ސަޢޫދީ އެރޭބިޔާގެ ހައި ސްޕީޑް ރޭލުގެ ޑްރައިވަރުންނަށް އަންހެނުން

ސަޢޫދީ އެރޭބިޔާގެ އަންހެނުންނަށް އެއްގަމު އުޅަނދުފަހަރު ދުއްވުން ހުއްދަކުރެވުނީ 2018 ވަނައަހަރުގައެވެ. އެކަމަކު އެގައުމުގައި އަލަށް ތަޢާރުފް ކުރެވުނު ހައި ސްޕީޑް ރޭލުގެ ޑްރައިވަރުންގެ 32 ވަޒީފާއަށް އެދި ހުށައެޅުމަށް މިދިޔަ އަހަރު ހުޅުވާލި ފުރުސަތުގައި 28000 މީހުން އެދިފައިވެއެވެ.  އޭގެ ތެރެއިން ވަޒީފާއަށް ހޮވުނު އެއް ކަނބަލަކީ އިނގިރޭސި ބަސް ކިޔަވާދޭ މުދައްރިސެއްގެ މަގާމުގައި މަސައްކަތް ކުރަމުން ގެންދިޔަ ތާރާ ޢަލީ އެވެ. ހަރަމައިނި ހައި ސްޕީޑް ރެއިލްވޭގައި ޑްރައިވަރަށް ހުރެ މާތްވެގެންވާ މައްކާއިން މަދީނާ އަލް މުނައްވަރާއަށް އޭނާ […]

ކޮރަޕްޝަންގެ އިންޑެކްސްގައި ރާއްޖެއަށް ކުރިއެރުމެއް ނެތް

ކޮރަޕްޝަންގެ އިންޑެކްސްގައި ރާއްޖެ އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) އިން ދައްކައިފިއެވެ. ސީޕީއައި އަކީ ދުނިޔޭގެ 180 ޤައުމެއްގައި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާކަމަށް އާންމުންނަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސާވޭތަކާއި ފަންނީ މާހިރުންގ ހޯދުންތަކުގެ އަލީގައި އެ ޤައުމުތައް ގިންތިކޮށް ޕޮއިންޓްދޭ އިންޑެކްސްއެކެވެ. މި އިންޑެކްސްގައި ބޭނުންކުރަނީ ސުމަކުން ފެށިގެން ސަތޭކައާއި ދެމެދުގެ މިންގަނޑެއް ކަމަށްވާއިރު, ސުމެއް ލިބެނީ ވަރަށް ކޮރަޕްޓް ޤައުމުތަކަށެވެ. އަދި 100 ލިބެނީ ކޮރަޕްޝަންގެ އަމަލުތައް […]

މަދު ފައިސާކޮޅަކަށް ދިވެހި އަންހެނުން ނީލަން ކިޔަނީ! ހުއްޓުވޭނެތަ؟ ހުއްޓަން ބޭނުން ނުވަނީތަ؟

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެކެވެ. ނަމަވެސް ރާއްޖޭގެ ހާލަތަށް ނަޒަރު ހިންގާލާއިރު ހުޅަނގުގެ ގިނަ އާދަތައް ދިވެހީންގެ ތެރެޔަށް މިވަނީ މޫލައިފައެވެ. ފާހިޝް ކަންކަން ރާއްޖޭގައި އާއްމުވެއްޖެއެވެ. ބަނގުރަލާއި މަސްތާއި މިހެން ގޮސް މި ލިސްޓު ކިތަންމެ ދިގަށްވެސް ދަންމާލެވިދާނެއެވެ. އެއްޖިންސުން ގުޅުން ހިންގުމާއި އަމިއްލަ ޖިސްމު މަދު ފައިސާކޮޅަކަށް ނީލަން ކިޔުން ފަދަ މުޑުދާރު ކަންކަން ދިވެހިންގެ ތެރޭގައި މިވަނީ އާއްމުވެފައެވެ. ރާއްޖޭގައި ހާއްސަކޮށް ފުރަ މާލޭގައި ހަށިވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރެއްގައި ކުރަމުން […]

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތަށް 73 އަހަރުގެ މީހަކު ހައްޔަރުކޮށްފި

މެދުރާއްޖެތެރޭ ރަށެއްގައި އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ކ. އއ. އދ. އަދި ވ. އަތޮޅުގައި ހިމެނޭ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ރޭ ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން 73 އަހަރުގެ ދިވެހި ފިރިހެނަކު ރޭގެ ވަގުތެއްގައި ވަނީ ހައްޔަރުކޮށްފައެވެ. އެ މީހާގެ ބަންދާމެދު މިއަދުގެ ވަގުތެއްގައި ގޮތެއް ނިންމާނެއެވެ.  

ނޮޅިވަރަމުގެ ދަނޑުގައި ޓާރފް އަޅަން 3 ދުވަހަށްވެފައި ވަނިކޮށް ޓާރފްތަކުގައި ރޯކޮށްލައިފި

ހދ.ނޮޅިވަރަމުގެ ފުޓްބޯޅަ ދަނޑުގައި ޓާރފް އަޅަން ތިން ދުވަހަށްވެފައި ވަނިކޮށް ޓާރފް ތަކުގައި ރޯކޮށްލައިފިއެވެ. އެ ރަށު ކައުންސިލްގެ ރައީސް ޔޫސުފް މޫސާ ވިދާޅުވީ ޓާރފްތަކުގައި ރޯކޮށްލިކަމުގެ މަޢުލޫމާތު ލިބިވަޑައިގަތީ ރޭ 3:30 ހާއިރު ކަމަށާއި އަލިފާންގަނޑު ނިއްވައިލެވުނީ މިއަދު ހެނދުނު ވީ ފަހުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ބަޔަކު ގަސްތުގައި ކުރި ކަމެކެވެ. ޓާރފް ތަކުގައި ރޯކޮށްލާފައިވަނީ ޓާރފް އަޅަން ތިން ދުވަހަށްވެފައި ވަނިކޮށެވެ. މިކަމާ ގުޅޭ ގޮތުން ޔޫތު މިނިސްޓަރު އަޙްމަދު […]

އިދިކޮޅު ކޯލިޝަނުގެ ”ހޯޕް ކޮންފަރެންސް” ގެ ތެރެއިން ބޮޑު އިހުތިޖާޖެއް

އިދިކޮޅު ކޯލިޝަނުގެ ލީޑަރު ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ކެމްޕޭން ހަރަކާތްތައް ރަސްމީކޮށް ފެށުމަށް ބާއްވާ ކޮންފަރެންސްގެ ތެރެއިން އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. ރައީސް ޔާމީނަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ”ހޯޕް ކޮންފަރެންސް” އޮންނާނީ އަންނަ މަހުގެ 02 އިން ފެށިގެން 04 ވަނަ ދުވަހުގެ ނިޔަލަށެވެ. ކޮންފަރެންސްގެ ތަފްސީލް: ކޮންފަރެންސްގައި ކޯލިޝަންގެ ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުން ބައިވެރިވާނެ. ސްޓިއަރިން […]

ފުއްގިރި މައްސަލަ: ގާޒީ ނަދީމް ވިދާޅުވީ ތަނާޒުލްވާންޖެހޭ ސަބަބެއް ނެތް ކަމަށް

ރ.ފުއްގިރި ކުއްޔަށް ދޫކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއަށް  ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޚިޔާނަތްތެެރިވެވަޑައިގެންނެވި ކަމަށް ބުނާ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ އެއްވެސް މަސްްލަހަތެއް ނެތް ކަމަށާއި މައްސަލައިން ތަނާޒުލުވެވަޑައިގަންނަވަންޖެހޭ ސަބަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ޢަލީ ނަދީމް މިއަދު ވިދާޅުވެއްޖެއެވެ. ފުއްގިރި މައްސަލަ ބެއްލެވުމާ ގާޒީ ޢަލީ ނަދީމް ހަވާލުވެވަޑައިގެންނެވީ ކުރިން އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ޝަކީލު އެ މައްސަލައިން […]

ނޭޓޯ އިން ރަޝިޔާއާ ދެކޮޅަށް ހަނގުރާމައަށް ވަންނަން ތައްޔާރު

ޔުކްރެނިސްކާ ޕްރަވްޑާއިން ނޭޓޯގެ މިލިޓްރީ ކޮމިޓީގެ ޗެއަރ އެޑްމިރަލް ރޮބް ބައުއާ އަށް ޙަވާލާދީ އިއްޔެ ހާމަކުރި ގޮތުގައި ހަތިޔާރު ޖަމާކުރުމަކީ އެޖަމާއަތުގެ އެންމެ މުހިންމު ވިސްނުން ކަމަށާއި އަދި ނޭޓޯއިން މިހާރު އޮތީ ރަޝިޔާއާއި ދެކޮޅަށް ޔޫކްރެއިން ހަނގުރާމާގައި ބައިވެރި ވުމަށް ތައްޔާރަށް ކަމަށެވެ. އެހެންނަމަވެސް މިލިޓްރީގޮތުން ކުރިން އޮތް އިސްނެގުން މިހާރު އެޖަމާޢަތުގެ ތެރޭގައި ގެއްލިއްޖެކަމަށް އޭނާ އެއްބަސްވިއެވެ.               ރޮބް ބައުއާ ވާހަކަ ކުރިއަށް ގެންދަމުން މިދިޔައަހަރު މެޑްރިޑްގައި އޮތް އެ ޖަމާޢަތުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި […]

ދުނިޔެ ދުށް އެންމެމޮޅު ޑިޕްލޮމޭޓަކީވެސް ކީރިތި ރަސޫލާ

އިންޑިއާގެ ޚާރިޖީ ވަޒީރު 28 ޖެނުއަރީ 2023 ވީ ހޮނިހިރު ދުވަހު ދުނިޔެދުށް އެންމެ މޮޅު ޑިޕްލޮމޭޓަކީ ނުވަތަ ޑިޕްލޮމެޓުންނަކީ ލޯޑް ހަނޫމާން އަދި ލޯޑް ކްރިޝްނާ ކަމަށް ދައުވާ ކޮށްފިއެވެ. މިވަރުން ދަނީނަމަ އިންޑިއާގަ މިވަގުތު އޮތް ހިންދުތުވާ ސަރުކާރުން އަދި މޯޑީއަކީ ކަލާނގެއެއް ކަމަށް ބުނެފާނެ ކަމަށް ގަބޫލު ކުރެވެއެވެ. 1978ގައި މައިކަލް ހާރޓް ކިޔާ މީހަކު ލިޔުނު ފޮތެއްގައި ދުނިޔެދުށް އެންމެ މޮޅު 100 މީހުންގެ ލިސްޓްގެ އެންމެ ފުރަތަމަވަނަ ދެވިފައިވަނީ ކީރިތި ރަސޫލާ މުޙައްމަދު صلئ الله عليه وسلم އަށެވެ. މިކަމަކީ […]

ބަލި ގަބޫލުކުރައްވައި ނަޝީދު ވިދާޅުވީ ތާއީދު ކުރައްވާ ކެންޑިޑޭޓެއް ކަނޑައަޅުއްވާނީ ފަހުން ކަމަށް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކާމިޔާބު ހޯއްދަވާފައިވާ ކަމަށާއި, ނަމަވެސް ތާއީދު ކުރައްވާ ކެންޑިޑޭޓެއް ކަނޑައަޅުއްވާނީ ފަހުން ކަމަށް އެ މަނިކުފާނާ ވާދަކުރެއްވި އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އިންތިޚާބަށްފަހު 24 ގަޑިއިރު ވަންދެން ހަނު ހުންނެވުމަށްފަހު އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕަކަށް ރައީސް ނަޝީދު މިއަދު ހެނދުނު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޕްރައިމަރީ އިންތިޚާބުގެ އޮޅުވައިލުންތައް އެއްކިބާކޮށްފިނަމަ ރައީސް ޞާލިޙަށް ވަރަށް ގިނަ ވޯޓު އުނިވާނެ ކަމަށެވެ. އެހެނަސް ލަފާކުރައްވަނީ […]