ތައިލޭންޑްގެ ސަރުކާރުން އާންމުންނަށް ކެނަބިސް ބަހަނީ 

Loading

Facebook
Twitter
WhatsApp

މަސްތުވާއެއްޗެއް ކަމުގައިވާ ކެނަބިސް ބޭނުންކުރުން މަނާ ކުރާ ގަވައިދު އުވާލަން ނިންމައި ތައިލޭންޑު ސަރުކާރުން އެ ގައުމުގެ އާންމުންނަށް އެއް މިލިއަން ކެނަބިސް ގަސް ބަހަން ގަސްތުކުރާކަން އަންގައި އިއުލާނުކޮށްފިއެވެ.އެގައުމުގެ މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސަރުކާރުން މިކަން ކުރާނެކަމަށް އިއުލާނުކޮށްފައިވަނީ މީގެ ތިން ދުވަސް ކުރިންނެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ކެނަބިސް ބޭނުންކުރުން މަނާކޮށްފައިވީ ނަމަވެސް ބައެއް ގައުމުތަކުން މިހާރުވަނީ މިކަން މަނާކުރާ ގާނޫނުތައް އުވާލަން ފަށާފައެވެ. މިގޮތުން މިހާތަނަށް 40 ގައުމަކުން ކެނަބިސް ބޭނުންކުރުމުގެ ހުއްދަ ވަނީ ދީފައެވެ. ކެނަބިސް ބޭނުންކުރުން މަނާކުރާ ގަވައިދުތައް މި އަހަރުގެ ޖޫންމަހުގެ ކުރިން އުވާލާނެކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ.ތައިލޭންޑުގެ ހެލްތް މިނިސްޓަރ ބުނުއްވި ގޮތުގައި ކެނަބިސް ގަސް އާންމުންނަށް ބެހުމުގެ މަގްސަދަކީ މިކަމުން ގައުމަށް ވަންނަ ބޭރު ފައިސާ އިތުރުކޮށް ފަތުރުވެރިން ގައުމަށް ޒިޔާރަތް ކުރާ މިންވަރު އިތުރުކުރުމެވެ. ނަމަވެސް ކެނަބިސް ގަސް އިންދައި އެ ބެލެހެއްޓުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވަނީ ނަހަމަ ގޮތުގައި ބޭނުންނުކޮށް ހަމައެކަނި ބޭސްވެރިކަމަށް މި ގަސް ބޭނުންކުރާނެކަމަށް އެއްބަސްވެ އެގްރީމެންޓެއްގައި ސޮއިކުރާ ފަރާތްތަކަށް އެކަންޏެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލައިލާ އިރު، އެމެރިކާ އާއި ޔޫރަޕުގެ ބައެއް ގައުމުތަކުން ވަނީ ކެނަބިސް ބޭނުންކުރުން ހުއްދަކޮށް ކުރީގެ ގަވައިދުތައް އުވާލާފައެވެ. މީގެ އިތުރުން މެލޭޝިޔާ އާއި ޖަރުމަނުވިލާތުންވެސް ދަނީ މިކަމާބެހޭ މަޝްވަރާތައް ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް