ޓްރަމްޕްގެ އެޓާނީ ޖެނެރަލް ޖަސްޓިސް ޑިޕާރޓްމެންޓުގައި ހިންގާފައިހުރި ހައިރާން ކުރުވަނިވި ވާހަކަތަކެއް ހިއްސާކުރައްވައިފި

Loading

Facebook
Twitter
WhatsApp

މިދިޔަ އާދިއްތަ ދުވަހު ސެނެޓް ޖުޑިޝަރީގެ ޗެއާމޭން، ޑިކް ޑާބިން ވަނީ ޓްރަމްޕްގެ ވެރިކަމުގެ ދުވަސްވަރު އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުގެ ތެރޭގައި ހިނގާފައިހުރި އަޖައިބުކުރުވަނިވި ހާދިސާތަކެއްގެ ވާހަކަ ހިއްސާކުރައްވައި ސީ.އެން.އެން އަށް ބަޔާނެއް ދެއްވާފައެވެ.

ގާތްގަނޑަކަށް ހަތް ގަޑިއިރު ވާނދެން އެ ބޭފުޅާ ސީ.އެން.އެންގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އެތައް ވާހަކަތަކެއް ހިއްސާ ކުރައްވާފައިވާކަން އިލްނޯސްގެ ޑިމޮކްރެޓް، ޑާރބިން ވިދާޅުވެފައިވެއެވެ. މި ވާހަތަކަކީ ހިތާމަހުރި ވާހަކަތަކެއް ކަމަށާއި ސިޔާސީ ނަޒަރަކުން ބަލައިފިނަމަ ބިރުގަންނަން ޖެހޭ ވަރުގެ ވާހަކަތަކެއް ކަންވެސް އޭނާ ފާހަގަ ކުރައްވާފައި ވެއެވެ.

ކުރީގެ އެޓާނީ ޖެނެރަލް، ބިލް ބާރް މަގާމުން އިސްތިއުފާ ދެއްވުމުން އެ މަގާމަށް އައު ބޭފުޅަކު އައްޔަނުކުރެއްވުމުގައި ވެސް ޓްރަމްޕުގެ ސަރުކާރުން ވަރަށް ބޮޑަށް ނުފޫޒު ފޯރުވާފައި ވާކަން އޭނާ ވަނީ ހާމަކުރައްވާފައެވެ.

އޭރުގެ އެޓާނީ ޖެނެރަލް މަގާމުން ވަކިވެވަޑައިގަތުމަށް ފަހު އެ މަގާމަށް ބޭފުޅަކު ހޮވުމަށް ބޭއްވުނު އިންތިޚާބުގައި އެއްވެސް ކަމެއް ގޯސްކޮށް ހިނގާފައި ނުވާކަމަށް ބިލް ވިދާޅުވެފައިވީ ނަމަވެސް ހަގީގަތުގައި ކަންހިނގާފައި ވަނީ އެއާ ޚިލާފަށް ކަން ޑިކް ޑާރބިންގެ މި އިންޓަރވިއުއިން ވަނީ ހާމަވެފައެވެ.

ޑިސެމްބަރު 2020 އިން ފެށިގެން ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގެ ދައުރު ނިމެންދެން ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމުގައި ތިއްބެވި ރޮސެން އާއި ރިޗަޑް ޑޮނޯގް ވެސް ވަނީ އެބޭފުޅުން މަގާމުގައި ތިއްބެވި ދުވަސްވަރުގައި ހިނގައި ދިޔަ އިންތިޚާބުގެ ތެރޭގައި ދިމާވި ބައެއް ކަންކަމުގެ ވާހަކަ ހިއްސާކުރައްވާފައެވެ.

މިކަންކަމާ ގުޅިގެން ސެނެޓް ކޮމިޓީއަށް ދެއްވި ޚިޠާބެއްގައި ޑާރބިން ވިދާޅުވެފައިވަނީ ވަރަށް އަވަހަށް މި ކަންކަމުގެ ތަފްސީލީ ރިޕޯޓެއް އޭނާގެ ބެލުމުގެ ދަށުން ނެރެވޭނެކަމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް