ދުނިޔޭގައި އުފެދުނު އެންމެ މޮޅު ލެގް ސްޕިނަރ ޝޭން ވޯން މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ލެގް ސްޕިނަރ ޝޭން ވޯން މަރުވެއްޖެއެވެ.

އޮސްޓްރޭލިއާގެ ރައްޔިތެއްކަމުގައިވާ ޝޭން ވޯން މަރުވެފައި ވަނީ ތައިލެންޑްގެ ސާމްވީގައި ހުރި ގެއެއްގައެވެ. އޭނާ މަރުވީ ހިތް ހުއްޓިގެންނެވެ.

ޚަބަރު ލިބިފައިވާގޮތުގައި ހިތުގެ މައްސަލައެއް ކުއްލިއަކަށް ދިމާވުމުން ސިއްހީ ޚިދުމަތްތެރިންގެ ޓީމަކުން އޭނާއަށް ފަރުވާދީ ސަލާމަތްކުރަން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާ ސަލާމަތް ކުރެވޭގޮތެއް ނުވިއެވެ.

މިއަދު ހެނދުނު އޮސްޓްރޭލިއާގެ ކުރީގެ ކުޅުންތެރިއެއްކަމުގައިވާ މަޝްހޫރު ވިކެޓް ކީޕަރ ރޮޑް މާޝް ވެސް ވަނީ ހިތް ހުއްޓިގެން މަރުވެފައެވެ.

ޝޭން ވޯން ބައިނަލް އަގުވާމީ ފެންވަރުގައި 15 އަހަރު އޮސްޓްރޭލިއާއަށް ކުރިކެޓް ކުޅެފައިވެއެވެ. އޭނާގެ ކުލަގަދަ ކުޅިވަރުގެ ހަޔާތުގައި 708 ޓެސްޓް ވިކެޓު ނަގާފައިވެއެވެ. މިއީ އޮސްޓްރޭލިއާއަށް ބަލާއިރު ރެކޯޑެކެވެ. އެ ގައުމުގެ އެހެން ކުޅުންތެރިއަކަށް އެހާ ގިނަ އަދަދަށް ވިކެޓު ނެގިފައެއް ނުވެއެވެ.

ސްރީލަންކާގެ މުރުލީ ދަރަންއަށް ފަހު ދެވަނައަށް އެންމެ ގިނަ ޓެސްޓް ވިކެޓު ނަގާފައިވާ ކުޅުންތެރިއަކީ ޝޭން ވޯންއެވެ. ޓެސްޓު ކްރިކެޓުގައި 708 ވިކެޓު ނެގުމުގެ އިތުރަށް އޭނާ ވަނީ އެއްދުވަހުގެ 194 މެޗުގައި ކުޅެ 293 ވިކެޓު އަދި 73 ޓީ ޓުއެންޓީ މެޗު ކުޅެ 70 ވިކެޓު ނަގާފައެވެ.

ޝޭން ވޯންގެ ކުއްލި މަރުން ކްރިކެޓްގެ ދުނިޔެއަށް ވަނީ ފުން ހިތާމައެއް ލިބިފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް