އިންޑިއާގައި ބަންގީގެ އަޑު ކަނޑުވާލަން ހައްދުފަހަނަޅާފައިވާ ހިންދޫން ބޭނުން ވަނީ މިސްކިތްތަކުން ތާޅަފިލި ނަގަން

މުސްލިމް ކިޔަވާކުދީންނާއި އިންޑިއާގެ މުސްލިމުން ބުރުގާ އެޅުމާ ދެކޮޅަށް އިންޑިއާގައި ހިންދޫން ހިންގި އަނިޔާވެރި ހަރަކާތްތަކަކަށްފަހު ހައްދުފަހަނަޅާފައިވާ ހިންދޫން މިހާރު މަސައްކަތް ކުރަމުންދަނީ އިންޑިއާގެ މިސްކިތްތަކުގައި ހަރުކޮށްފައި ހުރި ތާޅަފިލިތައް ނެގުމަށެވެ. ބޭނުމަކީ އިންޑިއާގެ މިސްކިތްތަކުން ބަންގީގެ އަޑު ކަނޑުވައިލުމެވެ. ހައްދު ފަހަނަޅާފައިވާ ހިންދޫން މުސްލިމުންނަށް ބިރުދައްކައި މަޖުބޫރު ކުރަމުން ދަނީ މިސްކިތްތަކުގައި ހުރި ތާޅަފިލިތައް ނަގައި އޭގެ އަޑު ވީހާ އަވަހަކަށް ކަނޑުވައިލުމަށެވެ. މި ބަރަކާތްތެރި ރަމަޟާން މަހުގައި މުސްލިމުންނަށް ހިންދޫންގެ ނުފޮރުއްޕާން ވަނީ ހައްދު […]

އެމެރިކާގައި ދުވާލެއްގެ މައްޗަށް 40 ހާހަށްވުރެ ގިނަ މީހުންނަށް ކޮރޯނާ ވައިރަސް ޖެހެން ފަށައިފި

އެމެރިކާގައި އަނެއްކާ ވެސް ކޮރޯނާ ވައިރަސް ޖެހޭ މީހުންގެ އަދަދު އާދަޔާ ޚިލާފަށް ގިނަވާންފަށައިފިއެވެ. ކަމާ ބެހޭ މާހިރުން ބުނާގޮތުގައި ގައުމުގެ ގިނަ ބަޔަކަށް ޖެހެމުން ދަނީ ކޮރޯނާ ވައިރަހުގެ އައު ވައްތަރެކެވެ. ދެމަހެއްހާ ދުވަސް ވާނދެން އެމެރިކާގެ އެތައް ސްޓޭޓެއްގައި ވައިރަސް ޖެހޭ މީހުންގެ އަދަދު މަދުވަމުން ދިއުމަށްފަހު ވައިރަސް ޖެހޭ މީހުންގެ އަދަދު ގިނަވާން ފެށުމުން ސިއްހީ މާހިރުން ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީގެ ތަޖުރިބާކާރު ޑޮކްޓަރ އެސް […]

ޔޫކްރޭންގެ ވައިގެ ދިފާއީ އައްޑަނަ ރަޝިއާއިން ހަލާކުކޮށްލައިފި

ދާދިފަހުން ޔޫކްރޭނަށް ލިބުނު މިސައިލުން ރައްކާތެރިވުމުގެ އައްޑަނައިގެ ނިޒާމު ހަލާކުކޮށްލައިފިކަމަށް ރަޝިއާއިން ބުނެފިއެވެ. ރަޝިއާގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު މޭޖަރ ޖެނެރަލް އީގޯރް ކޮނާޝެންކޯފް ވިދާޅުވިގޮތުގައި ސޮލެވާކިޔާއިން ޔޫކްރޭނަށް ދާދިފަހުން ދިން އެއާ ޑިފެންސް މިސައިލް ސިސްޓަމް އެސް 300 ހަލާކުކޮށްލީ ކަނޑުމަގުން ދިން ހަމަލާއެއްގައެވެ. އެ ހަމަލާ ދިނުމަށް ރަޝިއާއިން ބޭނުންކޮށްފައި ވަނީ އަމާޒަށް ހަމަލާ ދިނުމުގައި ވަރަށް ކާމިޔާބު ”ކެލިބަރ“ މިސައިލު ބޭނުންކޮށްގެންނެވެ. ފެބުރުއަރީ 24 ވަނަ ދުވަހުން ފެށިގެން ހިނގަމުންދާ ރަޝިއާ-ޔޫކްރޭންގެ ހަނގުރާމައާ […]

އީރާނުގެ ގަބުރުސްތާނެއްގައި ނެށި 3 އަންހެނުން ހައްޔަރުކޮށްފި

އީރާނުގެ ޚަރާސާންގެ ގަބުރުސްތާނެއްގައި ނެށި 3 އަންހެނުން ހައްޔަރުކޮށްފިއެވެ. އީރާނުގެ މީޑިއާއިން ހާމަކުރިގޮތުގައި ޝަހީދުން ވަޅުލާ ގަބުރުސްތާނެއްގައި އަންހެނުންތަކެއް ނެށިކަން އެނގުނީ ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ވީޑިއޯއަކާ ގުޅިގެންނެވެ. އެ ވީޑިއޯ ފެނުމުން ވަރަށް ގިނަބަޔަކު ރުޅިގަދަވެ ނެށުމުގައި ބައިވެރިވި މީހުންނާމެދު ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވަންފެށިއެވެ. އެހާ ހިސާބުން ފުލުހުން ނިކުމެ އެއީ ކޮންބައެއްތޯ ބަލައި އެމީހުން ހައްޔަރުކުރިއެވެ. ސަރުކާރުގެ ކަމާބެހޭ ފަރާތުން ހާމަކުރިގޮތުގައި އެ ނެށުމުގައި ބައިވެރިވި މީހުން ހައްޔަރުކުރި […]

އިންޑިއާގެ 4 ސްޓޭޓެއްގައި މުސްލިމުންނާ ދެކޮޅަށް ހިންދޫން ހިންގި ހަމަނުޖެހުން ތަކުގައި އެކަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

އިންޑިއާގެ މަދިޔަ ޕްރަދޭޝް، ގުޖުރާތު، ޖާޅްކަންޑު އަދި ހުޅަނގު ބެންގާލުގައި ހިންދޫން ބޭއްވި ދީނީ ހިނގާލުންތަކެއްގައި މުސްލިމުންގެ ފިހާރަތަކާއި ގޭގެއަށް ހަމަލާދީ ލޫޓުވައި ހުޅުޖަހައި ރޯކޮށް ހަދައިފިއެވެ. ހައްދުފަހަނަޅާފައިވާ ހިންދޫން ކުރީން ދެންނެވި ސްޓޭޓުތަކުގައި ރަހުމުކުޑަ އަނިޔާވެރިއަމަލުހިންގި އިރު ފުލުހުން އެކަން ހުއްޓުވަން އެއްވެސް މަސައްކަތެއްނުކޮށް އެ އަމަލު ހިންގި މީހުންނާ ބައިވެރިވެފައިވާކަމަށް ވެސް ޚަބަރު ފެތުރިފައި ވެއެވެ. އެ ހާދިސާތަކުގައި އެކަކު މަރުވެ އެތައްބަޔަކު ޒަޚަމްވެފައިވެއެވެ. މަދިޔަ ޕްރަދޭޝްގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެ ސަރަހައްދުގައި […]

އުމުރުން 103 އަހަރުގެ ފިރިހެނަކު 37 އަހަރުގެ އަންހެނަކާ އިނދެފި

އިރާގު މީހަކު އުމުރުން 103 އަހަރުގައި އުމުރުން 37 އަހަރުގެ އަންހެނަކާ ކައިވެނިކޮށްފިއެވެ. އެއީ އެ ފިރިހެން މީހާގެ 3 ވަނަ ކައިވެންޏެވެ. އިރާގުގެ ސަހަރު އަލްދީވާނިއްޔާގެ ދެކުނު ސަރަހައްދެއްގައި ބޭއްވި ކައިވެނީގެ ރަސްމިއްޔާތު ޒީނަތްތެރިކޮށް ލަވަޖެހުން ފަދަ ކަންތައް ކޮށް ކައިވެނީގެ އެންމެހާ ކަންތައް އިންތިޒާމުކުރުމުގައި އިސްކޮށް އުޅުނީ ފިރިހެން މީހާގެ ދަރިންނާއި ކާފަދަރިންނެވެ. ކައިވެނީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ކައިވެނި ކުރި ދެމީހުން ވަނީ އެކަކު އަނެކެއްގެ އަތުގައި އަނގޮނޓި އަޅުވާފައެވެ. އުމުރުން 103 […]

އެންމެ ގިނަ ދިވެހިން މަރުވަނީ ގައިން ގަޔަށް ނާރާބަލިތަކުގައި

ރާއްޖޭގެ ޞިއްޙީ ދާއިރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެންމެ ގިނަ ދިވެހިން މަރުވަނީ، ކެންސަރާއި، ހިތުގެ ބަލިތަކާއި ސްޓްރޯކާއި ފުއްޕާމޭގެ ބަލިތަކާއި ކިޑްނީއާ ގުޅުން ހުރި ބަލިތައް ފަދަ ގައިން ގަޔަށް ނާރާ ބަލިތަކުގައިކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވި ޚިޠާބުގައި، ކޯވިޑް-19ގެ ބަލިމަޑުކަމަށް ފަހު، ދިރިއުޅުމުގެ ޢާންމު ޙާލަތަށް އެނބުރި އިޢާދަވާއިރު ގައިންގަޔަށް ނާރާ ނުރައްކާތެރި ބަލިތަކާ މެދު ޚާއްސަ ސަމާލުކަމެއް […]

ޢާލިޔާ އާއި ރަންބީރުގެ ކައިވެނި މި މަހު 17 ގައި

ހިންދީ ފިލްމީ ދުނިޔޭގެ މަގުބޫލު ދެ ތަރިންކަމުގައިވާ ރަންބީރު ކަޕޫރާއި ޢާލިޔާ ބަޓުގެ ކައިވެނީގެ ވާހަކަ ދެކެވޭތާ ލައްކަ ދުވަސްވެއްޖެއެވެ. މިދިޔަ އަހަރު ކައިވެނި ކުރެވެނީއޭ ކިޔައިގެން ވެސް ވާހަކަދެކެވުނެވެ. ނަމަވެސް ކައިވެނި ނުކުރެވި އެންމެ ފަހުން މައްސައަކަށްވީ ކޮވިޑެވެ. ކޮވިޑާހެދި މި އަހަރަށް ފަސްކުރަން ޖެހުނީއެވެ. އިންޑިއާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބަޔާން ކުރާ ގޮތުގައި ރަންބީރާއި ޢާލިއާގެ ކައިވެނި މިހާރު ކުރަން ހަމަޖެހިފައި ވަނީ މި އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގައެވެ. އޭޕްރީލް […]

އިންޑިއާގެ ހައްދުފަހަނަޅާފައިވާ ބަޔަކު ރާޖިސްތާނުގައި މުސްލިމުންގެ 40 އަށްވުރެ ގިނަ ގޭގޭގައި ރޯކޮށް އަންދައި ބޮޑެތި ގެއްލުން ދީފި

ހައްދުފަހަނަޅާފައިވާ ހިންދޫންގެ ބަޔަކު ރާޖިސްތަނުގެ އަވަށެއްގައި އުޅެމުން ދިޔަ މުސްލަމުންތަކެއްގެ ގެދޮރާއި ފިހާރަތައް އަންދާލި މައްސަލަ ކުށްވެރިކޮށް އެ މައްސަލަ ކަމާބެހޭ ބައިނަލްއަގުވާމީ ފަރާތްތަކުން ނޯޓުކޮށް ފިޔަވަޅުއެޅުމަށް ޕާކިސްތާނުން ގޮވާލައިފިއެވެ. ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައްދުފަހަނަޅާފައިވާ ބީޖޭޕީގެ މީހުންނާއި އާރުއެސްއެސް ގެ ބަޔަކު ރާޖިސްތާނުގެ ކަރާއުލީގެ މުސްލިމުންގެ 40އަށް ވުރެ ގިނަ ގެދޮރާއި ފިހާރަތަކުގައި އަލިފާންޖަހައި އަންދާލާފައިވާކަމަށެވެ. އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް މުސްލިމުންގެ ގެދޮރު ހިމާޔަތްތެރިކޮށް ނުބެލެހެއްޓޭތީ އެކަމަށް ވަރަށް ބޮޑަށް […]

ބޮޑު ވަޒީރު ޢިމްރާން ޚާން އެމެރިކާ އާއި ހުޅަނގުގެ ބަސް ގަބޫލެއް ނުކުރެއްވި: ރަޝިއާގެ ޚާރިޖީ ވުޒާރާ

ޕާކިސްތާނުގެ ބޮޑު ވަޒީރު ޢިމްރާން ޚާން ފެބުރުއަރީ މަހު ރަޝިއާއަށް ކުރެއްވި ދަތުރުފުޅު ހުއްޓުވަން އެމެރިކާއާއި ޔޫރަޕުގެ އިއްތިހާދުން ވަރަށް ބޮޑަށް މަސައްކަތް ކުރިކަމަށް ރަޝިއާގެ ޚާރިޖީ އޮފީހުން ބުނެފިއެވެ. ރަޝިއާގެ ޚާރިޖީ އޮފީހުން ބުނި ގޮތުގައި ޢިމްރާން ޚާނުގެ ރަޝިއާ ދަތުރުފުޅު ހުއްޓުވަން އެމެރިކާ އާއި ޔޫރަޕްގެ އިސް ގައުމުތަކުން ވަރަށް ބޮޑަށް ޢިމްރާނަށް ޕްރެޝަރ ކުރެއްވުމުން ވެސް ޢިމްރާނު ޚާން ވަނީ އޭނާގެ ދަތުރުފުޅު ކުރިއަށް ގެންދަވައި ރަޝިއާއަށް ވަޑައިގެންފައެވެ. ރަޝިއާގެ ޚާރިޖީ އޮފީހުން […]