އިންޑިޔާގެ ފާމަސިއުޓިކަލްއަކުން އުފެއްދި ބޭހެއްގެ ސަބަބުން 18 ކުޑަކުދިން މަރުވި މައްސަލަ ބަލަނީ

Loading

Facebook
Twitter
WhatsApp
އިންޑިޔާގެ ޕާމަސިއުޓިކަލްއެއް ކަމަށްވާ މެރިއޮން ބައޯޓެކް އިން އުފައްދާފައިވާ ކޯފް ސިރަޕްއެއް ބޭނުން ކުރުމާ ގުޅިގެން އުޒްބަކިސްތާނުގައި 18 ކުޑަކުދިން މަރުވި މައްސަލަ އެ ދެ ގައުމުން ގުޅިގެން ތަހުގީގު ކުރަން ފަށައިފިއެވެ.
އުޒްބަކިސްތާނުގެ ހެލްތް މިނިސްޓްރީން އިއްޔެ ބުނެފައިވާ ގޮތުގައި މި ކޯފް ސިރަޕްގައި ވިހަ މާއްދާއެއް ހިމެނެއެވެ. ޑޮކް ވަން މެކްސް ނަމަކަށް ކިޔާ މި ސިރަޕްގައި ގިނަ އަދަދަކަށް އެތިލިން ގްލައިކޯލް ހިމެނެއެވެ. 
އުޒްބަކިސްތާނުން މި ކަން އެއްގުމާއެކު އިންޑިޔާގެ ހެލްތް މިނިސްޓްރީއާއި އުއްތަރް ޕްރަދޭޝް ޑްރަގް ކޮންޓްރޯލް އެންޑް ސީޑީއެސްކޯ ޓީމްއިން ވަނީ މި ކޯފް ސިރަޕްގެ ސާމްޕަލް ނަގައި ޓެސްޓުކުރަން ފަށާފައެވެ. 
މެރިއޮން ބައޯޓެކްގެ ގާނޫނީ ރެޕްރެސެންޓޭޓިވް ބުނެފައިވާ ގޮތުގައި މި ޑްރަގް އުފެއްދުން މިހާރު ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ. 
ދުނިޔޭގެ ގިނަ ގައުމުތަކުން ބޭސްވެރިކަމަށް އިންޑިޔާއަށް ބަރޯސާވެފައިވާ އިރު މިފަދަ މައްސަލަތައް ފެންމަތިވަމުންދާކަމީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ކަމެކެވެ. މީގެ ދެތިން މަސް ކުރިން އެ ގައުމުގެ ނިއު ދެއްލީއަށް ނިސްބަތްވާ މެއިޑެން ފާމަސިއުޓިކަލްސްގެ ކޯފް ސިރަޕްއެއް ބޭނުންކުރުމުން އެފްރިކާގެ 70 ކުދިން މަރުވި ހާދިސާއެއްވެސް ފެންމަތިވެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް