ސޫދާންގެ ބޯޓެއް ކަނޑުވެ 15000 ކަންބަޅި ބަކަރި މަރުވެއްޖެ
އިއްޔެގެ ވަގުތެއްގައި ސޫދާން އިން ސައުދީއަށް ދަތުރުކުރަމުން ދިޔަ އާގު ބޯޓެއް ކަނޑުވެ 15000 އަށް ވުރެ ގިނަ ކަންބަޅި ބަކަރި ވަނީ މަރުވެފައެވެ. މިހާދިސާގައި ބޯޓުން ދަތުރުކުރި އެއްވެސް ފަޅުވެރިއަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ސޫދާންގެ ސީނިޔާ ޕޯޓް އޮފިޝަލަކު މިކަމާ ގުޅިގެން އެ ގައުމުގެ ނޫހަކަށް މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ކުރިމަތިވެފައިވަނީ އާގުބޯޓަށް އުފުލޭ ވަރަށް ވުރެ ގިނަ ޖަނަވާރު އަރުވައިގެން ބޯޓު ދަތުރުކުރަން އުޅުމުގެ ސަބަބުންނެވެ. ބޯޓު ކަނޑުވި އިރު […]
އަނިޔާވެރި ގޮތަކަށް އާންމުންގެ ބަޔަކު މަރާލި މައްސަލައިގައި އިންޑިޔާ ފުލުހުންނަށް ދައުވާ ކޮށްފި
އިންޑިޔާގެ ނެގަލޭންޑްސްގެ ޕޮލިސް ޑިޕާޓްމެންޓް ގެ ޗީފް، ޓީޖޭ ލޮންގް ކުމާރް މިދިޔަ އާދިއްތަ ދުވަހު އެ ގައުމުގެ މީޑިޔާތަކަށް މައުލޫމާތު ދެއްވި ގޮތުގައި މިދިޔަ އަހަރު އެ ގައުމުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިނެ އާންމުންގެ ބަޔަކު މަރާލި މައްސަލައިގާ ޝާމިލްވާ 30 ފުލުހުންގެ މައްޗަށް މިހާރު ވަނީ ކުށް ސާބިތުވެ ދައުވާ އުފުލާފައެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ހާދިސާގައި މަރުވެފައިވަނީ ކޮންޔަކް ޓްރައިބްއަށް ނިސްބަތްވާ 13 މީހުންނާއި ސިފައިންގެ […]
އީރާނުގެ ނިއުކްލިއާ ސަރަހައްދުތަކުގާ ހަރުކޮށްފާވައިވާ 27 ކެމެރާއެއް އިރާނުން ނަގައިފި
އ.ދ ގެ ނިއުކްލިއާ ހަތިޔާރުތަކާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އިރާނުގެ ނިއުކްލިއާ ސަރަހައްދުތަކުގާ ބަހައްޓާފައިވާ ސާވޭލަންސް ކެމެރާތައް އިރާނުން ވަނީ ނަގަންފައްޓާފައެވެ. އ.ދން ބުނެފައިވާ ގޮތުގައި މީގެ ސަބަބުން 2015ގައި ހެދިފައިވާ ނިއުކްލިއާ ހަތިޔާރު އުފެއްދުމާ ބެހޭ އެއްބަސްވުން އާ ކުރުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިދާނެއެވެ. ބައިނަލްއަގުވާމީ އެޓޮމިކް އެނާޖީ އޭޖަންސީގެ ޑައިރެކްޓަރު ކަމަށްވާ ރަފާލް ގްރޮއްސީ ވިއެނާގައި ކުއްލި ގޮތަކަށް ބޭއްވި ނޫސްބައްދަލުވުމެއްގައި އޭނާ ވަނީ ކެމެރާތައް އިރާނުން ނެގުމަކީ ނިއުކްލިއާ ހަތިޔާރާ […]
އެމެރިކާއިން އިންޑިޔާއަށް ފާޑުކިޔައި ނެރުނު ރިޕޯޓަކަށް އެ ގައުމުން ރައްދުދީފި
އިންޑިޔާގައި ދީނީ މިނިވަންކަން ނޯންނަކަމަށާއި އެ ގައުމުގެ ސިޔާސީ ބައެއް ލީޑަރުން ދީނީ މިނިވަންކަމަށް ހުރަސްއަޅާކަމަށް ބުނެ ވޮޝިންގްޓަންގެ އަހަރީ ރިޕޯޓުގައި ވަނީ އެ ގައުމަށް ފާޑުކިޔާފައެވެ. މިގޮތުން އިންޑިޔާގައި ދިރިއުޅެމުންދާ މުސްލިމުންނާއި ނަސޯރާއިންނަށް އެކި ވަރުވަރުގެ އުނދަގޫތައް ކުރަމުންދާ ކަމަށާއި ސަރުކާރުން މިކަންކަން ހުއްޓުވުމުގެ ބަދަލުގައި އެކަންކަމަށް ތަރުހީބުދެމުން ދާކަން މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އިންޑިޔާއިން ވަނީ މިކަމަށް ރައްދުދީ ބަޔާނެއް ނެރެފައެވެ. އިންޑިޔާއިން ނެރުނު ބަޔާނުގައި މި ރިޕޯޓަކީ ވަރަށް ޒާތީ އަދި މައުލޫމާތު […]
ޣައިރު މުސްލިމުން މަސްޖިދުލް އަގްސާގައި ނަމާދުކުރުމަށް ހުއްދަ ދިނުމަށް އެދުނު އެދުން ބާތިލްކޮށްފި
މުސްލިމް ނޫން މީހުންނަށް މަސްޖިދުލް އަގްސާގައި އަޅުކަން ކުރުމުގެ ހުއްދަ ދިނުމަށް އިޒްރޭލުގެ ދަށު ކޯޓަކުން ނެރުނު އަމުރު އިޒްރޭލުގެ ހައި ކޯޓުން ބާތިލްކޮށްފިއެވެ. މި ކޯޓު އަމުރު ބާތިލް ކޮށްފައިވަނީ ހައިކޯޓުގެ ފަނޑިޔާރު އައިނާތް އަވްމޭން މޮލާއެވެ. އާންމު ސަލާމަތާއި އަމަން އަމާންކަން ދެމެހެއްޓުމަށްޓަކައި އެޅުނު ފިޔަވަޅެއްގެ ގޮތުގައި ފަނޑިޔާރު ވަނީ މިކަން ސިފަކުރައްވާފައެވެ. މި ހަފްތާގެ ކުރީކޮޅު މި މައްސަލަ ފެންމަތި ވެފައި ވަނީ ޔަހޫދީންގެ ބަޔަކު މަސްޖިދުލް އަގްސާގައި އަޅުކަން ކުރުމާއި ގުޅިގެން އެމީހުން […]
16 ގައުމަކަށް ދަތުރުކުރުން ސައުދީން މަނާކޮށްފި
ފާއިތުވި ހަފްތާ ތަކުގެ ތެރޭގައި ކޮވިޑް 19 ގެ ހާލަތު އަނެއްކާވެސް ގޯސްވާން ފެށުމާ ގުޅިގެން ސައުދީއިން އެ ގައުމުގެ ރައްޔިތުން 16 ގައުމަކަށް ދަތުރުކުރުން މަނާކޮށް އެކަން އިއުލާނުކޮށްފިއެވެ. މި 16 ގައުމުތަކުގެ ތެރޭހައި އިންޑިޔާވެސް ހިމެނެ އެވެ. އިންޑިޔާގެ އިތުރުން ލުބްނާން، ސީރިޔާ، ތުރުކީ، އީރާން، އަފްޢާނިސްތާން، ޔަމަން، ސޯމާލިޔާ، އިތިއޮޕިއާ، ކޮންގޯ، ލިބްޔާ، އިންޑޮނޭޝިޔާ، ވިއެޓްނާމް، އާރމީނިއާ، ބެލަރޫސް އަދި ވެނެޒުއެލާ އަށް ދަތުރުކުރުންވެސް ސައުދީން ވަނީ މަނާކޮށްފައެވެ. ދާދި ފަހުން ސައުދީގެ […]
ގޫގްލްއިން އާ އީޖާދެއް- ސޫދާންގެ ޕިރަމިޑްތަކަށް ޒިޔާރަތް ކޮށްލުމުގެ ފުރުސަތު
ގޫގްލްގެ އާޓްސް އެންޑް ކަލްޗާ ޑިޕާޓްމެންޓުން ވަނީ މުޅިން އައު ޑިޖިޓަލް އެކްސްޕީރިއެންސް ފީޗާއެއް ތައާރަފްކޮށް އެކަން އިއުލާންކޮށްފައެވެ. މި ފޯޗާއާއެކު ސޫދާންގެ ކޫޝައިޓް ކިންގްޑަމްގެ ޒަމާނުގައި ބިނާކޮށްފައިވާ ޕިރަމިޑްތަކަށް ޒިޔާރަތް ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިކަން ކޮންމެ މީހަކަށްވެސް ވާޗުއަލްކޮށް ކޮށްލެވޭނެކަމަށް ގޫގްލްއިން މައުލޫމާތު ދިނެވެ. ސޫދާންގެ މޮންރޯ ޕިރަމިޑްތައް ހުންނަގޮތާއި އެ ޒަމާނުގައި ވެރިކަން ކޮށް އުޅުނު ގޮތާއި، އެ ޒަމާނުގެ ސަގާފަތް ބަލައިލުމުގެ ފުރުސަތު މި ވާޗުއަލް ރިއެލިޓީ ސިމިއުލޭޝަނުން ލިބިގެން ދާނެއެވެ. ސޫދާންގެ […]
ތައިލޭންޑްގެ ސަރުކާރުން އާންމުންނަށް ކެނަބިސް ބަހަނީ
މަސްތުވާއެއްޗެއް ކަމުގައިވާ ކެނަބިސް ބޭނުންކުރުން މަނާ ކުރާ ގަވައިދު އުވާލަން ނިންމައި ތައިލޭންޑު ސަރުކާރުން އެ ގައުމުގެ އާންމުންނަށް އެއް މިލިއަން ކެނަބިސް ގަސް ބަހަން ގަސްތުކުރާކަން އަންގައި އިއުލާނުކޮށްފިއެވެ.އެގައުމުގެ މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސަރުކާރުން މިކަން ކުރާނެކަމަށް އިއުލާނުކޮށްފައިވަނީ މީގެ ތިން ދުވަސް ކުރިންނެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ކެނަބިސް ބޭނުންކުރުން މަނާކޮށްފައިވީ ނަމަވެސް ބައެއް ގައުމުތަކުން މިހާރުވަނީ މިކަން މަނާކުރާ ގާނޫނުތައް އުވާލަން ފަށާފައެވެ. މިގޮތުން މިހާތަނަށް 40 ގައުމަކުން ކެނަބިސް ބޭނުންކުރުމުގެ ހުއްދަ […]
އިންޑިޔާގެ ވެރިރަށުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން ބޮޑުވަޒީރު ހިތާމަފާޅުކުރައްވައިފި
އިންޑިޔާގެ ވެރިރަށް ނިއުދެއްލީގައި އިއްޔެ މެންދުރުގެ ވަގުތެއްގައި ވަނީ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގަފައެވެ. އަދި މިކަމާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު، ނަރެންދްރާ މޯދީ ވަނީ ހިތާމަ ފާޅުކުރައްވާފަ އެވެ. މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ސަރަހައްދުގައި ހުރި ހަތަރު ބުރީގެ ކޮމާޝަލް އިމާރާތެއްގައެވެ. އަލިފާނުގެ ހާދިސާ ކުރިމަތިވާން މެދުވެރިވި ސަބަބު އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް މިހާތަނަށް މިހާދިސާގައި މަރުވެފައިވާ މީހުންގެ އަދަދު 27 އަށް އަރާފައިވާކަމަށް އެ ގައުމުގެ މީޑިޔާތަކުންވަނީ ރިޕޯޓުކޮށްފައިވެއެވެ. […]
ޢިމްރާން ޚާން ބޮޑު ވަޒީރުކަމުން ވަކިކުރުމުގައި އެމެރިކާގެ ދައުރެއް ވާކަން ހާމަވެއްޖެ
ޕާކިސްތާނުގެ ބޮޑު ވަޒީރު ޢިމްރާން ޚާން މަގާމުން ދުރުކުރުމުގައި އެމެރިކާއިން ބޮޑު ދައުރެއް ކުޅެފައިވާ ކަމަށް ޕާކިސްތާނުގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ޕީ.ޓީ.އައިގެ އިސްވެރިން ތަކެއް ބުނެފިއެވެ. ޕީ.ޓީ.އައިގެ ގިނަ ވެރިންތަކެއް ވަނީ އެމެރިކާއަށް ނިސްބަތްވާ ޑިފެންސް އެނަލިސްޓެއް ކަމަށްވާ ރެބެކާ ގްރާންޓް، ފޮކްސް ނޫހަށް ދިން އިންޓަވިއުއެއް ޓްވިޓާގައި ޝެއާކޮށްފައެވެ. މި އިންޓަވިއުގައި ޢިމްރާން ޚާނާ ދެކޮޅަށް ކުރިޔަށް ގެންދިޔަ އިތުބާރު ނެތް ކަމުގެ ވޯޓްގައި އެމެރިކާއިން ބޮޑު ދައުރެއް ކުޅެފައިވާކަމަށް ރެބެކާ ވަނީ ބުނެފައެވެ. ޕާކިސްތާނުގެ ކުރީގެ ސަރުކާރުގެ އަމަލުތަކާ މެދު އެމެރިކާއިން ހިތްހަމަ ނުޖެހިފައިވާ ކަން […]