ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު އަވަހާރަކޮށްލެވުނީ ފުލުހުންގެ އިހުމާލުގެ ސަބަބުން ކަމަށް ތުހުމަތުކޮށްފި

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު، ޝިންޒޯ އަބޭ މަރާލި މައްސަލައިގައި ފުލުހުންގެ އިހުމާލު ވަރަށް ބޮޑޫކަމަށް އެ ގައުމުގެ މިހާރުގެ ބޮޑުވަޒީރު، ފުމިއޯ ކިޝިޑާ ތުހުމަތުކުރައްވައިފިއެވެ. އަދި ފުލުހުންގެ ސެކިއުރިޓީ އެކަށީގެންވާ މިންވަރަށް ވުރެ ހަރުދަނާކަން ކުޑަކަމަށް ނިޝިޑާގެ ވާހަފުޅުގައި ފާހަގަކުރެއްވިއެވެ.  ނިޝިޑާ ވިދާޅުވި ގޮތުގައި އަވަހާރަވި ކުރީގެ ބޮޑުވަޒީރުގެ މައްސަލަ ނެޝަނަލް ޕަބްލިކް ސޭފްޓީ ކޮމިޝަނުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އަދި މިކަމާ ގުޅިގެން ފިޔަވަޅު އަޅަންޖެހޭ މީހުންނާ މެދު ފިޔަވަޅު އެޅުން ލަސްނުކުރައްވާނެކަމަށްވެސް އޭނާ […]

އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު ސައުދީގެ އަމީރަށް ޝުކުރުއަދާކޮށްފި

އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު އަދި މިހާރު އެ ގައުމުގެ ސިޔާސީ ޕާޓީގެ ލީޑަރު ކަމުގައިވާ ބެންޖެމިން ނަތަންޔާހޫ،  ސައުދީގެ އަމީރު، މުހަންމަދް ބުން ސަލްމާން އަށް ޝުކުރު އަދާކުރައްވައިފިއެވެ. ސައުދީގެ އަމީރަށް އޭނާ ޝުކުރު އަދާކޮށްފައިވަނީ އިޒްރޭލާއި އަރަބި ގައުމުތަކާ ދެމެދު ގުޅުން ބަދަހި ކުރުމުގެ މަގު ފަހިކޮށްދެމުން ގެންދާތީއެވެ. އިޒްރޭލުގެ ބޮޑޫވަޒީރުގެ މަގާމުގައި ކުރިން ހުންނެވި ނަތަންޔާހޫ މަގާމުން ވަކިވެފައިވަނީ މިދިޔަ އަހަރުއެވެ. ނަމަވެސް ދެވަނަ ދައުރަކަށް ކުރިމަތިލައި ހޮވިއްޖެ ނަމަ އަރަބި ގައުމުތަކާއެކު ގުޅުން […]

ސްރީލަންކާގެ ރައީސްގެ ގެކޮޅުން ނެގި ފައިސާ ފުލުހުން ހޯދައިފި

ސްރީލަންކާގެ ރައީސްގެ ގެކޮޅަށް މުޒާހަރާގެ ބައިވެރިން ވަދެ ނެގި ފައިސާ، އެމީހުން ފުލުހުންނާއި ހަވާލު ކޮށްފިއެވެ.  މިކަމާ ގުޅިގެން ސްރީލަންކާގެ ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މުޒާހަރާގެ ބައިވެރިން ވަނީ ޖުމްލަ 17،850،000 ސްރީލަންކާ ފައިސާގެ އަދަދެއް ފުލުހުންނާ ހަވާލުކޮށްފައެވެ. މުޒާހަރާގެ ބައިވެރިން މި ފައިސާ ހަވާލުކޮށްފައިވަނީ އެގަޑީގައި ހަރަކާތްތެިވަމުން ދިޔަ  އޯއައިސީ ޕޮލިސް ސްޓޭޝަންގެ ފުލުހުންތަކަކަށެވެ.  ފުލުުހުން ނެރެފައިވާ ބަޔާނުގަވާ ގޮތުގައި މި ފައިސާއަށް ހަދާނެ ގޮތަކާ ބެހޭ މައުލޫމާތު މާދަމާ އާންމުކުރާނެއެވެ. ގައުމުގެ […]

ސަހަރާގައި 20 މީހުން މަރުވެފައި ވަނިކޮށް ފެނިއްޖެ

ލިބިޔާގެ ސަހަރާއަށް ގެއްލުނު 20 މީހުން މަރުވެފައިވަނިކޮށް ފެނިއްޖެއެވެ. މި މީހުންގެ ހަށިތައް ފެނިފައިވަނީ އެއްގަމުއުޅަނދެއްގައި ދަތުރުކުރަމުންދިޔަ އާންމުންގެ މީހަކަށެވެ. ބޭރުގެ މީޑީޔާތަކުން ރިޕޯޓުކުރާ ގޮތުގައި މަރުވެފައިވާ މީހުންގެ ހަށިތައް ފެނިފައިވަނީ ސަހަރާގެ މީހުން މަދު ހިސާބަކުންނެވެ. އެއީ ކުރްފާ އާއި 320 ކިލޯމީޓަރާއި ޗާދްގެ ބޯޑަރާއި 120 ކިލޯމީޓަރު ދުރު ހިސާބަކުންނެވެ.  ލަފާކުރެވޭ ގޮތުގައި މި މީހުން މަރުވެފައިވަނީ ސަހަރާގައި ދަތުރުކުރަން އުޅުމުގެ ތެރޭގައި މަގު އޮޅި ކާބޯތަކެއްޗާއި ފެން ހުސްވުމުގެ ސަބަބުންނެވެ. އަދި އެމީހުން […]

ޗައިނާއާއި ރަޝިޔާ ގުޅިގެން އެމެރިކާ ޑޮލަރުގެ އަގު ވައްޓާލެވޭ ވަރުގެ މުޅިން އައު ފައިސާއެއް އުފައްދަނީ

މިދިޔަ ހަފްތާގައި ރަޝިޔާގެ ރައިސް ވްލަޑްމީރް ޕުޓިން ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ބުނުއްވި ގޮތުގައި އެ ގައުމުން ވަނީ ޗައިނާއާ ގުޅިގެން މުޅިން އައު ގްލޯބަލް ރިސާވް ކަރެންސީއެއް އުފެއްދުުމުގެ މަސައްކަތް ފަށާފައެވެ. ޕުޓިން ވިދާޅުވި ގޮތުގައި މި ފައިސާ އުފައްދައި ބޭނުންކުރުމުގައި ބްރެޒިލް، އިންޑިޔާ، ޗައިނާ، އަދި ސައުތް އެފްރިކާއިން ބައިވެރިވާނެއެވެ. މި ގައުމުތަކުން މިފަދަ ކަރެންސީ ރިސާވްއެއް އުފައްދާ އެ ގައުމުތަކުގެ މެދުގައި ބޭނުން ކުރަން ފަށައިފި ނަމަ އެ ގައުމުތަކުގެ […]

ބިންހެލުމުގެ ސަބަބުން ހާލުގައިޖެހިފައިވާ އަފްޣާނިސްތާނު ރައްޔިތުންނަށް އެކި ގަައުމުތަކުން އެހީ ފޯރުކޮށްދެނީ

މީގެ ދެ ދުވަސް ކުރިން އަފްޣާނިސްތާނުގެ ޚަބުލްއަށް ނުރައްކާތެރި ބިންހެލުމެއް އަރައި އެ ގައުމުގެ ބޮޑު ސަރަހައްދެއް ވަނީ އެއްކޮށް ވީރާނާވެފައެވެ. މިހާތަނަށް މި ހާދިސާގައި މަރުވެފައިވާ މީހުންގެ އަދަދު 1000 އަށްވުރެ މައްޗަށް އަރާފައިވާ އިރު އަވަށްޓެރި ގައުމުތަކުން ދަނީ އަފްޣާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން އަވަށްޓެރި އިންޑިޔާއާއި ޕާކިސްތާނުން ވަނީ އަފްޣާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދީ އެކަން އިއުލާނުކޮށްފައެވެ.  އިންޑިޔާގެ ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އިއްޔެގެ ވަގުތެއްގައި އެ ގައުމުން ވަނީ […]

ޑރ.މަހާތިރް: ގައުމެއްގެ ތަރައްގީގެ އަސްލަކީ  އެ ގައުމެއްގެ ވެރިންގެ ގާބިލުކަން

ގައުމެއްގެ މުސްތަގުބުލާއި ކުރިއެރުން ބިނާވެފައިވަނީ އެ ގައުމެއްގެ ވެރިންގެ ގާބިލިކަމުގެ މައްޗަށް ކަމަށާއި ގައުމެއް ކުރިއަރާނީ އެ ގައުމެއް ހިންގަން ތިބި ބޭފުޅުންނަކީ އެ ގައުމެއްގެ ރައްޔިތުންނާ ދޭތެރޭ އަބަދުވެސް ވިސްނާ ފިކުރުކުރާ ބޭފުޅުން ކަމުގައި ވެގެން ކަމަށް މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު، ޓުން ޑރ. މަހާތިރް މުހަންމަދް ވިދާޅުވެއްޖެއެވެ. ޑރ. މަހާތިރް މުހަންމަދް މިހެން ވިދާޅުވީ ނަސްޑެމް ޕާޓީގެ ފަރާތުން ބޭއްވި ސިޔާސީ ބައްދަލުވުމެއްގައި ރައްޔިތުންނާ މުުޚާތަބްކޮށް ވާހަކަފުޅުދައްކަވަމުންނެވެ.  މީގެ އިތުރުން އޭނާގެ ވާހަކަ ފުޅުގައި […]

ބަންގްލަދޭޝް އާއި އިންޑިޔާގައި ފެންބޮޑުވެ އެތައް ބަޔެއްގެ ފުރާނަ ގެއްލެނީ

ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހުޅަނގު މޫސުމުގެ ވިއްސާރާގައި އިންޑިޔާ އާއި ބަންގްލަދޭޝްގެ އެކި ސަރަހައްދު ތަކުގައި ފެން ބޮޑުވެ އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. މި އަހަރުގެ ވިއްސާރާގައި މިހާތަނަށް 41 މީހުން މަރުވެފައިވާ ކަމަށް މީޑިޔާ ތަކުން ރިޕޯޓުކޮށްފައިވެއެވެ.  ބަންގްލަދޭޝްގެ އުތުރާއި އިރުމަތީގެ ސަރަހައްދުތަކުގެ ސަހަރުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ސްކޫލުތަކުގައި ކިޔަވައިދިނުން ވަގުތީގޮތުން ހުއްޓާލައި އެތަންތަން ވަނީ އެމަޖެންސީ އެހީދޭ ސެންޓަރުތަކަކަށް ބަދަލުކޮށްފައެވެ.  ފެންބޮޑުވުމުގެ އިތުރުން ވިއްސާރާގައި ހޮނު އެޅުމުގެ ހާދިސާތަކުގައި މިހާތަނަށް […]

ޖައްވު ތަޣައްޔަރު ވުމުގެ ނަތީޖާއެއްގެ ގޮތުން އިންޑިޔާގައި ދިރިއުޅޭ މީހުންގެ އުމުރު ކުރުވެފައިވާ ކަމަށް ދިރާސާ އަކުން ހާމަވެއްޖެ

އިންޑިޔާ އަކީ ދުނިޔޭގެ އެންމެ މީހުން ގިނަ އެއް ގައުމު ކަމަށް ވާ އިރު އެ ގައުމުގެ އެކި އެކި ކާރުޚާނާ ތަކުންނާއި އިންޖީނުލީ އުޅަނދުފަހަރުން ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ ސަބަބުން ޖައްވު ތަޣައްޔަރު ވެފައިވާ މައްސަލައަކީ ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށް އެމެރިކާގެ އެނާޖީ ޕޮލިސީ އިންސްޓިޓިއުޓް އެޓް ދި ޔުނިވާސިޓީ އޮފް  ޝިކާގޯއިން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ. 300 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ މި ގައުމުގައި މިކަން ގޯސްވެފައިވާ މިންވަރު އެންމެ […]

ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައާ ގުޅިގެން ހިންގަމުންދާ ހަމަނުޖެހުންތަކުގައި 200 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި

އިންޑިއާގެ ޓީވީ ޗެނަލެއްގައި ދެއްކި ޕްރޮގްރާމެއްގައި ރަސޫލާއަށް ފުރައްސާރަކޮށް ބީޖޭޕީގެ ނޭޝަނަލް ސްޕޯކްސްޕާސަން ނުޕުރް ޝަރުމާ އާއި ނިއުދިއްލީގައި ހުނަން ބީޖޭޕީ ޕާޓީގެ މީޑިއާ އިންޗާޖް ނަވީން ކުމާރު ވާހަކަ ދެއްކުމާއި ގުޅިގެން އެ ގައުމުގެ ރައްޔިތުންނާއި އިސްލާމީ ގައުމުތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. މިގޮތުން އިންޑިޔާގެ އެކި ސަރަހައްދު ތަކުގައި މީހުން އެއްވެ ވަނީ މިކަމާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާކޮށްފައެވެ. މި މުޒާހަރާ ތަކުގައި މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް […]