އިންޑިޔާގެ ވެރިރަށުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން ބޮޑުވަޒީރު ހިތާމަފާޅުކުރައްވައިފި 

Loading

Facebook
Twitter
WhatsApp

އިންޑިޔާގެ ވެރިރަށް ނިއުދެއްލީގައި އިއްޔެ މެންދުރުގެ ވަގުތެއްގައި ވަނީ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގަފައެވެ. އަދި މިކަމާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު، ނަރެންދްރާ މޯދީ ވަނީ ހިތާމަ ފާޅުކުރައްވާފަ އެވެ. މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ސަރަހައްދުގައި ހުރި ހަތަރު ބުރީގެ ކޮމާޝަލް އިމާރާތެއްގައެވެ. އަލިފާނުގެ ހާދިސާ ކުރިމަތިވާން މެދުވެރިވި ސަބަބު އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް މިހާތަނަށް މިހާދިސާގައި މަރުވެފައިވާ މީހުންގެ އަދަދު 27 އަށް އަރާފައިވާކަމަށް އެ ގައުމުގެ މީޑިޔާތަކުންވަނީ ރިޕޯޓުކޮށްފައިވެއެވެ. އަދި 40 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުވަރުގެ ޒަހަމުތައް ލިބި، ފަރުވާ ދެވެމުންދާކަންވެސް މީޑިޔާތަކުން ރިޕޯޓްކޮށްފައިވެ އެވެ. މީގެ އިތުރުން އަލިފާނުގެ ހާދިސާ ހިނގި ވަގުތު ގާތްގަނޑަކަށް 70 އަށް ވުރެ ގިނަމީހުން ސަލާމަތް ހިސާބުތަކަށް ގެންދެވިފައިވާކަންވެސް މީޑިޔާތަކުން ހާމަކޮށްފައިވެ އެވެ.އިމާރާތުގެ ތިންވަނަ ބުރި އަދި ބަލާފާސްކުރެވިފައިނުވާކަމަށާއި މަރުވެފައިވާ މީހުންގެ އަދަދުތައް އަދި މައްޗަށް ދިޔުން އެކަށީގެންވާކަމަށް ދެއްލީ ފަޔާ ސްޓޭޝަންގެ އޮފިސަރު، އާރޓުލް ގާރްގް މައުލޫމާތުދިނެވެ. އިންޑިޔާގައި މިފަދަ އަލިފާނުގެ ހާދިސާތައް ކުރިމަތިވާ މިންވަރު ވަނީ ކުރިއަށްވުރެ އިތުރުވެފައެވެ. މީހުން ގިނަވެ އިމާރާތްތައް ތޮއްޖެހުމާއެކު ސަލާމަތީ ފިޔަވަޅުތައް އެތަންތަނުގައި އެޅިފައި ނުހުރުމާއި ގުޅިގެން މިފަދަ ކާރިސާތައް ދަނީ އާންމުވަމުންނެވެ. މިގޮތުން ފަހުގެ ތާރީޚެއްގައި އެންމެ ނުރައްކާތެރި އަލިފާނެއް ހިނގާފައިވަނީ މީގެ ތިން އަހރު ކުރިންނެވެ. ކަރަންޓު ވަޔަރިންގެ މައްސަލައެއްގެ ސަބަބުން ދިމާވި މި ކާރިސާގައި 43 މީހުން ވަނީ މަރުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް