ޢާލިޔާ އާއި ރަންބީރުގެ ކައިވެނި މި މަހު 17 ގައި

Loading

Facebook
Twitter
WhatsApp

ހިންދީ ފިލްމީ ދުނިޔޭގެ މަގުބޫލު ދެ ތަރިންކަމުގައިވާ ރަންބީރު ކަޕޫރާއި ޢާލިޔާ ބަޓުގެ ކައިވެނީގެ ވާހަކަ ދެކެވޭތާ ލައްކަ ދުވަސްވެއްޖެއެވެ. މިދިޔަ އަހަރު ކައިވެނި ކުރެވެނީއޭ ކިޔައިގެން ވެސް ވާހަކަދެކެވުނެވެ. ނަމަވެސް ކައިވެނި ނުކުރެވި އެންމެ ފަހުން މައްސައަކަށްވީ ކޮވިޑެވެ. ކޮވިޑާހެދި މި އަހަރަށް ފަސްކުރަން ޖެހުނީއެވެ.

އިންޑިއާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބަޔާން ކުރާ ގޮތުގައި ރަންބީރާއި ޢާލިއާގެ ކައިވެނި މިހާރު ކުރަން ހަމަޖެހިފައި ވަނީ މި އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގައެވެ. އޭޕްރީލް 17ގައި އެ ކައިވެނި ކުރުމާ ބެހޭ ގޮތުން މީޑިއާއިން ވަނީ ބައެއް މީހުންނަށް ހައިރާންކަން ލިބޭ ފަދަ ވާހަކައެއް ތިލަކޮށްފައެވެ.

ރަންބީރުގެ ސިއްރުތައް އެނގޭ މީހަކާ ހަވާލާދީ މީޑިއާއިން ބުނެފައި ވަނީ 17 ވަނަ ދުވަހު ކައިވެނި ކުރަން ނިންމީ ހިސާބުގެ އަކުރުގެ 8 އަކީ ރަންބީރަށް މާ ހިތްގައިމު ނަމްބަރަކަށް ވާތީއެވެ. އަދި 8 ވަނަ ނަމްބަރަކީ މުޅި ކަޕޫރު އާއިލާއިން ގަބޫލުކުރާ ގޮތުގައި އެ މީހުންނަށް ނަސީބު ނަމްބަރެއްކަމުގައި ވާތީއެވެ. ސަތާރައިގައި ހިމެނޭ 7 އަދި 1 އެއްކުރުމުން ޖުމުލަ އަދަދަކަށް ވާނީ 8 އެވެ.

މީޑިއާއިން ބުނާ ގޮތުގައި 8 ވަނަ ނަމްބަރަކީ ކަޕޫރު އާއިލާއިން މޮޔަވާވަރަށް ލޯބިވާ އަދި އެ އަދަދަކީ ބަރަކާތްތެރި ނަމްބަރެއްކަމުގައި ގަބޫލުކުރާ ނަމްބަރެކެވެ. ރަންބީރާއި ޢާލިޔާ 17ގައި ކައިވެނިކުރަން ނިންމީ މިދެންނެވި ސަބަބާހެދިއެވެ.

ކައިވެނީގެ ރަސްމިއްޔާތަށް ޢާލިޔާ އާއި ރަންބީރުގެ ކައިވެނި ހެދުން ފަރުމާ ކުރާނީ މަނީޝް މަލްހޯތުރާ އާއި ސަބިޔާ ސާޗީއެވެ.

ޢާލިޔާ އާއި ރަންބީރުގެ ކައިވެނީގައި ބައިވެރިވާ ތަރިންނާއި ޕްރޮޑިއުސަރ އަދި ޑައިރެކްޓަރުންގެ ތެރޭގައި ޝާހު ރުޚް، ޒޯޔާ އަޚްތަރު، އަދި ކަރަން ޖޯހަރާއި ސަންޖޭ ލީލާ ބަންސާލީ ހިމެނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް