ސްރީލަންކާގެ ރައީސްގެ ގެކޮޅުން ނެގި ފައިސާ ފުލުހުން ހޯދައިފި

Loading

Facebook
Twitter
WhatsApp

ސްރީލަންކާގެ ރައީސްގެ ގެކޮޅަށް މުޒާހަރާގެ ބައިވެރިން ވަދެ ނެގި ފައިސާ، އެމީހުން ފުލުހުންނާއި ހަވާލު ކޮށްފިއެވެ. 

މިކަމާ ގުޅިގެން ސްރީލަންކާގެ ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މުޒާހަރާގެ ބައިވެރިން ވަނީ ޖުމްލަ 17،850،000 ސްރީލަންކާ ފައިސާގެ އަދަދެއް ފުލުހުންނާ ހަވާލުކޮށްފައެވެ. މުޒާހަރާގެ ބައިވެރިން މި ފައިސާ ހަވާލުކޮށްފައިވަނީ އެގަޑީގައި ހަރަކާތްތެިވަމުން ދިޔަ  އޯއައިސީ ޕޮލިސް ސްޓޭޝަންގެ ފުލުހުންތަކަކަށެވެ. 

ފުލުުހުން ނެރެފައިވާ ބަޔާނުގަވާ ގޮތުގައި މި ފައިސާއަށް ހަދާނެ ގޮތަކާ ބެހޭ މައުލޫމާތު މާދަމާ އާންމުކުރާނެއެވެ.

ގައުމުގެ ހާލަތު ދަށަށް ގޮސް ގައުމު ބަނގުރޫޓުވާ ހިސާބަށް ދިޔުމާއިއެކު ސްރީލަންކާގެ ރައްޔިތުން ވަނީ ވެރިރަށް ކޮލަމްބޯގެ އެކި ހިސާބުތަކުގައި މުޒާހަރާކޮށްފައެވެ. މިގޮތުން މިދިޔަ ހޮނިހިރު ދުވަހު މުޒާހަރާގެ ބައިވެރިން ވަނީ ރައީސްގެ ގޮކޮޅަވެސް ވެރިވެގަނެފައެވެ. 

ސްރީލަންކާގެ ރައީސް ރާޖަޕަކްސާ މި މަހު 13 ވަނަ ދުވަހު އިސްތިއުފަ ދެއްވަންދެން މުޒާހަރާގެ ބައިވެރިން ނުހުއްޓާނެކަމަށް އެމީހުން ދަނީ ބުނަމުންނެވެ.

Loading

2 Responses

    1. ތިކަމުގައި އޮތް އެންމެ ރަނގަޅުގޮތަކީ އެއަށްވުރެ ތާހިރުކޮށް ކިޔުންތެރިންނަށް ޚަބަރުތައް ގެނެސް ދިނުމުގައި ތިބާގެ ދައުރުވެސް ބޮޑު ކުރައްވަންވީއެވެ. ސަންދާނު މަރުހަބާ ކިޔާނެއެވެ. އީމޭލް އެވަނީ ސައިޓުގެ ތިރީގައި. ލިޔަންފަށްޓަވާށެވެ. ޝުކުރިއްޔާ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް