ހޮނުއެޅައިގެން ބަނގްލަދޭޝްގައި ކައިވެނީގެ ހަފުލާއަކަށް އެއްވެ ތިބި 16 މީހުން މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

މި އަހަރުގެ ހުޅަނގުމޫސުމާ ގުޅިގެން ބަނގްލަދޭޝްއަށް ކުރަމުންދާ ވިއްސާރާގައި ގިނަ ބަޔަކަށް ވަނީ ގެއްލުންވެފައެވެ. ފާއިތުވި 4 އަހަރުގެ ތެރޭގައިވެސް އެ ގައުމަށް ކޮށްފައިނުވާ ވަރަށް މި އަހަރު ވަނީ ވިއްސާރައިގެ އަސަރު އެގައުމުގެ އެކި ކަންކޮޅުތަކަށް ކޮށްފައެވެ. މިގޮތުން ކޮކްސް ބާޒާރު ސަރަހައްދުގައި ފެންބޮޑުވެ، އެ ސަރަހައްދުގައި ދިރިއުޅެމުންދިޔަ ރޮހިންޏާގެ 6 ރެފިއުޖީން މަރުވެ އެތައް ރެފިއުޖީން ދިރިއުޅެމުން ދިޔަ ގެދޮރު ވަނީ ސުންނާފަތިވެފައެވެ.

ބުދަ ދުވަހުގެ ވިއްސާރާގައި ހޮނުއެޅުމާ ގުޅިގެން ކައިވެނި ހަފްލާއަކަށް އެއްވެ ތިބި މީހުންގެ ތެރެއިން 16 މީހުން ވަނީ މަރުވެފައެވެ. އޮފިޝަލުން މައުލޫމާތުދިން ގޮތުގައި އެ ހާދިސާގައި ކައިވެނި ކުރި ފިރިހެން މީހާއަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވެއެވެ. ނަމަވެސް ކައިވެނި ކުރި އަންހެން މީހާ އެވަގުތު އެތަނުގައި ނެތުމުން އޭނާ ވަނީ ސަލާމަތް ވެފައެވެ. މި ހާދިސާ ހިނގާފައި ވަނީ ކައިވެނީގެ ހަފުލާގެ ބައިވެރިން ތޫފާން އައުމުން، ސަލާމަތްވުމަށްޓަކައި ޝިބްގަންޖީ ކޯރުގެ އައްސޭރީގެ އަނެއްފަރާތަށް ދަތުރުކުރި ވަގުތުކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ މައުލޫމާތު ދީފައެވެ.

ދެކުނު އޭޝިއާ ސަރަހައްދުގައި ކޮންމެ އަހަރަކުވެސް މިފަދަ ހާދިސާތަކުގައި އެތައް ބަޔަކު މަރުވެއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ހޮނުއެޅުމާ ގުޅިގެން 2016 ވަނަ އަހަރު 200 މީހުން މަރުވެފައިވެއެވެ. އަދި މިއަހަރުގެ ތެރޭގައިވެސް 349 މީހުން މަރުވެފައިވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް