ކުރު ވާހަކަ: ގާޒީގެ ކުކުޅުގެ ބަރަކާތް
އެއްދުވަހަކު، މީހަކު ކަތިލައިފައި އޮތް ކުކުޅެއް ހިފައިގެން ކުކުޅު ވިއްކާ ފިހާރައަކަށް ދިޔައެވެ. އަދި އެ ފިހާރައިގެ ސޭޓު ގާތު އޭނާގެ ކުކުޅު ސާފުކޮށްލައި ކޮށާއިދިނުމަށް އެދިފައި، ތިމަންނަ އެބަ އަންނަމޭ ބުނެފައި ދިޔައެވެ. އެ ވަގުތު ކުކުޅު ފިހާރައަށް ރަށުގެ ގާޒީ އައެވެ. އަދި ކުކުޅެއް ވިއްކުމަށް އެދުނެވެ. ދެން، ފިހާރައިގެ ސޭޓު ބުނީ ކުކުޅު ހުސްވެއްޖެ ކަމެވެ. ފިހާރައިގައި އޮތީ މީހަކު ސާފުކޮށްފައި ކޮށަންދީފައި އޮތް ކުކުޅެއް ކަމެވެ. ސޭޓުގެ ވާހަކަ އަޑުއަހައިފައި ގާޒީ ބުނީ އެ ކުކުޅު ދިނުމަށެވެ. […]
ކަޓްނަގާފައިވެސް އައްޑޫގެ މަގުތައްހެދޭވަރު ބަޔަކާ ޙަވާލުކުރާނެނަމަ!
އިންޑިޔާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުންނަށް މުސާރަނުދީ އަދި ކާންނުލިބޭ ކަމަށްބުނެ އައްޑޫގައި އިޙުތިޖާޖް ކުރަމުން ގެންދަނީއެވެ. އައްޑޫސިޓީ މަގު ހެދުމުގެ މަޝްރޫޢުގެ މައިގަނޑު މަސައްކަތް ކުރުމަށް އެކުންފުންޏާއި ޙަވާލުކޮށްފާވަނީ ޓެންޑަރ އުސޫލަކުން ބިޑްކޮށްގެން އަފަދަ މަސައްކަތެއް ކުރެވޭވަރުގެ ފެންވަރުހުރި ނުވަތަ އެންމެ އަގުހެޔޮ ފަރާތެއް ބެލުމަކާއި ލައިގެނެއްވެސް ނޫނެވެ. މި މަސައްކަތް ހުއްޓިފައިވާތާ މިއަދަށް މިއީ ތިން ވަނަ ދުވަހެވެ. މަސައްކަތް ހުއްޓުމާއި ގުޅިގެން ކައުންސިލުން ކަންބޮޑުވުންތަކެއް ހުރިކަމަށް އައްޑޫސިޓީ ކައުންސިލަރަކު ވަނީ ހާމަކޮށްފިއެވެ. ނަމަވެސް ކައުންސިލްއަށް ކުރެވޭނެ މާބޮޑުކަމެއް ނެތްކަމަށް ކައުންސިލަރ ވިދާޅުވިއެވެ. މިކަމާއި ބެހޭގޮތުން އަައްޑޫސިޓީން ވާހަކަދެއްކެވި ރައްޔަތަކު، އިބްރާހިމް ސޯލިޙު […]
ޔޫއެންއިން ތާލިބާނަށް އިންޒާރެއް
ޔުނައިޓެޑް ނޭޝަންސް ސެކިއުރިޓީ ކައުންސިލުން އިއްޔެގް ވަގުތެއްގައި ބޭއްވި ކުއްލި ބައްދަލުވުމަކަށް ފަހު އަފްޣާނިސްތާނުގެ އަންހެނުންގެ ހައްގުތައް އަނބުރައި ދިނުމަށް ތާލިބާނުންނަށް ގޮވާލައިފިއެވެ. ”އަފްޣާނިސްތާނުގެ އަންހެނުންނާ ދެކޮޅަށް ތާލިބާނުން ގާއިމްކޮށްފައިވާ ހަރުކަށި ގަވައިދުތައް މިހާރުން މިހާރަށް އުވާލުމަށް ގޮވާލަން“ ޖާޕާނުގެ ސަފީރު އިޝިކާނޭ ކިމިހިރޯ ވިދާޅުވިއެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ އިއްޔެ ބޭއްވުނު ބައްދަލުވުމަށް ފަހު ޔޫއެންއެސްސީގެ ފަރަތުން ރަސްމީކޮށް ވާހަކަފުޅުދައްކަވަމުންނެވެ. ޔޫއެންއެސްސީގައި ހިމެނެނީ 15 ގައުމެވެ. މިތަނުން މިކަމަށް ތާއިދުކޮށްފައިވަނީ 11 ގައުމަކުންނެވެ. 2021 ވަނަ […]
ކޮވިޑްގެ އާ ވޭރިއެންޓެއް ސިންގަޕޫރު ސިއްސުވާލައިފި
ކޮވިޑްގެ އައު ވޭރިއެންޓް އެ ގައުމުގައި ހަލުވިކަމާއެކު ފެތުރެމުންދާތީ ސިންގަޕޫރުގެ ސިއްހީ އިދާރާތަކުން އެ ގައުމުގެ ރައްޔިތުންނަށް މާސްކް އެޅުމަށް ގޮވާލައިފިއެވެ. ކޮވިޑްގެ އޮމިކްރޯން ވޭރިއެންޓް XBB ނަމަކަށް ކިޔާ މި އައު ވޭރިއެންޓަކީ މުޅި ދުނިޔެ ސިއްސުވާލި ކޮވިޑްގެ ޑެލްޓާ ވޭރިއެންޓަށް ވުރެ ފަސް ގުނަ ބާރުގަދަ ވޭރިއެންޓެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މި ވޭރިއެންޓްގެ ވައިރަސް ޖެހުމުން ކެއްސާ ކިނބިހި އެޅުމާއި ހުން އައުން ފަދަ އަލާމާތްތަކެއް ނުފެނެއެވެ. މި ވައިރަހުން އިންފެކްޓް ވުމުން ފެންނަ […]
އިންޑިޔާގެ ފާމަސިއުޓިކަލްއަކުން އުފެއްދި ބޭހެއްގެ ސަބަބުން 18 ކުޑަކުދިން މަރުވި މައްސަލަ ބަލަނީ
އިންޑިޔާގެ ޕާމަސިއުޓިކަލްއެއް ކަމަށްވާ މެރިއޮން ބައޯޓެކް އިން އުފައްދާފައިވާ ކޯފް ސިރަޕްއެއް ބޭނުން ކުރުމާ ގުޅިގެން އުޒްބަކިސްތާނުގައި 18 ކުޑަކުދިން މަރުވި މައްސަލަ އެ ދެ ގައުމުން ގުޅިގެން ތަހުގީގު ކުރަން ފަށައިފިއެވެ. އުޒްބަކިސްތާނުގެ ހެލްތް މިނިސްޓްރީން އިއްޔެ ބުނެފައިވާ ގޮތުގައި މި ކޯފް ސިރަޕްގައި ވިހަ މާއްދާއެއް ހިމެނެއެވެ. ޑޮކް ވަން މެކްސް ނަމަކަށް ކިޔާ މި ސިރަޕްގައި ގިނަ އަދަދަކަށް އެތިލިން ގްލައިކޯލް ހިމެނެއެވެ. އުޒްބަކިސްތާނުން މި ކަން އެއްގުމާއެކު އިންޑިޔާގެ ހެލްތް މިނިސްޓްރީއާއި […]
އެއްދުވަހުގެ ތެރޭގައި 37 މިލިއަން މީހުން ކޮވިޑަށް ފައްސިވެއްޖެ
މި ހަފްތާގެ އެންމެ ދުވަހެއްގެ ތެރޭގައި ގާތްގަނޑަށް 37 މިލިއަން މީހުން ޗައިނާގައި ކޮވިޑަށް ފައްސިވެފައިވާކަމަށް އެ ގައުމުގެ ނެޝަނަލް ހެލްތް ކޮމިޝަނުން ބޭއްވި ނޫސް ކޮންފެރެންސެއްގައި ހާމަކޮށްފިއެވެ. މިކަމާ ގުޅިގެން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ ގައުމުގެ 18 ޕަސެންޓް މީހުން، އެއީ ގާތްގަނޑަކަށް 248 މީހުން މި މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ކޮވިޑް ވައިރަސްއާ ކޮންޓެކްޓް ވެފައި ހުރުން އެކަށީގެންވެއެވެ. ފާއިތުވި ދުވަސްތަކުގެ ތެރޭގައި ޗައިނާގައި ކޮވިޑް ކޭސްތައްވަނީ އިންތިހާއަށް […]
އަންހެން މަސައްކަތްތެރިން ގެއަށް ފޮނުވުމަށް ތާލިބާނުން އެންޖީއޯތަކަށް އަންގައިފި
އަފްޣާނިސްތާނުގައި މިހާރު ވެރިކަން ކުރަމުންދާ ތާލިބާން ޖަމާއަތުން އެ ގައުމުގައި އަންހެން މުވައްޒަފުން މަސައްކަތަށް އައުން ހުއްޓުވުމަށް ލޯކަލް އަދި ފޮރިން އެންޖީއޯތަކަށް އަންގައިފިއެވެ. މިކަން އާންމުކޮށް އިއުލާނުކޮށްފައިވަނީ އެގައުމުގެ އިކޮނޮމިކް މިނިސްޓްރީގެ ސިޓީއަކުންނެވެ. އިކޮނޮމިކް މިނިސްޓްރީގެ ތަރުޖަމާނު އަބްދުއްރަހްމާން ހަބީބު ބުނެފައިވަނީ އަންހެނުން އިސްލާމީ ހެދުން އެޅުމުގެ އުސޫލެއް އެޑްމިނިސްޓްރޭޝަނުން މީގެ ކުރިން ކަނޑައަޅާފައިވީނަމަވެސް މި ގޮތަށް ބައެއް މީހުން ތަބާވެފައި ނުވެއެވެ. މި ފިޔަވަޅު އެޅިގެން ދިޔައީ މި ސަބަބާހުރެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. […]
ނޭޕާލުން އިންޑިޔާގެ 16 ފާމަސިއުޓިކަލްއެއް ބްލެކްލިސްޓަށް އަރުވައިފި
ނޭޕާލުގެ ޑްރަގް ރެގިއުލޭޓޮރީ އޮތޯރިޓީން އިންޑިޔާގެ 16 ފާމަސިއުޓިކަލްއެއް ބްލެކްލިސްޓަށް އަރުވައި އެ ކުންފުނިތަކުން އުފައްދާ ބޭސްތައް އެ ގައުމަށް އެތެރެކުރުން މަނާކޮށްފިއެވެ. ނޭޕާލުން ބުނެފައިވާ ގޮތުގައި މި ނިންމުން ނިންމާފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސްޓޭންޑާޑްތަކަށް މި ފާމަސިއުޓިކަލްތަކުން އުފައްދާ ބޭސް ނުފެތޭތީއެވެ. މިގޮތުން މި މަހު 18 ވަނަ ދުވަހު އެ ގައުމުގެ ޑްރަގް ރެގިއުލޭޝަން ޑީޕާޓްމެންޓުން ވަނީ މި ކުންފުނި ތަކުން އުފައްދާ ބޭސް ފާމަސީތަކުން ވިއްކުން މަނާކޮށްފައެވެ. މި ލިސްޓު އާންމުކޮށްފައިވަނީ […]
އަންހެނުން ފިރެހެނުންގެ ހެދުން ލައިގެން އުޅުން މަނާކުރަން މެލޭޝިޔާގައި އައު ގާނޫނެއް ނެރެފި
މެލޭޝިޔާގެ ޓެރެންގަނޫ ސްޓޭޓްއިން ނެރުނު އައު ގާނޫނެއްގައިވާ ގޮތުގެ މަތީން ފިރެހެނުންގެ ހެދުން ލައިގެން އުޅޭ އަންހެނުންނާއި ކައިވެނީގެ ބޭރުން ވިހާ އަންހެނުންނަށް ޝަރުއީގޮތުން އަދަބު ދެވިގެންދާނެއެވެ. މީގެ އިތުރުން ސިހުރު ހަދާމީހުންނާއި އެނޫންވެސް އެފަދަ އެހެނިހެން ކަންކަން ކުރާ މީހުންނަށްވެސް އަދަބުދިނުމަށް އެ ގައުމުން ވަނީ ނިންމާފައެވެ. މި މަހުގެ ކުރީކޮޅު ފާސްކުރެވިފައިވާ މި ގާނޫނުގެ ދަށުން ފިރެހެނުންގެ ހެދުން ލައިގެން އުޅޭ އަންހެނުންނަށް އަދަބެއްގެ ގޮތުން 5000 ރިންގިޓު (1134$) ގެ އަދަދަކުން ޖޫރިމަނާކުރެވިދާނެއެވެ. […]
ޗައިނާގެ ”މޯންސްޓާ ޑްރޯން“ އަކީ ނުރައްކާތެރި ހަތިޔާރެއް
ދާދި ފަހުން ސޯޝަލް މީޑިޔާގައި ދައުރުވި ޕޯސްޓަކުން ވަނީ ޗައިނާއިން އުފައްދާފައިވާ ނުރައްކާތެރި ހަތިޔާރެއް ބޭނުންކުރާތަން ފުރަތަމަ ފަހަރަށް ފޮޓޯއަކުން ފެނިފައެވެ. މި ނުރައްކާތެރި ހަތިޔާރުގެ ނަމަކީ ޓޭންޖިއޯއެން ޓީބީ 001 ޑްރޯންއެވެ. މި ޑްރޯން ދުއްވަން ޕައިލެޓުން ބޭނުމެއް ނުވެއެވެ. އަދި މި ޑްރޯން ގައި ތިން އިންޖީނާއި އެތައް ސަތޭކަ ބޮމަކާއި މިސައިލް ހަރުކުރެވޭނެ ޖާގަ ހުރެއެވެ. އެންމެ ފުރަތަމަ މި ޑްރޯން ޗައިނާއިން އުފައްދާފައި ވަނީ 2017 ވަނަ އަހަރުއެވެ. އަދި މިދިޔަ […]