ޗައިނާއާއި ރަޝިޔާ ގުޅިގެން އެމެރިކާ ޑޮލަރުގެ އަގު ވައްޓާލެވޭ ވަރުގެ މުޅިން އައު ފައިސާއެއް އުފައްދަނީ

Facebook
Twitter
WhatsApp
59BC642C-0104-420F-B722-AA098A722D99

މިދިޔަ ހަފްތާގައި ރަޝިޔާގެ ރައިސް ވްލަޑްމީރް ޕުޓިން ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ބުނުއްވި ގޮތުގައި އެ ގައުމުން ވަނީ ޗައިނާއާ ގުޅިގެން މުޅިން އައު ގްލޯބަލް ރިސާވް ކަރެންސީއެއް އުފެއްދުުމުގެ މަސައްކަތް ފަށާފައެވެ. ޕުޓިން ވިދާޅުވި ގޮތުގައި މި ފައިސާ އުފައްދައި ބޭނުންކުރުމުގައި ބްރެޒިލް، އިންޑިޔާ، ޗައިނާ، އަދި ސައުތް އެފްރިކާއިން ބައިވެރިވާނެއެވެ.

މި ގައުމުތަކުން މިފަދަ ކަރެންސީ ރިސާވްއެއް އުފައްދާ އެ ގައުމުތަކުގެ މެދުގައި ބޭނުން ކުރަން ފަށައިފި ނަމަ އެ ގައުމުތަކުގެ ބާރު ފޯރާ އެހެން ގައުމުތަކުންވެސް މި ފައިސާ ބޭނުންކުރަން ފަށާނެކަމަށް ކަމާބެހޭ ތަޖުރިބާކާރުން ލަފާކުރެއެވެ. މިގޮތުން ސައުތް އޭޝިޔާގެ ގައުމުތަކާއި އިރުމަތީ އަރަބި ގައުމުތަކުން މި ފައިސާ ބޭނުންކުރަން ފެށުން އެކަށީގެންވާ ކަމަށާއި މިހެން މިކަން ވެއްޖެނަމަ ޑޮލަރުގެ އަގު ވަރަށް ބޮޑުތަން ވެއްޓޭނެކަމަށްވެސް ކަމާބެހޭ މާހިރުން ދެކެއެވެ.

ޒަމާނުއްސުރެ ދުނިޔޭގެ ވިޔަފާރީގައި އެންމެ މައިގަނޑު ފައިސާގެ ބާވަތެއްގެ ގޮތުގައި ބެލެވިފައިވަނީ ޑޮލަރެވެ. ނަމަވެސް ޑޮލަރުގެ އަގާއި ބޭނުން ފަހަކަށް އައިސް ވަނީ ކުރިޔާ އަޅައިބަލާއިރު ވަރަށް ބޮޑުތަން ދަށަށްގޮސްފައެވެ. ސެންޓްރަލް ބޭންކުތަކުން މިހާރު ދަނީ އެ ބޭންކުތަކުގައި ބޭނުންކުރެވޭ ފައިސާގެ ވައްތަރުތައް އިތުރުކުރުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން ދުނިޔޭގެ ބޮޑެތި ބޭންކުތަކުން ޗައިނާގެ ޔުއާން އާއި ސްވީޑެންގެ ކްރޯން އާއި ސައުތް ކޮރެއާގެ  ވޮން ފަދަ ފައިސާެގެ ބާވަތްތައް ބޭނުންކުރުން ވަނީ އިތުރުކޮށްފައެވެ.

ރަޝިޔާއިން މި ނިންމުން ނިންމައި އިއުލާނުކޮށްފައިވަނީ ޔޫކްރޭން ހަނގުރާމައާ ގުޅިގެން ހުޅަނގުގެ ގައުމުތަކުން އެގައުމަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ރަޝިޔާއާ އެކު ވިޔަފާރީގެ މުއާމަލާތްތައް ހުއްޓާލާފައިވާ ދަނޑިވަޅެއްގައެވެ.

One Response

  1. ވަރަށް ރަނގަޅު ވިސްނުމެކެވެ. އެހެނީ އެމެރިކާ ޑޮލަރުވެސް އެއީ ހަމަ އެމީހުން ހިތައް އެރީމާ ޕްރިންޓްކުރަ ފައިސާއެކެވެ. ޕެޓްރޯ ޑޮލަރަށް ހެދިފާއޮތީމާ މާ މޮޅު ކަރަންސީއަކަށް ވަނީއެވެ. ހަމަ އެހެން ބަޔަކު ތިގޮތަށް އެކުވެގެން ފައިސާ ހަދައި ރަނަށް ޕްލެޖްކޮށްފިނަމަ ޑޮލަރގެ އަގުދަށްވެ ޑޮލަރުން މުޢާމުލާތު ކުރާ މީހުން މަދުވާނެއެވެ. އޭގަ މިސާލު އެވަނީ ރަޝީޔާއިން ދައްކާފައެވެ. ހަނގުރާމަ ފެށުނު އިރު ރަޝިޔާގެ ފައިސާ އެމެރިކާ ޑޮލަރަކަށް 98 އެވެ. މިހާރު 53.44 އެކވެ. އެއްޗެސް އެނގުނީނޫހެއްޔެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް