ކަޓްނަގާފައިވެސް އައްޑޫގެ މަގުތައްހެދޭވަރު ބަޔަކާ ޙަވާލުކުރާނެނަމަ!

Loading

Facebook
Twitter
WhatsApp

އިންޑިޔާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުންނަށް މުސާރަނުދީ އަދި ކާންނުލިބޭ ކަމަށްބުނެ އައްޑޫގައި އިޙުތިޖާޖް ކުރަމުން ގެންދަނީއެވެ. އައްޑޫސިޓީ މަގު ހެދުމުގެ މަޝްރޫޢުގެ މައިގަނޑު މަސައްކަތް ކުރުމަށް އެކުންފުންޏާއި ޙަވާލުކޮށްފާވަނީ ޓެންޑަރ އުސޫލަކުން ބިޑްކޮށްގެން އަފަދަ މަސައްކަތެއް ކުރެވޭވަރުގެ ފެންވަރުހުރި ނުވަތަ އެންމެ އަގުހެޔޮ ފަރާތެއް ބެލުމަކާއި ލައިގެނެއްވެސް ނޫނެވެ.

މި މަސައްކަތް ހުއްޓިފައިވާތާ މިއަދަށް މިއީ ތިން ވަނަ ދުވަހެވެ. މަސައްކަތް ހުއްޓުމާއި ގުޅިގެން ކައުންސިލުން ކަންބޮޑުވުންތަކެއް ހުރިކަމަށް އައްޑޫސިޓީ ކައުންސިލަރަކު ވަނީ ހާމަކޮށްފިއެވެ. ނަމަވެސް ކައުންސިލްއަށް ކުރެވޭނެ މާބޮޑުކަމެއް ނެތްކަމަށް ކައުންސިލަރ ވިދާޅުވިއެވެ.

މިކަމާއި ބެހޭގޮތުން އަައްޑޫސިޓީން ވާހަކަދެއްކެވި ރައްޔަތަކު، އިބްރާހިމް ސޯލިޙު ވިދާޅުވީ މަސައްކަތުމީހުން ބުނާގޮތުގައި އެމީހުނަށް އެތަކެއް މަހެއްގެ މުސާރަނުލިބުމާއި އެ މުވައްޒަފުންގެ ވިސާ އާއި ބޭސްފަރުވާ ނުލިބުމާއި އަދި މަސައްކަތް ކުރެވޭވަރަށް ކާއެތިކޮޅު ނުލިިބުމާއި އަދި އެހެނިހެން ގިނަ މައްސަލަތަކެއް މިދުވެރިވެފާ ވާކަމަށެވެ.

އެހެންވެ އެމީހުންވަނީ މަސައްކަތް ހުއްޓާލާފައެވެ. އެމުއައްޒިފުންގެ ތެރެއިން ބައެއް މީހުން ބުނާގޮތުގައި އެމީހުން އެމީހުންގެ މާލޭގައި ހުންނަ އިންޑިޔާ އެމްބަސީގައިވެސް މިޝަކުވާތައް ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެކަމަށެވެ.ނަމަވެސް އެމްބަސީވެސް އެމީހުންގެ ޝަކުވާތައް ހަޑުއަހާ އެއްވެސް އެދެވޭ އެހީތެރިކަމެއް ފޯރުކޮށްދީފައި ނުވާކަމަށެވެ.

އައްޑޫގެ މަގު ހެދުމުގެ މަޝްރޫއު އަކީ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެންމެ ބިޔަ އެއް މަސެއްކަތެއް ކަމަށް ބުނަމުން ގެންދެއެވެ. މިމަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައިވާއިރު މަސައްކަތްވެސް އެކި ސަބަބުތަކާއި ހުރެ ލަސްވަމުން ދާއިރު ރަށްރަށުގެ މަގުތައްވަނީ އެކިވަރުވަރަށް ކޮނެފައެވެ. އޭގެ ސަބަބުން އެމަގުތައް ބޭނުންކުވޭނެ ގޮތެއްނެތި އެތަނުގެ ރައްޔަތުންނަށް ވަނީ ބޮޑު ތަކްލީފަކަށް ވެފައެވެ.

ތާރު އަޅަން ޖެހޭ މަގުތަކުގެ ތެރެއިން ހިތަދޫގައި އެއްވެސް މަގެއް ނުނިމޭއިރު ފޭދޫގެ ބައެއް މަގުތަކުގެ ތެރެއިން މަގު ހެދުމުގެ މަސައްކަތް ވަނީ ނިމިފައިކަމަށް ބުނެއެވެ.

މިމައްސަލައިގައި އައްޑޫސިޓީ ކައުންސިލުގެ މޭޔަރ ނިޒާރު ވިދާޅުވެފައިވަނީމިމަސައްކަތް ހުއްޓުނުތަނާ ފަހު ދުވަހު މިނިސްޓަރ އަސްލަމް އައްޑޫއަށް ވަޑައިގެން މަސައްކަތުގެ ސައިޓުތައް ބައްލަވަމުން ގެންދެވި ކަމަށެވެ. އަދި އެފްކޮން ކުންފުންޏާއި ވެސް މައްސަލާގައި މަޝްވަރާ ކުރަމުންދާ ކަމަށް ނިޒާރު ވިދާޅުވިއެވެ.

އައްޑޫގެ މަގު ހެދުމުގެ މަޝްރޫޢު ހުއްޓިފައި އޮވެގެން މިހާތަނަށް އެއްވެސް އިދާރާއަކުން ރަސްމީކޮށް ބަހެއް ބުނެފައި ނުވެއެވެ. ނަމަވެސް މައްސަލަތައް ޙައްލު ކުރުމަށް މަސައްކަތް ކުރެވޭ ކަމަށް ސަރުކާރުގެ އޮފިޝަލުން ގެންދަނީބުނަމުންނެވެ.
ސޯލިޙް ވިދާޅުވީ ކަޓްނަގާފައިވެސް އެފަދަ މަސައްކަތެއް ކުރެވޭވަރުގެ ބަޔަކާއިއައްޑޫމަގުތައް ހަދަން ޙަވާލުކޮށްދެއްވި ނަމަ ތާއެވެ. 

އޭނާ ވިދާޅުވީ “ ކަޓް ނެގުމަކީ ކޮންމެ ސަރުކާރެއްގައިވެސް ހިންގާ ކަމެއްކަމަށާއި އެކަން ހުށްޓުވުމަށް އަަފިރިންނަށް ކުރެވޭނެ ކަމެއްނެތް“ ކަމަށެވެ. އަދި އަމުދުން އައްޑޫ މަގުހެދުމުގެ ޕްރޮޖެކް އިންޑިޔާގެ މިކުންފުންޏަށް ބިޑަކާއިނުލައި ޙަވާލުކޮށްފާ ވަނީވެސް ފިތްކަނޑާއިގެން ދާވަރުގެ ބޮޑު އަގެއްގައި ކަމަށެވެ. އެއަގުވެސް ދައްކަންޖެހޭނީ ރައްޔަތުންކަމަށެވެ. 

އައްޑޫމަގު ހެދުމުގެ މަޝްރުޢުގެ ދަށުން ބައެއް މަގުތައް ކޮނެ ބަންދު ކުރެވިފައިވާއިރު، ބައެއް މަގުތަކުން ވެހިކަލްތައް ދަތުރުކުރެވޭނެ ގޮތެއްވެސް ނެތެވެ. އަދި ބައެއް މަގުތަކުގެ ތާރު އެޅުމުގެ މަސައްކަތް ފެށި ނަމަވެސް އެކަންވެސް ވަނީ ތާރު ޑަބިޔާ އޮއްސާލިގޮތަށް ހުއްޓިފައެވެ.

Loading

2 Responses

  1. އިންޑިއާ އައުޓް މޮދީ އައުޓް ރައީސް އިބޫ އައުޓް އިންޑިއާގައި ހުރި ރާއްޖޭގެ އެމްބަސޭ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް ރައީސް އިބޫ އައުޓް އިންޑިއާގައި ހުރި ރާއްޖޭގެ އެމްބަސޭ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް ރައީސް އިބޫ އައުޓް އިންޑިއާގައި ހުރި ރާއްޖޭގެ އެމްބަސޭ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް ރައީސް އިބޫ އައުޓް އިންޑިއާގައި ހުރި ރާއްޖޭގެ އެމްބަސޭ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް ރައީސް އިބޫ އައުޓް އިންޑިއާގައި ހުރި ރާއްޖޭގެ އެމްބަސޭ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް ރައީސް އިބޫ އައުޓް އިންޑިއާގައި ހުރި ރާއްޖޭގެ އެމްބަސޭ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް ރައީސް އިބޫ އައުޓް އިންޑިއާގައި ހުރި ރާއްޖޭގެ އެމްބަސޭ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް ރައީސް އިބޫ އައުޓް އިންޑިއާގައި ހުރި ރާއްޖޭގެ އެމްބަސޭ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް ރައީސް އިބޫ އައުޓް އިންޑިއާގައި ހުރި ރާއްޖޭގެ އެމްބަސޭ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް ރައީސް އިބޫ އައުޓް އިންޑިއާގައި ހުރި ރާއްޖޭގެ އެމްބަސޭ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް ރައީސް އިބޫ އައުޓް އިންޑިއާގައި ހުރި ރާއްޖޭގެ އެމްބަސޭ އައުޓް

  2. އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް