އިންޑިޔާއިން ސިއްރިއްޔާތުގައި ކަނޑުގެ ސިފައިންގެ މަރުކަޒެއް މޮރިޝަސްގައި އަޅަނީ؟

Loading

Facebook
Twitter
WhatsApp

ސެޓަލައިޓް އިމޭޖެރީއާއި ފިނޭންޝަލް ޑޭޓާގެ އެހީގައި އިންޑިޔާ ސަރުކާރުން އެފްރިކާގެ ގައުމެއް ކަމުގައިވާ މޮރިޝަސްގައި ސިފައިންގެ މަރުކަޒެއް އަޅަމުންދާކަން ހާމަވެއްޖެއެވެ. މިކަމާ ގުޅިގެން ތުންތުންމަތިން ގިނަ ވާހަކަތަކެއް ފާއިތުވި އަހަރުތަކުގެ ތެރޭގައިވެސް ދެކެވިފައިވެއެވެ.

އިންޑިޔާ ސަރުކާރުންނާއި މޮރިޝަސްގެ ވެރިން ވަނީ 2018 ވަނަ އަހަރު މި ވާހަކަތައް ދޮގުކުރައްވާފައެވެ. އަދި އެއީ އެ ސަރަހައްދުގައި ދިރިއުޅެމުންދާ ރަށުގެ 300 މީހުންގެ ތަރައްގީ އަށްޓަކައި ބިނާކުރަމުންދާ ތަންތަން ކަމަށް ދެފަރާތުން ވެސް ވަނީ މައުލޫމާތު ދީފައެވެ.

ދާދިފަހުގެ ސެޓަލައިޓް ފޮޓޯތަކުން ހާމަވެފައިވާ ގޮތުގައި އެރަށުގައި ތިން ކިލޯމީޓަރުގެ މަތިންދާބޯޓު ރަންވޭއަކާއި ދެ ޖެޓީ އަޅައި ރަށް ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ބޮޑަށް ތަރައްގީކޮށްފައެވެ. މި ތަންތަން އިމާރަތް ކުރުމުގެ މަސައްކަތުގައި އިންޑިޔާގެ 1000 ރައްޔިތުން މިހާރުވެސް ހަރަކާތްތެރިވަމުންދާކަމަށް ކަމާބެހޭފަރާތްތަކުން ވަނީ މައުލޫމާތުދީފައެވެ.

ނިއުދިއްލީގެ އޮބްސަރވާ ރިސާޗް ފައުންޑޭޝަންގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެއް ކަމުގައިވާ އަބިޝެކް މިޝްރާ ވަނީ މިއީ އިންޑިޔާ ސަރުކާރުން ސައުތުވެސްޓް އިންޑިޔަން އޯޝަންއާއި މޮޒެމްބީކް ޗެނެލްގެ މައްޗަށް އެމީހުންގެ ބާރުފޯރުވުމުގެ ގޮތުން ހިންގާ ޕްރޮޖެކްޓެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މިއީ މިފަދަ އަސްކަރީ މަރުކަޒެއް ގާއިމުކުރުމަށް ވަރަށް އެކަށީގެންވާ ސަރަހައްދެއްކަން ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް