ހަމާސް ޖަމާއަތުގެ ވެރިޔަކަށް އަނެއްކާވެސް ހަނިއްޔާ ހޮވިވަޑައިގެންފި

Loading

Facebook
Twitter
WhatsApp

ފަލަސްތީނުގެ ޣައްޒާގެ ޖަމާއަތެއް ކަމުގައިވާ ހަމާސް ޖަމާއަތުގެ އެންމެ އިސްވެރިޔާގެ މަގާމަށް އިސްމާޢީލް ހަނިއްޔާ ހޮވިވަޑައިގެންފިއެވެ. ރޮއިޓާޒް ނިއުސް އޭޖެންސީއަށް މައުލޫމާތު ދެއްވަމުން ފަލަސްތީނުގެ ދެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިއީ ހަނިއްޔާ މި މަގާމަށް ހޮވިވަޑައިގަތް ދެވަނަ ފަހަރެވެ.

އޭނާގެ ފުރަތަމަ ދައުރު ފެށިފައިވަނީ 2017 ވަނަ އަހަރުއެވެ. އަދި މިހާރު ހޮވިވަޑައިގެންނެވި ދައުރުގެ މުއްދަތަކީ 4 އަހަރެވެ. ހަނިއްޔާ މި މަގާމުގައި ކުރިން ހޭދަކުރެއްވި ދުވަސްތަކުގައި އޭނާ ވަނީ އިޒްރޭލާ ދެކޮޅަށް ހަމަލާދިނުމުގައި ފަސްނުޖެހިވަޑައިގަތުމެއް ނެތި އެތަކެއް މަސައްކަތްތަކެއް ކުރައްވާފައެވެ. މިގޮތުން ފާއިތުވި މޭ މަހުގެ ތެރޭގައި ހިނގާދިޔަ ހަމަލާތަކުގައިވެސް އޭނާ ވަނީ ފަލަސްތީނު ދިފާއުކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ހަމާސް ޖަމާއަތުގެ ޗީފްގެ މަގާމާއި 2017 ވަނަ އަހަރު ހަވާލުވެވަޑައިގަތުމުގެ ކުރިން އޭނާ ވަނީ ހަމާސް ޖަމާއަތުގެ ބާނީ، ޝޭޚް އަޙްމަދް ޔާސީންގެ އަރިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. ޝޭޚް އަޙްމަދް ޔާސީން އަވަހާރަކޮށްލާފައިވަނީ 2004 ވަނަ އަހަރުއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް