ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު އަވަހާރަކޮށްލެވުނީ ފުލުހުންގެ އިހުމާލުގެ ސަބަބުން ކަމަށް ތުހުމަތުކޮށްފި

Loading

Facebook
Twitter
WhatsApp


ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު، ޝިންޒޯ އަބޭ މަރާލި މައްސަލައިގައި ފުލުހުންގެ އިހުމާލު ވަރަށް ބޮޑޫކަމަށް އެ ގައުމުގެ މިހާރުގެ ބޮޑުވަޒީރު، ފުމިއޯ ކިޝިޑާ ތުހުމަތުކުރައްވައިފިއެވެ. އަދި ފުލުހުންގެ ސެކިއުރިޓީ އެކަށީގެންވާ މިންވަރަށް ވުރެ ހަރުދަނާކަން ކުޑަކަމަށް ނިޝިޑާގެ ވާހަފުޅުގައި ފާހަގަކުރެއްވިއެވެ. 

ނިޝިޑާ ވިދާޅުވި ގޮތުގައި އަވަހާރަވި ކުރީގެ ބޮޑުވަޒީރުގެ މައްސަލަ ނެޝަނަލް ޕަބްލިކް ސޭފްޓީ ކޮމިޝަނުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އަދި މިކަމާ ގުޅިގެން ފިޔަވަޅު އަޅަންޖެހޭ މީހުންނާ މެދު ފިޔަވަޅު އެޅުން ލަސްނުކުރައްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު، އަބޭ އަވަހާރަކޮށްލާފައިވަނީ މި މަހުގެ އަށްވަނަ ދުވަހު ބަޑީގެ ހަމަލާއެއްގައެވެ. އެމަނިކުފާނު އެވަގުތު ހުންނެވީ ނާރާ ސިޓީގައި ރައްޔިތުންނާ މުޚާތބުކޮށް ސްޕީޗެއް ދެއްވަވަންނެވެ. މި ހަމަލާ ވެގެން ދިޔައީ ޖަޕާނުގެ އިތުރުން މުޅި ދުނިޔެ ސިއްސުވާލި ހަމަލާއަކަށެވެ.

ކުރީގެ ބޮޑުވަޒީރުގެ ހަށިކޮޅަށް  ބަޑިޖަހައި އޭނާ މަރާލާފައިވަނީ އުމުރުން 41 އަހަރުގެ ޓެޓްސޫޔާ ޔަމަގަމީއެވެ. އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ބެލެވޭ ގޮތުގައި މި ހަމަލާގެ ފަހަތުގައި ވަނީ ދީނީ ހިޔާލުތަފާތުވުންތަކާ ގުޅުންހުރި ރުޅިވެރިކަމާއި ނަފްރަތެވެ.

އެ ދުވަހުގެ މި ހަމަލާ ދައްކުވައިދޭ ވީޑިޔޯތަކުން ހާމަވާ ގޮތުގައި ބޮޑުވަޒީރުގެ ގައިކޮޅަށް ބަޑި ޖެހުމަށްޓަކައި ޓެޓްސޫޔާ ވަނީ އެމަނިކުފާނާއި ވަރަށް ކައިރި ހިސާބަކަށް ގޮސްފައެވެ. މި ހަމަލާގައި ފުލުހުންގެ އިހުމާލު ވާކަމަށް ނިޝިޑާ ތުހުމަތު ކުރައްވާފައިވަނީ މިހެންވެއެވެ.

ބޮޑުވަޒީރު އަވަހާރަވުމާ ގުޅިގެން ޖަޕާނުން ވަނީ އެ މަނިކުފާނުގެ ހިދުމަތްތަކުގެ އަގުވަޒަންކޮށް އެމަނިކާފާނަށް ތައުޒިޔާ ކިޔާފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް