ޔޫކްރޭން-ރަޝިޔާ ހަނގުރާމައިގައި އިންޑިއާގެ ދަރިވަރަކު މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

ރަޝިޔާއިން ޔޫކްރޭން ހިފުމަށް ކުރަމުންދާ ހަނގުރާމައިގައި ޔޫކްރޭންގެ ޚަރުކިފްގައި އިންޑިއާގެ ދަރިވަރަކު މަރުވެއްޖެއެވެ.

ޚަބަރުލިބިފައިވާ ގޮތުގައި ބަޑީގެ ޝިކާރައަކަށް ވެގެން މަރުވެފައި ވަނީ އިންޑިއާގެ ކަރުނާޓަކާ ސްޓޭޓްގެ ދަރިވަރެކެވެ. ނަވީން ޝޭކަރައްޕާއެވެ. އެއީ ޑޮކްޓަރކަން ކިޔަވަމުންދާ ދަރިވަރެކެވެ.

އޭނާ މަރުވި ޚަބަރު ލިބިވަޑައިގަތުމުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ ނަވީން ގެ ބައްޕައާ ފޯނުން ގުޅުއްވައި އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

އިންޑިއާގެ ދަރިވަރަކު މަރުވުމުގެ ކުރިން ވެސް ޔޫކްރޭންގައި ހުންނަ އިންޑިއަން އެމްބަސީން ފޯނަށް ޖަވާބު ދިނުން ވަނީ ކޮންމެވެސް ސަބަބަކާ ހުރެ ހުއްޓާލާފައެވެ.

އަދި ޔޫކްރޭނުގައި ތިބި އިންޑިއާގެ ކިޔަވާކުދީންނާ އަޅާލައި އެހީތެރިވާނެ މީހަކު ނެތި އެމީހުން ދޫކޮށްލާފައިވާ ކަމުގެ ޝަކުވާތަކުގެ އަޑު ވަނީ ގަދަވެފައެވެ.

ޚަބަރު ލިބެމުންދާ ގޮތުގައި ރަޝިޔާ ސިފައިން ވަނީ ޔޫކްރޭންގެ ވެރިރަށް ވަށާލާފައެވެ. އަދި ރަޝިޔާގެ ބާރުގެ ދަށަށް ކީވް ގެންދިއުމުގެ އެންމެ ފަހުގެ ތައްޔާރީތައް ދަނީ ވަމުންނެވެ.

އ.ދއިން ބުނި ގޮތުގައި ޔޫކްރޭންގެ ހަނގުރާމަ ފެށުނު ފަހުން ޔޫކްރޭންނުގެ 6،60،000 އަށް ވުރެ ގިނަ މީހުން ވަނީ އަވަށްޓެރި ގައުމުތަކަށް ދަތުރުކޮށްފައެވެ.

ނަވީންގެ ކުއްލި މަރާގުޅިގެން ކަރުނާޓަކާގެ ޗީފް މިނިސްޓަރ ބަސަވަރާޖް ބޮއްމައި ވަނީ ނަވީންގެ ބައްޕައާ ފޯނުން ގުޅުއްވައި ތައުޒިޔާ ދަންނަވައި ހިތްވަރު ދެއްވާފައެވެ.

ނަވީންގެ ބައްޕަ ބުނިގޮތުގައި އޭނާ ވަނީ މިއަދުގެ ވަރަށް ހެނދުނާ ވެސް އޭނާގެ ދަރިފުޅާ ފޯނުން ވާހަކަދައްކާފައެވެ. އޭނާ ބުނި ގޮތުގައި ދުވާލަކު ދެތިން ފަހަރު އޭނާ ދަރިފުޅާ ވާހަކަދައްކައި ހާލުއަހުވާލު ބަލަމުންދިޔައެވެ.

އިންޑިއާގެ ކިޔަވާކުއްޖަކު ފޮނުވި ވީޑިއޯއެއްގައި ބުނެފައި ވަނީ ތިރީހަކަށް ކިޔަވާކުދީން އެއް ކޮޓަރިއެއްގައި ތިބުމަށް އެމީހުންނަށް މިހާރު ވަނީ މަޖުބޫރުވެފައެވެ. އަދި އެމީހުން އުޅެމުން ދަނީ ވަރަށް ދަތިހާލުގައި ކަމަށާއި ކާނެ އެއްޗެއް ބޯނެ އެއްޗެއް ނުލިބޭކަމަށް ރޮއިރޮއިފައި ކިޔާދީފައިވެއެވެ. އަދި އެމީހުންނަށް އިވެމުންދަނީ ބަޑީގެ އަޑުކަމަށް ވެސް ބުނެފައިވެއެވެ.

އިންޑިއާއިން ވަނީ ޔޫކްރޭންގެ ވެރިރަށުގައި ތިބި އިންޑިއާ ރައްޔިތުން އަވަހަށް އެ ސަރަހައްދުން ފޭބުމަށް ގޮވާލާފައެވެ.

 

Loading

One Response

  1. الله geheyo رحمه fulun divehisarukaaru ragalehnu adi ppm geverikamethnama haguraamayan thahyaaruvumuge kurin ekudin thibeeni raajeega انشاالله

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް