ގޫގްލްއިން އާ އީޖާދެއް- ސޫދާންގެ ޕިރަމިޑްތަކަށް ޒިޔާރަތް ކޮށްލުމުގެ ފުރުސަތު

Loading

Facebook
Twitter
WhatsApp

ގޫގްލްގެ އާޓްސް އެންޑް ކަލްޗާ ޑިޕާޓްމެންޓުން ވަނީ މުޅިން އައު ޑިޖިޓަލް އެކްސްޕީރިއެންސް ފީޗާއެއް ތައާރަފްކޮށް އެކަން އިއުލާންކޮށްފައެވެ. މި ފޯޗާއާއެކު ސޫދާންގެ ކޫޝައިޓް ކިންގްޑަމްގެ ޒަމާނުގައި ބިނާކޮށްފައިވާ ޕިރަމިޑްތަކަށް ޒިޔާރަތް ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިކަން ކޮންމެ މީހަކަށްވެސް ވާޗުއަލްކޮށް ކޮށްލެވޭނެކަމަށް ގޫގްލްއިން މައުލޫމާތު ދިނެވެ. ސޫދާންގެ މޮންރޯ ޕިރަމިޑްތައް ހުންނަގޮތާއި އެ ޒަމާނުގައި ވެރިކަން ކޮށް އުޅުނު ގޮތާއި، އެ ޒަމާނުގެ ސަގާފަތް ބަލައިލުމުގެ ފުރުސަތު މި ވާޗުއަލް ރިއެލިޓީ ސިމިއުލޭޝަނުން ލިބިގެން ދާނެއެވެ. ސޫދާންގެ މޮންރޯ ޕިރަމިޑްތަށް ބިނާކޮށްފައި ވަނީ މީގެ 2000 އަށް ވުރެ ގިނަ އަހަރު ކުރިން ކަމަށް ތާރީޚުގެ ފަތްފުއްތަކުން ހާމަވެއެވެ. މިހާރު މި ސަރަހައްދު ވަނީ ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ގޫގްލްއިން ލޯންޗް ކުރި މި އާ ޓެކްނޮލޮޖީއާ އެކު ކޮންމެ ތަނަކު ހުރެގެންވެސް މި ޕިރަމިޑްތައް ބަލާލެވޭނެކަމަށް ގޫގްލް އިން މައުލޫމާތު ދިނެވެ. އޭ.އާރް ޓެކްނޮލޮޖީގެ އެހީގައި ގޫގްލްގެ ސްޓްރީޓް ވިއު ޕެނޮރަމިކްގެ ބޭނުންކޮށް ޕިރަމިޑްތަކުގެ އެތެރެއާއި އެ ސަރަހައްދުގައި ހުންނަ ބެއެއް އާސާރީ ތަކެތި ވަރަށް ގާތުން ބަލާލެވޭނެއެވެ. އިނގިރޭސި ބަހުންނާއި، އަރަބި، ޖާމަން، ފްރެންޗް، އަދި ސްޕެނިޝް ބަހުން މި ފީޗާ ބޭނުން ކުރެވޭނެކަމަށްވެސް ގޫގްލްއިން މައުލޫމާތު ދިނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް