އީރާނުގެ ނިއުކްލިއާ ސަރަހައްދުތަކުގާ ހަރުކޮށްފާވައިވާ 27 ކެމެރާއެއް އިރާނުން ނަގައިފި

Loading

Facebook
Twitter
WhatsApp

އ.ދ ގެ ނިއުކްލިއާ ހަތިޔާރުތަކާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އިރާނުގެ ނިއުކްލިއާ ސަރަހައްދުތަކުގާ ބަހައްޓާފައިވާ ސާވޭލަންސް ކެމެރާތައް އިރާނުން ވަނީ ނަގަންފައްޓާފައެވެ. އ.ދން ބުނެފައިވާ ގޮތުގައި މީގެ ސަބަބުން 2015ގައި ހެދިފައިވާ ނިއުކްލިއާ ހަތިޔާރު އުފެއްދުމާ ބެހޭ އެއްބަސްވުން އާ ކުރުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިދާނެއެވެ. 

ބައިނަލްއަގުވާމީ އެޓޮމިކް އެނާޖީ  އޭޖަންސީގެ ޑައިރެކްޓަރު ކަމަށްވާ ރަފާލް ގްރޮއްސީ ވިއެނާގައި ކުއްލި ގޮތަކަށް ބޭއްވި ނޫސްބައްދަލުވުމެއްގައި އޭނާ ވަނީ ކެމެރާތައް އިރާނުން ނެގުމަކީ ނިއުކްލިއާ ހަތިޔާރާ ބެހޭ އެއްބަސްވުން އައުކުރުމަށް ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމެކެވެ. މި ބައްދުލު ވުމުގައި އޭނާ ވަނީ އިރާނުގައި ބަހައްޓާފައިވާ ކެމެރާގެ މިސާލެއް ދައްކާފައެވެ. 

ގްރޮއްސީ ބުނެފައިވާ ގޮތުގައި އިރާނުން ކެމެރާތައް ނެގުމުނކުްރިޔަށް އޮތް  4 ހަފްތާ ތެރޭގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ ރަނގަޅު މައުލޫމާތު އ.ދ އަށް ލިބުމުގައި ދަތިތަކާ ކުރިމަތި ލާން ޖެހޭނެ އެވެ. ގްރޮއްސީ ބުނެފައިވާ ގޮތުގައި އީރާނުން 27 ކެމެރާ ނެގުމުން އީރާނުގައި ބާކީ ހުންނާނީ އެންމެ 40 ކެމެރާއެވެ. ކެމެރާ ނަގަން ނިންމާފައިވާ ސަރަހައްދު ތަކުގެ ތެރޭގައި ނަތާންޒް ނިއުކްލިއާ ފެސިލިޓީގެ އިތުރުން އިސްފަހަންގައި ހުންނަ ނިއުކްލިއާ ފެސިލިޓީ ހިމެނެއެވެ. 

ގްރޮއްސީ ބުނެފައިވާ ގޮތުގައި މީގެ ކުރިންވެސް ނިއުކްލިއާ ހަތިޔާރާ ބެހޭ އެއްބަސްވުމުގެ ވާހަކަދެއްކުންތައް ކުރިޔަށް ދަމުން ގޮސްފައިވަނީ ވަރަށް މަޑު ދުވެއްޔެއްގައެވެ. މިހާރުގެ ހާލަތުގެ ސަބަބުން ކުރިޔަށް އޮތް ވާހަކަ ދެއްކުންތައް އިތުރަށް ދަތި ވާނެ ކަމަށް އޭނާ ވަނީ ލަފާ ކޮށްފައެވެ.

މީގެ ކުރިން އިރާނުން ވަނީ ނަތާންޒް ސަރަހައްދުގައި ޔުރޭނިއަމް ހުރި މިންވަރު ދެނެގަތުމަށް ބަހައްޓާފައި ވަސީލަތެއްވެސް ނަގާފައެވެ. 

އިރާނުގެ އޮފިޝަލުން އަންނަނީ މި ފަދަ އަމަލުތައް ކުރިޔަށް ގެންދާ ނަމަ އެހެން ގައުމުތަކުގެ ފަރާތުން ދިމާވެދާނެ ގޮންޖެހުންތަކާ މެދު ނުތަނަވަސްކަން ފާޅު ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް