ކޮވިޑްގެ އާ ވޭރިއެންޓެއް ސިންގަޕޫރު ސިއްސުވާލައިފި

Loading

Facebook
Twitter
WhatsApp

ކޮވިޑްގެ އައު ވޭރިއެންޓް އެ ގައުމުގައި ހަލުވިކަމާއެކު ފެތުރެމުންދާތީ ސިންގަޕޫރުގެ ސިއްހީ އިދާރާތަކުން އެ ގައުމުގެ ރައްޔިތުންނަށް މާސްކް އެޅުމަށް ގޮވާލައިފިއެވެ. ކޮވިޑްގެ އޮމިކްރޯން ވޭރިއެންޓް XBB ނަމަކަށް ކިޔާ މި އައު ވޭރިއެންޓަކީ މުޅި ދުނިޔެ ސިއްސުވާލި ކޮވިޑްގެ ޑެލްޓާ ވޭރިއެންޓަށް ވުރެ ފަސް ގުނަ ބާރުގަދަ ވޭރިއެންޓެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. 

މި ވޭރިއެންޓްގެ ވައިރަސް ޖެހުމުން ކެއްސާ ކިނބިހި އެޅުމާއި ހުން އައުން ފަދަ އަލާމާތްތަކެއް ނުފެނެއެވެ. މި ވައިރަހުން އިންފެކްޓް ވުމުން ފެންނަ އާންމު އަލާމާތްތަކަކީ… 

1.      ބޮލުގައި ރިއްސުން

2.      ހުޅުހުޅުގައި ރިއްސުން

3.      ކަރަށް ތަދުވުން 

4.      ބުރަކައްޓަށާއި އުނަގަނޑަށް ތަދުވުން

5.      ނިއުމޮނިއާ

6.      ކާހިތް ނުވުން

މި ވައިރަހުގެ ނުރައްކާތެރިކަން އިތުރުވާ ސަބަބަކީ ނޭވާލުމުގެ ނިޒާމުގެ އެހެން ގުނަވަންތަކަށް މާބޮޑޫ އަސަރެއް ނުކޮށް ފުއްޕާމެއާ ހިސާބަށް ވަރަށް އަވަހަށް ވައިރަސް ދަތުރުކޮށް ފުއްޕާމޭ ހަލާކުކޮށްލާތީއެވެ. ނޭވާލާ ނިޒާމުގެ އެހެން ގުނަވަންތަކުން މި ވައިރަހުގެ އަސަރު ފެންނަން ނުހުންނާތީ ނެފަތުންނާއި އަނގައިން ނެގޭ ސާމްޕަލްތަކުން މި ވައިރަސް ޑައިގްނޯޒް ނުކުރެވެއެވެ.

މި ނުރައްކާތެރި ވޭރިއެންޓް އެ ގައުމުގައި ފެތުރެމުން ދާތީ ސިންގަޕޫރުން ވަނީ މާސްކް އެޅުމަށާއި ގައިދުރުކަން ދެމެހެއްޓުމަށް ގޮވާލާފައެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް