އިންޑިޔާއިން ސިއްރިއްޔާތުގައި ކަނޑުގެ ސިފައިންގެ މަރުކަޒެއް މޮރިޝަސްގައި އަޅަނީ؟

ސެޓަލައިޓް އިމޭޖެރީއާއި ފިނޭންޝަލް ޑޭޓާގެ އެހީގައި އިންޑިޔާ ސަރުކާރުން އެފްރިކާގެ ގައުމެއް ކަމުގައިވާ މޮރިޝަސްގައި ސިފައިންގެ މަރުކަޒެއް އަޅަމުންދާކަން ހާމަވެއްޖެއެވެ. މިކަމާ ގުޅިގެން ތުންތުންމަތިން ގިނަ ވާހަކަތަކެއް ފާއިތުވި އަހަރުތަކުގެ ތެރޭގައިވެސް ދެކެވިފައިވެއެވެ. އިންޑިޔާ ސަރުކާރުންނާއި މޮރިޝަސްގެ ވެރިން ވަނީ 2018 ވަނަ އަހަރު މި ވާހަކަތައް ދޮގުކުރައްވާފައެވެ. އަދި އެއީ އެ ސަރަހައްދުގައި ދިރިއުޅެމުންދާ ރަށުގެ 300 މީހުންގެ ތަރައްގީ އަށްޓަކައި ބިނާކުރަމުންދާ ތަންތަން ކަމަށް ދެފަރާތުން ވެސް ވަނީ މައުލޫމާތު ދީފައެވެ. ދާދިފަހުގެ ސެޓަލައިޓް […]
ހޮނުއެޅައިގެން ބަނގްލަދޭޝްގައި ކައިވެނީގެ ހަފުލާއަކަށް އެއްވެ ތިބި 16 މީހުން މަރުވެއްޖެ

މި އަހަރުގެ ހުޅަނގުމޫސުމާ ގުޅިގެން ބަނގްލަދޭޝްއަށް ކުރަމުންދާ ވިއްސާރާގައި ގިނަ ބަޔަކަށް ވަނީ ގެއްލުންވެފައެވެ. ފާއިތުވި 4 އަހަރުގެ ތެރޭގައިވެސް އެ ގައުމަށް ކޮށްފައިނުވާ ވަރަށް މި އަހަރު ވަނީ ވިއްސާރައިގެ އަސަރު އެގައުމުގެ އެކި ކަންކޮޅުތަކަށް ކޮށްފައެވެ. މިގޮތުން ކޮކްސް ބާޒާރު ސަރަހައްދުގައި ފެންބޮޑުވެ، އެ ސަރަހައްދުގައި ދިރިއުޅެމުންދިޔަ ރޮހިންޏާގެ 6 ރެފިއުޖީން މަރުވެ އެތައް ރެފިއުޖީން ދިރިއުޅެމުން ދިޔަ ގެދޮރު ވަނީ ސުންނާފަތިވެފައެވެ. ބުދަ ދުވަހުގެ ވިއްސާރާގައި ހޮނުއެޅުމާ ގުޅިގެން ކައިވެނި ހަފްލާއަކަށް އެއްވެ […]
ޕެގަސަސް ސްޕައިވެއާރގެ މައްސަލައިގައި ގައުމުތަކުގެ ވެރިން ކަންބޮޑުވުން ފާޅުކުރައްވައިފި

އެން.އެސް.އޯ ގްރޫޕްގެ ސޮފްޓްވެއަރއެއް ކަމުގައިވާ ޕެގަސަސް ސޮފްޓްވެއަރގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އިސްވެރިން ކަންބޮޑުވުން ފާޅުކުރައްވަން ފައްޓަވައިފިއެވެ. އެހެނީ އެ ސޮފްޓްވެއަރ ބޭނުންކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ނޫސްވެރިންނާއި، އެކްޓިވިސްޓުންނާއި ގާނޫނީވަކީލުންގެ ފޯނުތައް ހެކްކޮށްފައިވާކަން ވަނީ ދާދިފަހުން ފަޅާއަރާފައެވެ. އެކަން ފަޅާއަރާފައި ވަނީ ފަރަންސޭސިވިލާތުގެ ފޮބިޑެން ސްޓޯރީސް އާއި އެމީހުންގެ މީޑިޔާ ޕާޓްނަރުން މިކަމާ ގުޅިގެން ލިޔުމެއް ޝާއިޢުކޮށް މި ސޮފްޓްވެއަރ ބޭނުންކޮށްގެން ހެކްކޮށްފައިވާ 50000 ފޯނުނަންބަރު އެކުލެވޭ ލިސްޓެއް އާންމުކުރުމުންނެވެ. އެން.އެސް.އޯ ގްރޫޕުގެ ޕެގަސަސް […]
ބޮޑު ވަޒީރު މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައި މެލޭޝިޔާގައި އިދިކޮޅުފަރާތްތަކުން މުޒާހަރާކޮށްފި

މެލޭޝިޔާގެ ބޮޑުވަޒީރު، މުޙީއްދީން ޔާސިން މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައި އިދިކޮޅު ޕާޓީގެ ފަރާތްތަކުން ވަނީ ހޯމަދުވަހު ހެނދުނުގެ ވަގުތެއްގައި މުޒާހަރާކޮށްފައެވެ. މުޒާހަރާގެ ބައިވެރީން ވަނީ މަޖިލީސް އިމާރާތުގެ ސަރަހައްދަށް އެއްވެ އިމާރާތުގެ އެތެރެއަށް ވަނުމަށް މަސައްކަތްކޮށްފައެވެ. އަދި މުޒާހަރާގެ ބައިވެރިން ކޮންޓްރޯލުކުރުމަށް އެސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުންވެސް ހަރަކާތްތެރިވިއެވެ. އިދިކޮޅު ޕާރޓީގެ ލީޑަރު، އަންވަރް އިބްރާހީމް ވަނީ ޕާލިމެންޓުގެ 107 މެމްބަރުންގެ ތާއީދު މިކަމަށް ލިބިފައިވާކަން ފާހަގަކުރައްވައި ބޮޑުވަޒީރު މުޙީއްދީން މަގާމުން އިސްތިއުފާ ދިނުން ނޫން […]
ހަމާސް ޖަމާއަތުގެ ވެރިޔަކަށް އަނެއްކާވެސް ހަނިއްޔާ ހޮވިވަޑައިގެންފި

ފަލަސްތީނުގެ ޣައްޒާގެ ޖަމާއަތެއް ކަމުގައިވާ ހަމާސް ޖަމާއަތުގެ އެންމެ އިސްވެރިޔާގެ މަގާމަށް އިސްމާޢީލް ހަނިއްޔާ ހޮވިވަޑައިގެންފިއެވެ. ރޮއިޓާޒް ނިއުސް އޭޖެންސީއަށް މައުލޫމާތު ދެއްވަމުން ފަލަސްތީނުގެ ދެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިއީ ހަނިއްޔާ މި މަގާމަށް ހޮވިވަޑައިގަތް ދެވަނަ ފަހަރެވެ. އޭނާގެ ފުރަތަމަ ދައުރު ފެށިފައިވަނީ 2017 ވަނަ އަހަރުއެވެ. އަދި މިހާރު ހޮވިވަޑައިގެންނެވި ދައުރުގެ މުއްދަތަކީ 4 އަހަރެވެ. ހަނިއްޔާ މި މަގާމުގައި ކުރިން ހޭދަކުރެއްވި ދުވަސްތަކުގައި އޭނާ ވަނީ އިޒްރޭލާ ދެކޮޅަށް ހަމަލާދިނުމުގައި ފަސްނުޖެހިވަޑައިގަތުމެއް […]
ބަނގްލަދޭޝްގައި ފެންބޮޑުވެ ރެފިއުޖީން ހާލުގައި ޖެހިއްޖެ

ހުޅަނގުމޫސުމުގެ ވިއްސާރައިގައި ވެހުނު ވާރޭގައި ފެން ބޮޑުވެ ބަނގްލަދޭޝްގެ ދެކުނުގެ ސަރަހައްދުތަކުގައި ހުރި ރެފިއުޖީ ކޭމްޕުތަކުގައި ފެންބޮޑުވެ އެތައް ބަޔަކު ހާލުގައިޖެހިއްޖެއެވެ. ފެންބޮޑުވެފައިވާ ސަރަހައްދުކަމުގައިވާ ކޮކްސް ބާޒާރުގެ ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޓަރ، މަމުނޫރް ރާޝިދު ވިދާޅުވި ގޮތުގައި ފެންބޮޑުވުމާ ގުޅިގެން އެ ސަރަހައްދުގައި ދިރިއުޅެމުންދިޔަ ރޮހިންޏާގެ ހަ މީހުން މަރުވެފައި ވެއެވެ. އޭގެ ތެރޭގައި ތިން ކުޑަކުދިން ހިމެނެއެވެ. މީގެ އިރުތުރުން ބަންގްލަދޭޝްގެ 15 މީހުންވެސް މިހާދިސާގައި މަރުވެފައިވާކަމަށް އޭނާ ވަނީ މައުލޫމާތުދެއްވާފައެވެ. އަދި 20000 އަށްވުރެ ގިނަ […]
މެލޭޝިޔާގެ ބޮޑުވަޒީރު މަގާމުން އިސްތިއުފާ ދެއްވުމަށް އިދިކޮޅު ޕާޓީތަކުގެ ވެރިން ގޮވާލައްވައިފި

އިއްޔެގެ ވަގުތެއްގައި މެލޭޝިޔާގެ ކުރީގެ ޕްރައިމް މިނިސްޓަރ، ޑޮކްޓަރ މަހާތީރު މުޙަންމަދާއި، އިދިކޮޅު ޕާރޓީގެ ލީޑަރު، އަންވަރް އިބްރާހީމް އަދި އަމްނޯގެ ރައީސް، ޑޮކްޓަރ އަޙްމަދު ޒާހިދު ޙަމީދީ ވަނީ ގައުމުގެ މިހާރުގެ ބޮޑުވަޒީރު، މުޙީއްދީން މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވައި ބަޔާނެއް ނެރުއްވާފައެވެ. ތިން ބޭފުޅުންވެސް ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައްވާފައި ވަނީ މުޙީއްދީން އެމަރޖެންސީ އޯޑިނޭޓްސް (އީ.އޯ) އުވާލެއްވި މައްސަލައާ ގުޅިގެންނެވެ. އީ.އޯ އުވާލެއްވިކަން އިއުލާނު ކުރައްވާފައި ވަނީ ޑީފެކްޓޯ ގާނޫނާ ބެހޭ މިނިސްޓަރ، ތަކިޔުއްދީން […]
ތާލިބާނުންނާއި ޗައިނާ ސަރުކާރުގެ އިސް ބޭފުޅުން ބައްދަލުކުރައްވައިފި

ޗައިނާގެ ފޮރިން މިނިސްޓަރު ޠާލިބާނުންގެ ޖަމާއަތަކާއި ބައްދަލުކުރައްވަވައިފިއެވެ. މިދިޔަ ބުދަދުވަހު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ޠާލިބާން ޖަމާއަތުގެ ކޯ ފައުންޑަރ، މުއްލާ ޢަބްދުލް ޣާނީ ބަރާދަރް ބައިވެރިވެވަޑައިގެންނެވި ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީގެ ފަރާތުން ވާހަކަފުޅުދައްކަވަމުން، ވެންގްޔީ ވަނީ ވިދާޅުވެފައެވެ. މި ބައްދަލުވުމުގެ ސަބަބުން ޗައިނާއަށް ނުރައްކަލަކަށް ވާނެކަމުގެ ބިރު އޮތް އީސްޓް ޓާރކެސްތާން އިސްލާމިކް މޫވްމެންޓް ހަމަޔަކަށް އެޅިގެންދިޔުމަށް މަގުފަހި ވެގެންދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޗައިނާގެ ޓިއާންޖިން ސިޓީގައި ބޭއްވި ބައްދަލުވުމަށްފަހު ޠާލިބާނުންގެ […]
ތުރުކީ ވިލާތުން ބްލެކް ސީގައި އަލިފާން ރޯކޮށްފި

ބްލެކް ސީ ގެ ސަކަރްޔާ ފީލްޑުންނެގި ގޭހުގައި ތުރުކީ ވިލާތުން ފުރަތަމަ ފަހަރަށް އަލިފާން ރޯކޮށްފިއެވެ. މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ބްލެކް ސީއިން ފެނިފައިވާ ގޭސް ހަކަތައަށް ބަދަލުކޮށް ބޭނުންކުރުމުގެ ގާބިލުކަން އެ ގައުމަށް ލިބުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ގޭހުގައި އަލިފާން ރޯކޮށް ބްލެކް ސީ ދިއްލާލާފައި ވަނީ މި އުފާވެރި މުނާސަބަތު ފާހަގަ ކުރުމުގެ ގޮތުންނެވެ. ތުރުކީގެ ރައީސް، އުރުދުޣާން ވަނީ އޮންލައިން ކޮންފަރެންސެއްގައި މިކަމާ ގުޅިގެން ވާހަކަފުޅުދައްކަވާފައެވެ. […]
އޮލިމްޕިކްސްގައި އިޒްރޭލުން ބައިވެރިވި ކުޅުންތެރިންނަށް ޖަޕާނުގެ ރައްޔިތުންގެ ފާޑުކިޔުންތައް އަމާޒުވެއްޖެ

ޖަޕާނުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގައި ބައިވެރިވުމަށް އޮލިމްޕިކް ސިޓީއަށް ގޮސް ތިބި ކުޅުންތެރިން ނިދުމަށް ޖަޕާނުން އުފައްދާފައިވާ ހާއްސަ ކާޑުބޯޑު އެނދުތަކުގެ ވާހަކައަކީ ވަރަށް ގިނަ މީސްމީޑިޔާ ޕްލެޓްފޯމް ތަކުގައި ދެކެވެމުންދާ ވާހަކައެކެވެ. މި އެނދުތައް ފަރުމާކޮށްފައިވަނީ އެންމެ މީހަކަށް ނިދޭގޮތަށެވެ. ދާދިފަހުން އިޒްރޭލުގެ ބޭސްބޯލް ކުޅުންތެރިޔާ، ބެން ވޭންގާ އޭނާގެ ޓިކްޓޮކް އެކައުންޓުގައި އާންމުކޮށްފައިވާ ވީޑިޔޯއަކާ ގުޅިގެން ޖަޕާނުގެ ރައްޔިތުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. މި ވީޑީޔޯގައި އޭނާ ވަނީ އިޒްރޭލުގެ އެހެން ކުޅުންތެރިންނާ އެކު […]