ޔޫއެންއިން ތާލިބާނަށް އިންޒާރެއް

Loading

Facebook
Twitter
WhatsApp

ޔުނައިޓެޑް ނޭޝަންސް ސެކިއުރިޓީ ކައުންސިލުން އިއްޔެގް ވަގުތެއްގައި ބޭއްވި ކުއްލި ބައްދަލުވުމަކަށް ފަހު އަފްޣާނިސްތާނުގެ އަންހެނުންގެ ހައްގުތައް އަނބުރައި ދިނުމަށް ތާލިބާނުންނަށް ގޮވާލައިފިއެވެ. 

”އަފްޣާނިސްތާނުގެ އަންހެނުންނާ ދެކޮޅަށް ތާލިބާނުން ގާއިމްކޮށްފައިވާ ހަރުކަށި ގަވައިދުތައް މިހާރުން މިހާރަށް އުވާލުމަށް ގޮވާލަން“ ޖާޕާނުގެ ސަފީރު އިޝިކާނޭ ކިމިހިރޯ ވިދާޅުވިއެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ އިއްޔެ ބޭއްވުނު ބައްދަލުވުމަށް ފަހު ޔޫއެންއެސްސީގެ ފަރަތުން ރަސްމީކޮށް ވާހަކަފުޅުދައްކަވަމުންނެވެ. ޔޫއެންއެސްސީގައި ހިމެނެނީ 15 ގައުމެވެ. މިތަނުން މިކަމަށް ތާއިދުކޮށްފައިވަނީ 11 ގައުމަކުންނެވެ. 

2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގައި ވެރިކަން ގާއިމްކުރުމަށްފަހު ހަރުކަށި ގާނޫނުތަކެއް ގާއިމްކޮށްފައިވެއެވެ. މިގޮތުން އަންހެނުން ސާނަވީ އަދި މަތީ ސާނަވީ ތައުލީމް ހާސިލްކުރުން މަނާކޮށް، ޕަބްލިކް ސެކްޓާގައި ވަޒީފާ އަދާކުރުން މަނާކޮށް، ޕާކުތަކުގައި އަންހެނުން ގޮސް ތިބުން ފަދަ ކަންކަން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން އެހީދޭ އެންޖީއޯތަކުގައިވެސް އަންހެނުން އަފްޣާނިސްތާނުގައި މަސައްކަތް ކުރުން ވަނީ ތާލިބާނުން މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން މަނާކޮށްފައެވެ. މިކަން މަނާކުރުމާއެކު ގާތްގަނޑަކަށް %15 އެންޖީއޯތަކުން އަފްޣާނިސްތާނަށް އެހީ ފޯރުކޮށްދިނުން ހުއްޓާލާފައިވާކަން ތަފާސްހިސާބުތަކުން ހާމަވެއެވެ. އަދި %68 އެންޖީއޯތަކުން ވަނީ އެމީހުންގެ މަސައްކަތް މަޑުޖައްސާލާފައެވެ. 

ޔޫއެންއިން ބުނާގޮތުގައި އަފްޣާނިސްތާޏުގެ 97 އިންސައްތަ މީހުން ދިރިއުޅެނީ ފަގީރުކަންމަތީގައެވެ. އެހެންކަމުން އެމީހުން ވަނީ އެހީ ފޯރުކޮށްދޭ ޖަމާއަތްތަކުގެ އެހީއަށް ނުހަނު ބޮޑަށް ބޭނުންޖެހިފައެވެ. ނަމަވެސް މި ގަވައިދުގެ ސަބަބުން އެމީހުނާ ހިސާބަށް އެންޖީއޯތަކުން އެހީފޯރުކޮށްނުދެވުމުން އެ ގައުމުގެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތައް ލިބެމުންދާނެކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް