ސޫދާންގެ ބޯޓެއް ކަނޑުވެ 15000 ކަންބަޅި ބަކަރި މަރުވެއްޖެ

Loading

Facebook
Twitter
WhatsApp


އިއްޔެގެ ވަގުތެއްގައި ސޫދާން އިން ސައުދީއަށް ދަތުރުކުރަމުން ދިޔަ އާގު ބޯޓެއް ކަނޑުވެ 15000 އަށް ވުރެ ގިނަ ކަންބަޅި ބަކަރި ވަނީ މަރުވެފައެވެ. މިހާދިސާގައި ބޯޓުން ދަތުރުކުރި އެއްވެސް ފަޅުވެރިއަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. 

ސޫދާންގެ ސީނިޔާ ޕޯޓް އޮފިޝަލަކު މިކަމާ ގުޅިގެން އެ ގައުމުގެ ނޫހަކަށް މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ކުރިމަތިވެފައިވަނީ އާގުބޯޓަށް އުފުލޭ ވަރަށް ވުރެ ގިނަ ޖަނަވާރު އަރުވައިގެން ބޯޓު ދަތުރުކުރަން އުޅުމުގެ ސަބަބުންނެވެ. 

ބޯޓު ކަނޑުވި އިރު އެޔަށް 15800 ކަންބަޅި ބަކަރި އަރުވާފއިވާކަމަށް މީޑިޔާ ތަކުން ރިޕޯޓުކުރެެއެވެ.  އާގުބޯޓަށް އަރުވަން ރައްކާތެރި އަދަދަކީ 9000 ކަމަށް ވާއިރު އެހާ ގިނަ އަދަދެއްގެ ބަކަރި އަރުވައިގެން ދަތުރު ކުރި ކުރުން ތިމާވެއްޓާ ބެހޭ ޖަމާއަތްތަކުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. 

ހާދިސާގައި މަރުވި ބަކަރިތަކުގެ އެސްޓިމޭޓް އަގު ހަތަރު މިލިއަނަށް އަރައެވެ. ސަލާމަތް ކުރެވިފައިވަނީ އެންމެ 700 ބަކަރި އެވެ. ސަލާމަތް ކުރެވުނު ބަކަރިތައްވެސް ތިބީ ބަލިޖެހިފައި ކަމަށާއި އެހާ ގިނަ ދުވަހު އެތަކެތި ދިރިތިބޭނެ ކަމުގެ އުންމީދެއް ނެތް ކަމަށްވެސް ސުދާންގެ ލައިވްސްޓޮކް ޑިޕާޓްމެންޓް ހިންގުމާ ހަވާލުވެ ހުންނެވި ސޯލިހް ސަލީމް ވިދާޅުވެފއިވެއެވެ. ސޯލިހް ވަނީ މި ހާދިސާ  އިތުރަށް ތަހުގީގުކުރަން ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް