އިދިކޮޅު ކޯލިޝަނުގެ ''ހޯޕް ކޮންފަރެންސް'' ގެ ތެރެއިން ބޮޑު އިހުތިޖާޖެއް

Loading

Facebook
Twitter
WhatsApp

އިދިކޮޅު ކޯލިޝަނުގެ ލީޑަރު ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ކެމްޕޭން ހަރަކާތްތައް ރަސްމީކޮށް ފެށުމަށް ބާއްވާ ކޮންފަރެންސްގެ ތެރެއިން އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

ރައީސް ޔާމީނަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވާ “ހޯޕް ކޮންފަރެންސް“ އޮންނާނީ އަންނަ މަހުގެ 02 އިން ފެށިގެން 04 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮންފަރެންސްގެ ތަފްސީލް:

ކޮންފަރެންސްގައި ކޯލިޝަންގެ ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުން ބައިވެރިވާނެ.

ސްޓިއަރިން ކޮމިޓީތަކާއި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ބައިވެރިވާނެ.

އަންނަމަހުގެ 03 ވާ ހުކުރު ދުވަހު “ބުންވަރު“ ގެ ނަމުގައި އިހުތިޖާޖެއް ބާއްވާނެ.

ކޮންފަރެންސް ނިންމާ ޖަލްސާ އޮންނާނީ 04 ވަނަ ދުވަހު އާޓިފިޝަލް ބީޗުގައި

މި ހަރަކާތްތައް ކުރިއަށް ގެންދަނީ ފުލުހުންގެ އިދާރާއިން ހޯދަންޖެހޭ ހުއްދަތައް ހޯދައިގެންނެވެ.

ކޯލިޝަނުން ވަނީ “ބުންވަރު“ ގެ ނަމުގައި ބާއްވާ އިހުތިޖާޖުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ދަޢުވަތު ދީފައެވެ. މި އިހުތިޖާޖު ފަށާނީ ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ. މިއީ ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި ކުރިއަށް ގެންދާ ހަރަކާތެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް