ނޮޅިވަރަމުގެ ދަނޑުގައި ޓާރފް އަޅަން 3 ދުވަހަށްވެފައި ވަނިކޮށް ޓާރފްތަކުގައި ރޯކޮށްލައިފި

Loading

Facebook
Twitter
WhatsApp

ހދ.ނޮޅިވަރަމުގެ ފުޓްބޯޅަ ދަނޑުގައި ޓާރފް އަޅަން ތިން ދުވަހަށްވެފައި ވަނިކޮށް ޓާރފް ތަކުގައި ރޯކޮށްލައިފިއެވެ.

އެ ރަށު ކައުންސިލްގެ ރައީސް ޔޫސުފް މޫސާ ވިދާޅުވީ ޓާރފްތަކުގައި ރޯކޮށްލިކަމުގެ މަޢުލޫމާތު ލިބިވަޑައިގަތީ ރޭ 3:30 ހާއިރު ކަމަށާއި އަލިފާންގަނޑު ނިއްވައިލެވުނީ މިއަދު ހެނދުނު ވީ ފަހުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ބަޔަކު ގަސްތުގައި ކުރި ކަމެކެވެ.

ޓާރފް ތަކުގައި ރޯކޮށްލާފައިވަނީ ޓާރފް އަޅަން ތިން ދުވަހަށްވެފައި ވަނިކޮށެވެ.

މިކަމާ ގުޅޭ ގޮތުން ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެތައް ގޮންޖެހުންތަކާއެކު ދިގުލައިގެންދިޔަ ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި ޓާރފް އަޅަން 3 ދުވަހަށް ވުމާއެކު ބަޔަކު މިވަނީ ގަސްތުގައި ޓާރފް ތަކުގައި ރޯކޮށްލާފައި ކަމަށެވެ. އަދި އެތައް މިލިއަން ރުފިޔާގެ ގެއްލުންދީ ގަސްތުގައި ރަށުގެ ތަރައްޤީއަށް ހުރަސްއެޅުމަކީ ވަރަށް ދެރަ އަދި ފިނޑި އަމަލެއްކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް