އަޖޭގެ ފިލްމު "މައިދާން" އާއި އަކްޝޭގެ "ޕްރިތީވް ރާޖް" ވެސް ދައްކަން ފަށާނީ އެއްދުވަހެއްގައި

Loading

Facebook
Twitter
WhatsApp

އަޖޭ ދޭވްގަންގެ ފިލްމު ”މައިދާން“ އާއި އަކްޝޭކުމާރުކުޅެފައިވާ ”ޕްރިތިވް ރާޖް“ ވެސް އެއްދުވަހެއްގައި އަޅުވާގޮތަށް ހަމަޖައްސައިފިއެވެ. ދެ ފިލްމު ވެސް ސިނަމާތަކުގައި ދައްކަން ފަށާނީ ޖޫން މަހުގެ ތިން ވަނަ ދުވަހުގައެވެ.

އަކްޝޭގެ ފިލްމު ކުރިން އަޅުވަން އޮތީ 10 ޖޫންގައި ކަމަށް ވިޔަސް ފިލްމު އުފެއްދުމުގައި އިސްކޮށް އުޅު ފަރާތްތަކުން ފިލްމު ދައްކަން ފަށާ ތާރީޚު ބަދަލު ކުރީއެވެ. އަކްޝޭގެ ފިލްމުގައި އޭނާގެ އިތުރަށް މަނޯޝީ ޗިއްލަ އާއި ސަންޖޭ ދަތު އާއި ސޯނޫ ސޫދު މުހިއްމު ބައިތަކުން ފެނިގެންދާނެއެވެ.

”ޕްރިތިވް ރާޖް“އަކީ ހިންދީ ފިލްމު އުފެއްދުމުގައި ވަރަށް މަޝްހޫރު ކުންފުންޏެއްކަމުގައިވާ ޔަޝްރާޖް ފިލްމްސް

އިން އުފައްދާ ފިލްމެކެވެ.

އަޖޭގެ ފިލްމު ”މައިދާން“ އަކީ ބޯނީ ކަޕޫރު ޕްރޮޑިއުސްކޮށް އަމިތު ތަރުވީދީ ޑިރެކްޓް ކޮށްފައިވާ ފިލްމެކެވެ.

”މައިދާން“ އާއި ”ޕްރިތިވްރާޖް“އަކީ ވެސް ހަގީގީ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ކުޅެފައިވާ ދެ ފިލްމެވެ. ”މައިދާން“ގައި އަޖޭ ކުޅެފައި ވަނީ އިންޑިއާގެ ކުރީގެ ފުޓްބޯޅަ ކޯޗު-މެނޭޖަރ ސައްޔިދު ޢަބްދުއްރަޙީމްގެ ބައެވެ. ”ޕްރިތިވް ރާޖް“ގައި އަކްޝޭ އަދާކޮށްފައި ވަނީ އިންޑިއާގެ މަޝްހޫރު ރަސްކަލެއްކަމުގައިވާ ޕްރިތިވް ރާޖް ޗޯހާންގެ ބައެވެ.

ފިލްމު ”މައިދާން“ އާއި ”ޕްރިތިވް ރާޖް“ ވެސް އެއްދުވަހެއްގައި އަޅުވާގޮތަށް ހަމަޖެހުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ދެ ފިލްމު އެއްދުވަހެއްގައި ދައްކަން ފެށުމުން ދެ ފިލްމުގެ ވިޔަފާރިއަށް ވެސް ގެއްލުމެއް ވެދާނެކަމުގެ ބިރު ބޮޑެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް