އުމުރުން 103 އަހަރުގެ ފިރިހެނަކު 37 އަހަރުގެ އަންހެނަކާ އިނދެފި

Loading

Facebook
Twitter
WhatsApp

އިރާގު މީހަކު އުމުރުން 103 އަހަރުގައި އުމުރުން 37 އަހަރުގެ އަންހެނަކާ ކައިވެނިކޮށްފިއެވެ. އެއީ އެ ފިރިހެން މީހާގެ 3 ވަނަ ކައިވެންޏެވެ.

އިރާގުގެ ސަހަރު އަލްދީވާނިއްޔާގެ ދެކުނު ސަރަހައްދެއްގައި ބޭއްވި ކައިވެނީގެ ރަސްމިއްޔާތު ޒީނަތްތެރިކޮށް ލަވަޖެހުން ފަދަ ކަންތައް ކޮށް ކައިވެނީގެ އެންމެހާ ކަންތައް އިންތިޒާމުކުރުމުގައި އިސްކޮށް އުޅުނީ ފިރިހެން މީހާގެ ދަރިންނާއި ކާފަދަރިންނެވެ.

ކައިވެނީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ކައިވެނި ކުރި ދެމީހުން ވަނީ އެކަކު އަނެކެއްގެ އަތުގައި އަނގޮނޓި އަޅުވާފައެވެ.

އުމުރުން 103 އަހަރުގެ ފަރުބޫދުލް މަންސޫރީގެ ދަރިފުޅު ޢަބްދުއްސަލާމް ބުނި ގޮތުގައި މިއީ 1919ގައި އުފަންވި އޭނާގެ ބައްޕަގެ 3 ވަނަ ކައިވެންޏެވެ. ފުރަތަމަ އަނބިމީހާ މަރުވީ 1999 ގައެވެ. ދަރިން ލިބުނީ ދެވަނަ ކައިވެންޏަށެވެ.

ޢަބްދުއްސަލާމް ބުނިގޮތުގައި އޭނާގެ ބައްޕައާއި މަންމައާ ދެމެދު ޖެހުނު މައްސަލައެއްގައި މަންމަ އޭނާގެ މައިންބަފައިންގެ ގެއަށް މިދިޔަ އަހަރު ފަހުކޮޅު ދިޔައީއެވެ. އެނބުރި އަންނާށޭ ބުނުމުން ވެސް އޭނާ އަންނާކަށް ނޫޅުނެވެ. އެހެންވެ ބައްޕަ ބޭނުންވީ އެހެން ކައިވެންޏެއް ކުރުމަށެވެ. ޢަބްދުއްސަލާމް ބުނި ގޮތުގައި ބައްޕަ އެދުނު އެދުން ފުރިހަމަ ކޮށްދިނުމުގެ ގޮތުން ދަރިންނާއި ކާފަދަރިން މަސައްކަތްކޮށް ދިނީއެވެ.

ފަރުބޫދުލް މަންސޫރީ ބުނިގޮތުގައި އޭނާގެ އަންހެނުން އުފަންވީ 1985 ގައެވެ.

އުމުރުން 103 އަހަރުގެ ފިރިހެނަކު 37 އަހަރުގެ ޒުވާނަކާ އިނުމުން އެތައް މިލިއަން ބައެއްގެ ހިތުގައި އުފެދިފައިވާ ސުއާލަކީ އެ ކައިވެނި ކާމިޔާބު ވާނޭހެއްޔެވެ؟

ވާނުވާ ބަލަން ތިބެމާ ހިނގާށެވެ.

ފިރިހެން މީހާ ބުނި ގޮތުގައި އޭނާއަކީ އަދިވެސް ޒުވާނެކެވެ.

 

Loading

2 Responses

  1. ކައިވެންޏެއް ކާމިޔާބު ވުމުގައި އުމުރުގެ ތަފާތަށްވުރެން މުހިންމު ބައިވަރު އެހެން ކަންތައްތައް ހުރިކަމަށް ގަބޫލުކުރަންޖެހެއެވެ. އެހެންނޫނީ ދެމީހުންގެ ޒުވާން އުމުރުގައި ކުރާ ކައިވެނިތައް ރޫޅިގެނެއް ނުދާނެއެވެ. ދެމީހެއްގެ މިޒާޖާއި އުޅުމާއި ސުލޫކާއި މިހުރިހާކަމެއް ރަނގަޅަށް އެނގެނީ ކައިވެނީގެ ފަހުންނެވެ. އެހިސާބުން ކައިވެނި ކާމިޔާބުކުރުމަށްޓަކައި ދެންޖެހޭނީ ދެމީހުން އެކުގައި އުޅުމަށް އަޒުމެއް ކަނޑައަޅާށެވެ. އުމުރުގެ ފަރަގު ކުޑަވުމަކީވެސް ވަގުތީ އުފަލަށްޓަކައި ބޭނުންތެރި އެއްޗެކެވެ. އެވަގުތުކޮޅު ފާއިތުވުމަށްފަހު އެހެންބައެއްކަންތައްތައް މާބޮޑަށް މުހިންމުނެގެންދާކަންވެސް ހަނދާންކުރަންޖެހެއެވެ. އެހެންކަންތައްތަކެކޭ އެއްފަދައިން އުމުރާއި ޒުވާންކަމަކީވެސް ކިހާދުވަހަކަށް ދެމިގެން ހިނގައިދާނެ އެއްޗެއްކަން ޔަގީނެއް ނުވާނެއެވެ. ޖެހިގެން ހުރިގޭގެ ބަގީޗާ ހާދަހާ ރީއްޗޭ ހީކޮށް އެ ބަގީޗާއަކަށް އުންމީދުކުރުމުގެ ބަދަލުގައި އަމިއްލަ ބަގީޗާއަށް ފެންދީ އަޅާލުމާއެކު ބެލެހެއްޓޭތޯ މަސައްކަތްކުރުން ރަނގަޅުވާނެއެވެ.

  2. ތިންހާހާއި ގާތްކުރާއަދަދަކަށް މީހުން މިލިއުން ކިޔައިފިއެވެ. އެކަމަކު އެ ކައިވެންޏާބެހޭގޮތުން ތިމަތިމާމެން ދެކޭގޮތް ހާމަކޮށްލަން ކެރުނު ހަމަ އެކަކުވެސް ނެތެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް