އިންޑިއާގެ ހައްދުފަހަނަޅާފައިވާ ބަޔަކު ރާޖިސްތާނުގައި މުސްލިމުންގެ 40 އަށްވުރެ ގިނަ ގޭގޭގައި ރޯކޮށް އަންދައި ބޮޑެތި ގެއްލުން ދީފި

Loading

Facebook
Twitter
WhatsApp

ހައްދުފަހަނަޅާފައިވާ ހިންދޫންގެ ބަޔަކު ރާޖިސްތަނުގެ އަވަށެއްގައި އުޅެމުން ދިޔަ މުސްލަމުންތަކެއްގެ ގެދޮރާއި ފިހާރަތައް އަންދާލި މައްސަލަ ކުށްވެރިކޮށް އެ މައްސަލަ ކަމާބެހޭ ބައިނަލްއަގުވާމީ ފަރާތްތަކުން ނޯޓުކޮށް ފިޔަވަޅުއެޅުމަށް ޕާކިސްތާނުން ގޮވާލައިފިއެވެ.

ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައްދުފަހަނަޅާފައިވާ ބީޖޭޕީގެ މީހުންނާއި އާރުއެސްއެސް ގެ ބަޔަކު ރާޖިސްތާނުގެ ކަރާއުލީގެ މުސްލިމުންގެ 40އަށް ވުރެ ގިނަ ގެދޮރާއި ފިހާރަތަކުގައި އަލިފާންޖަހައި އަންދާލާފައިވާކަމަށެވެ. އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް މުސްލިމުންގެ ގެދޮރު ހިމާޔަތްތެރިކޮށް ނުބެލެހެއްޓޭތީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައި ނުރުހުން ފާޅުކޮށްފައިވެއެވެ.

ޕާކިސްތާނުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިންޑިއާގައި ދިރިއުޅެމުންދާ ބައިމަދު މީހުން ޚާއްޞަކޮށް މުސްލިމުން އުޅެމުން ދަނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރެގައިކަމަށެވެ. އަދި ހައްދުފަހަނަޅާފައިވާ ހިންދޫން މުސްލިމުން ނައްތާލަން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުންނުދާކަމަށެވެ.

ކަރައުލީގައި ހިންދޫން ހިންގި ނުރައްކާތެރި ހާދިސާއާއާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅުން މަނާކޮށްފައެވެ. ފުލުހުން ބުނިގޮތުގައި މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ބޭރަށް ނިކުމެ އުޅުން މަނާވާނެ އެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަން ފެށުނުފަހުން އިންޑިއާގެ ވަރަށް ގިނަ ސަރަހައްދުގައި ދިރިއުޅެމުންދާ މުސްލިމުންނަށް ދިރިއުޅުން ވަނީ ވޭނަކަށްވެފައެވެ.

 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް