅެފައިވާ ”ޕްރިތިވް ރާޖް“ ވެސް އެއްދުވަހެއްގައި އަޅުވާގޮތަށް ހަމަޖައްސައިފިއެވެ. ދެ ފިލްމު ވެސް ސިނަމާތަކުގައި ދައްކަން ފަށާނީ ޖޫން މަހުގެ ތިން ވަނަ ދުވަހުގައެވެ. އަކްޝޭގެ ފިލްމު ކުރިން އަޅުވަން އޮތީ 10 ޖޫންގައި ކަމަށް ވިޔަސް ފިލްމު އުފެއްދުމުގައި އިސްކޮށް އުޅު ފަރާތްތަކުން ފިލްމު ދައްކަން ފަށާ ތާރީޚު ބަދަލު ކުރީއެވެ. އަކްޝޭގެ ފިލްމުގައި އޭނާގެ އިތުރަށް މަނޯޝީ ޗިއްލަ އާއި ސަންޖޭ ދަތު އާއި ސޯނޫ ސޫދު […]
ޔޫކްރޭން-ރަޝިޔާ ހަނގުރާމައިގައި އިންޑިއާގެ ދަރިވަރަކު މަރުވެއްޖެ

ރަޝިޔާއިން ޔޫކްރޭން ހިފުމަށް ކުރަމުންދާ ހަނގުރާމައިގައި ޔޫކްރޭންގެ ޚަރުކިފްގައި އިންޑިއާގެ ދަރިވަރަކު މަރުވެއްޖެއެވެ. ޚަބަރުލިބިފައިވާ ގޮތުގައި ބަޑީގެ ޝިކާރައަކަށް ވެގެން މަރުވެފައި ވަނީ އިންޑިއާގެ ކަރުނާޓަކާ ސްޓޭޓްގެ ދަރިވަރެކެވެ. ނަވީން ޝޭކަރައްޕާއެވެ. އެއީ ޑޮކްޓަރކަން ކިޔަވަމުންދާ ދަރިވަރެކެވެ. އޭނާ މަރުވި ޚަބަރު ލިބިވަޑައިގަތުމުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ ނަވީން ގެ ބައްޕައާ ފޯނުން ގުޅުއްވައި އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. އިންޑިއާގެ ދަރިވަރަކު މަރުވުމުގެ ކުރިން ވެސް ޔޫކްރޭންގައި ހުންނަ އިންޑިއަން އެމްބަސީން ފޯނަށް […]
އެކްސިޑެންޓެއްގައި ދުނިޔެ ދޫކުރި ޒުވާން އީމާންގެ މަރުން އިބުރަތްތެރި ފިލާވަޅުތަކެއް ނަގަން ޖެހޭ

މިދިޔަ އާދީއްތަ ދުވަހުގެ ހަވީރު ހުޅުމާލޭގައި ހިންގި އެކްސިޑެންޓެއްގައި ދުނިޔެ ދޫކުރި ޒުވާން އާމިނަތު އީމާން 29އ ގެ މަރުން ދިވެހިން ވަރުގަދަ ފިލާވަޅުތަކެއް ނަގަން އެބަޖެހެއެވެ. އޭނާއަކީ އުޖާލާ ކުރިމަގެއް އޮތް ޒުވާނެކެވެ. ކުޑަކުޑަ ދެކުދީންގެ މަންމައެކެވެ. އޭނާ އާޚިރަތަށް ދަތުރުކުރިއިރު އޭނާއަކީ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ޚިދުމަތްތެރި އަދި ހިންގުންތެރި މެންބަރެކެވެ. އީމާން އެކްސިޑެންޓުވީ، ސްޕީޑް މަޑުކުރަން ހަދާފައި ހުންނަ ބަމްޕަރެއްގެ މަތިން ސައިކަލު ކަހާލައި ކޮންޓްރޯލް ނެއްޓުމުގެ ސަބަބުން […]
އާލިޔާ ބަޓްގެ ފިލްމު ”ގަންގޫ ބާއީ ކާޓްޔާވާޅީ“ އަށް ތައުރީފު އޮހެނީ

ހުކުރު ދުވަހު ދައްކަންފެށި ޢާލިޔާ ބަޓްގެ އެންމެ ފަހު ފިލްމު ”ގަންގޫ ބާއީ ކާޓްޔާވާޅީ“ އަށް ފުރަތަމަ ދުވަހު ވެސް ރެކޯޑެއް ލިބިއްޖެއެވެ. ފުރަތަމަ ދުވަހު އެކަނި ދައްކައިގެން ވެސް އެފިލްމަށް ވަނީ 10 މިލިއަނަށްވުރެ ގިނަ ރުޕީސް ލިބިފައެވެ. ހަމަ އެއާއެކު އެ ފިލްމުގައި ޢާލިޔާ ބަޓް އަދާކޮށްފައިވާ މުހިއްމު ބަޔަށް ބެލުންތެރިންނާއި ތަޖުރިބާކާރުންނާއި ފިލްމީ ތަރިން ދަނީ މެދުކެނޑުމެއްނެތި ތައުރީފު ކުރަމުންނެވެ. މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ އަދި ޑިރެކްޓަރ ސަންޖޭ ލީލާ ބަންސާލީ އުފެއްދި […]
”އަޅުގަނޑުމެން މާސްކު އެޅުން އެބަ ހުއްޓާލަން ޖެހޭ“

”އަޅުގަނޑުމެން މާސްކު އެޅުން އެބަ ހުއްޓާލަން ޖެހޭ“ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ. ނައިފަރުދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މަޖިލީހަށް ހުށަހެޅުއްވި ގަރާރާ ގުޅޭ ގޮތުން މިއަދު ހެނދުނު ވާހަކަފުޅުދައްކަވަމުން ޢާޒިމް ވިދާޅުވީ ތައުލީމަށް މިވަގުތު އެޅޭ އެންމެ ބޮޑު ހުރަހަކީ ކޮވިޑުގެ ހުރަސް ކަމަށާއި އެހުރަހުން އަޅުގަނޑުމެން އަރައިގަންނަން އެބަ ޖެހޭކަމަށެވެ. ”ކޮވިޑްގެ ކުއްލި ހާލަތު ރާއްޖޭގައި އިއުލާނު ކުރިތާ މިހާރު ދެ އަހަރު ވަނީ. އަނެއްހެން […]
އެއް ހަށިގަނޑަކުން ގުޅިފައިވާ އެއްމާބަނޑު ދެބެއިންނަށް ވަކިވަކިން ވޯޓު ލުމުގެ ހައްގު ލިބިއްޖެ

އެއް ހަށިގަނޑަކުން ގުޅިފައިވާ އެއްމާބަނޑު ދެބެއިންނަށް ވަކިވަކިން ވޯޓު ދިނުމުގެ ހައްގު އިންޑިއާގެ އިލެކްޝަން ކޮމިޝަނުން ދީފިއެވެ. އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ޕަންޖާބު ސަހަރުގެ ވެރިރަށް އަމްރިތުސަރަށް އުފަން އެއްހަށިގަނޑެއްގައި ގުޅިފައިވާ އެއްމާބަނޑު ދެބޭންނަށް ވޯޓު ލުމުގެ ހައްގު ދިންއިރު އެކަކު އަނެކަކަށް ވޯޓު ކަރުދާސް ކޮޅު ނުދެއްކުމަށް ބުނެ ނަސޭހަތްތެރިވެފައި ވެއެވެ. މޯހަން ސިންގް އަށާއި ސޯހަން ސިންގްއަށް ވަކިވަކިން ވޯޓު ލުމުގެ ހުއްދަ ލިބުނީ ގާނޫނީ ގޮތުން އެތައް ހުރަސްތަކެއް ގިރާކޮށް ބުރަ […]
ޒުބައިރު ގެއްލުނު ވަޒީފާގެ ފަހަތުން: މާރިޔާ ދެއްކެވީ ވަރަށް ނުރައްކާތެރި ވާހަކަފުޅެއް

https://sandhaanu.today/19257/ އާގުޅޭ ޢަސްކަރިއްޔާ ސިޔާސީ ކުރުވަނީ ހަގީގަތުގައި ސިޔާސީ މީހުން. މީގައި މިވާގޮތަކީ ޢަސްކަރިއްޔާ ސިޔާސީ ކުރުވަނީ ހަގީގަތުގައި ސިޔާސީ މީހުން. ޚާއްޞަގޮތެއްގައި ޢަސްކަރިއްޔާގައި އޭރަކު ހުންނަވާ ޑިފެންސް މިނިސްޓަރ. ނޫނީ ޢަސްކަރިއްޔާގައި އޭރަކު ހުންނަވާ ސިފައިންގެ ވެރިޔާ. ނޫނީ ރައީސުލް ޖުމްހޫރިއްޔާ. މިހެން މިދެންނެވި ގޮތަކީ އެބޭފުޅުން ކެމްޕޭނު ކުރެއްވިއިރު ތިމަންނަމެންގެ ތިބޭނޭ ގައުމީ ސިފައިން، މިހެން ވިދާޅުވި ހިސާބުން ޢަސްކަރިއްޔާ މި ސިޔާސީ ކުރެވުނީ. އެބޭފުޅުން ކޮންމެހެން އެހެން ވިދާޅުނުވިޔަކަސް އެބޭފުޅުންނަށް އެބޭފުޅުންގެ ސަރުކާރުގައި ޢަސްކަރިއްޔާއިން […]