ބޮޑު ވަޒީރު މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައި މެލޭޝިޔާގައި އިދިކޮޅުފަރާތްތަކުން މުޒާހަރާކޮށްފި

Loading

Facebook
Twitter
WhatsApp

މެލޭޝިޔާގެ ބޮޑުވަޒީރު، މުޙީއްދީން ޔާސިން މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައި އިދިކޮޅު ޕާޓީގެ ފަރާތްތަކުން ވަނީ ހޯމަދުވަހު ހެނދުނުގެ ވަގުތެއްގައި މުޒާހަރާކޮށްފައެވެ. މުޒާހަރާގެ ބައިވެރީން ވަނީ މަޖިލީސް އިމާރާތުގެ ސަރަހައްދަށް އެއްވެ އިމާރާތުގެ އެތެރެއަށް ވަނުމަށް މަސައްކަތްކޮށްފައެވެ. އަދި މުޒާހަރާގެ ބައިވެރިން ކޮންޓްރޯލުކުރުމަށް އެސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުންވެސް ހަރަކާތްތެރިވިއެވެ.

އިދިކޮޅު ޕާރޓީގެ ލީޑަރު، އަންވަރް އިބްރާހީމް ވަނީ ޕާލިމެންޓުގެ 107 މެމްބަރުންގެ ތާއީދު މިކަމަށް ލިބިފައިވާކަން ފާހަގަކުރައްވައި ބޮޑުވަޒީރު މުޙީއްދީން މަގާމުން އިސްތިއުފާ ދިނުން ނޫން ގޮތެއް ނޯންނާނެކަމަށް ވިދާޅުވެފައެވެ. މުޒާހަރާގެ ބައިވެރިން ބުނި ގޮތުގައި މުޙީއްދީން ވަނީ ގައުމުގެ އެކި ދާއިރާތަކުގައި ހުރި މައްސަލަތައް ހައްލުކުރަން ނުކުޅެދިފައެވެ. އަދި ބޮޑު ވަޒީރުގެ މަގާމުގެ ނުފޫޒު ބޭނުންކުރައްވައި އޭނާ ވަނީ ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރައްވާފައި ކަމަށްވެސް މުޒާހަރާގެ ބައިވެރިން ދަނީ ދައުވާ ކުރަމުންނެވެ.

މެލޭޝިޔާގެ ކުރީގެ ބޮޑު ވަޒީރު، މަހާތިރް މުޙަންމަދުވެސް ވަނީ މުޙީއްދީންއަށް މަގާމުން ވަކިވެވަޑައިގަތުމަށް ގޮވާލައްވާފައެވެ. އަދި މެލޭޝިޔާގެ ރަސްގެފާނު ވަނީ ގައުމުގެ ގާނޫނުތަކުގެ މައްޗަށް ބާރުފޯރުވަން ބޮޑުވަޒީރު މަސައްކަތް ކުރައްވަންފެށުމާ ގުޅިގެން ޕާރލިމެންޓަށް މައްސަލައެއްގެ ގޮތުގައި އެކަން ބަލައިދިނުމަށް އެދި ހުށަހަޅުއްވާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް