އިޒްރޭލާއި ޔޫ.އޭ.އީއާ ދެމެދު ސިއްރިއްޔާތުގައި ވެވުނު އެއްބަސްވުމުގެ ސަބަބުން ތިމާވެއްޓަށް ގެއްލުން

އިޒްރޭލުގެ އެއިލެޓް ރިސޯޓުގެ ވަށައިގެންވާ ރަތް ކަނޑުގެ ސަރަހައްދަކީ ދުނިޔެވީ ފެންވަރެއްގައި ފާހަގަކޮށްލެވޭ ސަރަހައްދެކެވެ. އެ ސަރަހައްދު ވަނީ މުރަކަތަކާއި ތަފާތު ވައްތަރުގެ މަސްމަހާމެއްސާއި ރީތި ހިތްގައިމު ގުދުރަތީ މަންޒަރުތަކުން މުއްސަނދި ވެފައެވެ. ނަމަވެސް މި ސަރަހައްދު މިހާރު މި ވަނީ އިޒްރޭލުގެ މުދަލުގެ ދަހިވެތިކަމުގެ ޝިކާރައަކަށްވެފައެވެ. އީކޮލޮޖިސްޓުން ލަފާކުރައްވާ ގޮތުގައި އިޒްރޭލާއި ޔޫ.އޭ.އީ އާ ދެމެދު މިދިޔަ އަހަރު ހަދާފައިވާ ސިއްރު އެގްރީމެންޓުތަކުގެ ސަބަބުން މި ގުދުރަތީ ޖަވާހިރު މި ދުނިޔެ މަތިން އެއްކޮށް ފުހެވިގެންދާނެއެވެ. […]
ތުރުކީގެ އުތުރުގެ ސަރަހައްދުތަކުގައި ފެންބޮޑުވެ އެތައް ބަޔަކު މަރުވެއްޖެ

ތުރުކީވިލާތުގެ އުތުރުގެ ސަރަހައްދުތަކަށް ކުރި ވިއްސާރާގައި ފެންބޮޑުވެ ބިންގަނޑު ގެނބުމުގެ ސަބަބުން މިހާތަނަށް ވަނީ 44 މީހުން މަރުވެފައެވެ. މިއީ ތުރުކީވިލާތަށް މީގެ ކުރިން ދިމާވެފައިނުވާ ވަރުގެ ބޮޑު ކާރިސާއެކެވެ. ވާރޭވެހި ފެންބޮޑުވި ސަރަހައްދުގައި ދިރިއުޅެމުންދާ އުމުރުން 42 އަހަރުގެ އިލްޔާސް ކަލަބަލިކް އަލްޖަޒީރާ ނޫހާ ހަވާލާދީ ބުނި ގޮތުގައި މޯބައިލް ފޯނާއި އިންޓަރނެޓްގެ ޚިދުމަތް އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބޭނެ އެއްވެސް ގޮތެއް ނެތެވެ. އެހެންކަމުން އެހީ ފޯރުކޮށްދޭން މަސައްކަތް ކުރާ މީހުންނާއި މުއާމަލާތުކުރެވޭނެ ގޮތެއް […]
ކޮވިޑް19: އިތުރު 111 މީހަކު ފައްސިވެއްޖެ!

މިއަދު ކޯވިޑް19 އަށް ފައްސިވެފައިވަނީ 111 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 79 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 8 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 24 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 78,926 އަށް އަރައިފައެވެ. އޭގެ ތެރޭގައި 1,960 އެކްޓިވް ކޭސް ހިމެނޭއިރު 19 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިހާތަނަށް ރާއްޖެ އިން […]
ތާލިބާނުން 90 ދުވަހުގެ ތެރޭގައި އަފްޣާނިސްތާނުގެ ވެރިރަށް އެމީހުންގެ ބާރުގެ ދަށަށް ގެންދާނެ

އެމެރިކާއިން ހަދާފައިވާ ދިރާސާއެއްގެ ތަފާސް ހިސާބުތަކުން ހާމަވެފައިވާ ގޮތުގައި ޠާލިބާނުން 30 ދުވަހުގެ ތެރޭގައި އަފްޣާނިސްތާނުގެ ވެރި ރަށް ކާބުލް އެމީހުންގެ ބާރުގެ ދަށަށް ގެންދާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި 90 ދުވަހުގެ ތެރޭގައި އެ ސަރަހައްދުގެ މައްޗަށް އެމީހުންގެ ބާރުވެރިކަން ފެތުރޭނެކަމަށްވެސް މި ދިރާސާ ކުރެއްވި އެމެރިކާގެ އިންޓެލިޖެންސްއިން ވަނީ ލަފާކޮށްފައެވެ. މިދިޔަ ހުކުރު ދުވަހަށް ފަހު ތާލިބާން ޖަމާއަތުން މިއަދާ ހަމައަށް އަފްޣާނިސްތާނުގެ ނުވަ ރަށް ހިފާފައިވެއެވެ. އެއީ ފައިޒާބާދް، ފަރާޚް، ޕުލް އަލްހުމްރީ، […]
11/9ގެ ހާދިސާއާއި ގުޅޭ އައު ރިޕޯޓެއް ބައިޑެންގެ ސަރުކާރުން ތައްޔާރުކުރަނީ

11/9ގެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކުން ބުނާގޮތުގައި ސައުދީ އަރަބިޔާއިން ވަނީ އަލް ގައިދާ ޖަމާއަތަށް އެހީތެރިކަން ފޯރުކޮށްދީ 9/11 ހާދިސާ ހިންގުމުގައި ބޮޑު ދައުރެއް އަދާކޮށްފައެވެ. އެހެންކަމުން އެ ހާދިސާގައި މަރުވި އާއިލާގެ މީހުން ދަނީ ސައުދީ އަރަބިޔާއިން އެކަމުގައި ބައިވެރިވެފައި ވަނީ ކިހާވަރަކަށްތޯ އަލުން ބަލައި ސައުދީ އަރަބިޔާއާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެންއަށް ގޮވާލަމުންނެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ވަނީ އެ މައްސަލައާ ބެހޭ ރިޕޯޓެއް ތައްޔާރުކުރުމުގެ […]
ޓްރަމްޕްގެ އެޓާނީ ޖެނެރަލް ޖަސްޓިސް ޑިޕާރޓްމެންޓުގައި ހިންގާފައިހުރި ހައިރާން ކުރުވަނިވި ވާހަކަތަކެއް ހިއްސާކުރައްވައިފި

މިދިޔަ އާދިއްތަ ދުވަހު ސެނެޓް ޖުޑިޝަރީގެ ޗެއާމޭން، ޑިކް ޑާބިން ވަނީ ޓްރަމްޕްގެ ވެރިކަމުގެ ދުވަސްވަރު އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުގެ ތެރޭގައި ހިނގާފައިހުރި އަޖައިބުކުރުވަނިވި ހާދިސާތަކެއްގެ ވާހަކަ ހިއްސާކުރައްވައި ސީ.އެން.އެން އަށް ބަޔާނެއް ދެއްވާފައެވެ. ގާތްގަނޑަކަށް ހަތް ގަޑިއިރު ވާނދެން އެ ބޭފުޅާ ސީ.އެން.އެންގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އެތައް ވާހަކަތަކެއް ހިއްސާ ކުރައްވާފައިވާކަން އިލްނޯސްގެ ޑިމޮކްރެޓް، ޑާރބިން ވިދާޅުވެފައިވެއެވެ. މި ވާހަތަކަކީ ހިތާމަހުރި ވާހަކަތަކެއް ކަމަށާއި ސިޔާސީ ނަޒަރަކުން ބަލައިފިނަމަ ބިރުގަންނަން ޖެހޭ ވަރުގެ ވާހަކަތަކެއް ކަންވެސް […]
ތާރީޚުގައިވެސް ހަނަފަސް ނުވާ ވަރަށް ކެލިފޯނިޔާގެ ބިންގަނޑު ހަނަފަސްވެ މުޅި ސަރަހައްދުން ފެން ހުސްވެއްޖެ

ހޫނުމޫސުމުގެ ވަބާގައިޖެހި ކެލިފޯނިޔާ ވަނީ ހަނަފަސް ސަހަރާއަކަށް ބަދަލުވެފައެވެ. ފެން ހުސްވެ ބިންގަނޑު ހަނަފަސްވެ ޖަނަވާރުތައް މަރުވެ ގަސްގަހާގެހި ވަނީ މޯޅިވެ ހިކި ފައެވެ. މިއީ ތާރީޚުގައިވެސް ކެލިފޯނިޔާއަށް އެންމެ ހޫނުގަދަ އަހަރު ކަމަށް ކަމާބެހޭފަރާތްތަކުން ހާމަކޮށްފައިވެއެވެ. ބޯނެ ފެން އެއްކޮށް ހުސްވެދާނެ ކަމަށް އެ ސަރަހައްދުގެ ވެރިން މިހާރު ވަނީ ދަނޑުބިންތަކަށް ދޫކޮށްފައި ހުރި ފެން އެމީހުންނަށް ބޭނުން ނުކުރެވޭގޮތަށް ހަދާފައެވެ. މިކަމާހެދީ ދަނޑުވެރިން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ނަމަވެސް ބޯނެ ފެން އެއްކޮށް ހުސްވެއްޖެނަމަ […]
ދިވެހި ސަރުކާރާ ދެކޮޅަށް މެލޭޝިޔާގެ ކޮންސްޓްރަކްޝަން ކުންފުންޏަކުން ދައުވާކޮށްފި

މެލޭޝިޔާގެ ކޮންސްޓްރަކްޝަން ކުންފުންޏެއްކަމުގައިވާ ޑަބްލިއު.ޒެޑް.އާރްއިން ދިވެހިސަރުކާރާ ދެކޮޅަށް ދައުވާކޮށްފިއެވެ. އެއީ ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ މިނިސްޓްރީ އޮފް ފިނޭންސްގެ އިމާރާތް ބިނާކުރުމާ ބެހޭ އެގްރިމެންޓާ ޚިލާފްވި މައްސަލައާއި ގުޅިގެންނެވެ. އެ ކުންފުނިން ވަނީ މި މައްސަލަ ކޯޓަށް ހުށަހަޅައި މެލޭޝިޔާގެ ފޮރިން މިނިސްޓްރީއާއި، މިނިސްޓްރީ އޮފް އިންޓަނެޝަނަލް ޓްރޭޑް އެންޑް އިންޑަސްޓްރީ އަދި ބޮޑުވަޒީރުގެ އޮފީހުން މި މައްސަލައިގެ ތަހުގީގުތައް ކުރިއަށް ގެންގޮސްދިނުމަށް އެދި ދަންނަވާފައެވެ. އެ ކުންފުނިން ދައުވާ ކުރާ ގޮތުގައި ދިވެހި ސަރުކާރުން ވަނީ […]
އޮލިމްޕިކްސް ވުޖޫދަށް ގެނުވި ރަށުގައި އަލިފާން ރޯވެއްޖެ

ގްރީސްގައި އަލިފާން ރޯވެ އޮލިމްޕިކް ގޭމްސް އެންމެ ފުރަތަމަ ވުޖޫދަށް ގެނުވި ސަރަހައްދަށް ނުރައްކާވާ ވަރަށް އަލިފާންގަނޑު ފެތުރި މުޅި ސަރަހައްދު ދަނީ އަނދަމުންނެވެ. އެންޝަންޓް އޮލިމްޕިއާ ކައިރީގައި އޮތް ޕެލޯޕޮނިސް އަވަށާ ހިސާބަށް އަލިފާންގަނޑު ފެތުރުމާ ގުޅިގެން މިދިޔަ ބުދަދުވަހުގެ ރޭ ސިޓިޒެންސް ޕްރޮޓެކްޝަން މިނިސްޓަރ، މިކާލިސް ކްރިސޮކޮއިޑިސް ވަނީ ކުއްލިގޮތަކަށް ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ. އަލިފާންގަނޑު ނިއްވާލުމަށް ރެއާއި ދުވާލު ކެނޑިނޭޅި މަސައްކަތްކުރަމުންދާކަމަށް އޭނާ ވަނީ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވެފައެވެ. އަދި މި އަލިފާންގަނޑު ކޮންޓްރޯލް […]
އިޒްރޭލުން ލުބަނާނުގެ ދެކުނުގެ ސަރަހައްދަކަށް މިސައިލުގެ ހަމަލާއެއް ދީފި

އިޒްރޭލުގެ ވައިގެ ސިފައިންގެ ޖެޓްތަކުން ލުބަނާނުގެ ދެކުނު ބޯޑަރު ސަރަހައްދަށް މިސައިލު ހަމަލާއެއް ދީފިއެވެ. ލުބްނާނުގައި މިދިޔަ އަހަރު ހިނގި ހިތާމަވެރި ހާދިސާއިން އަރައިގަތުމަށް އެ ގައުމުން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި އިޒްރޭލުން މިފަދަ ހަމަލާއެއް ދިނުމުން އެ ގައުމުގެ އިސްވެރިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ލުބުނާންގެ ޓީވީ ޗެނަލްއެއް ކަމުގައިވާ އަލް މަނާރް ޓީވީއިން މައުލޫމާތުދީފައިވާ ގޮތުގައި މި ހަމަލާ ދީފައިވަނީ މެންދަމު 12:40 ގައެވެ. އެއީ ލުބްނާންއާއި އިޒްރޭލާ ދެމެދުގެ ބޯޑަރާ ހަތް މޭލުދުރުގައިވާ މަހްމޫދިއްޔާ […]