ތުރުކީގެ އުތުރުގެ ސަރަހައްދުތަކުގައި ފެންބޮޑުވެ އެތައް ބަޔަކު މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

ތުރުކީވިލާތުގެ އުތުރުގެ ސަރަހައްދުތަކަށް ކުރި ވިއްސާރާގައި ފެންބޮޑުވެ ބިންގަނޑު ގެނބުމުގެ ސަބަބުން މިހާތަނަށް ވަނީ 44 މީހުން މަރުވެފައެވެ. މިއީ ތުރުކީވިލާތަށް މީގެ ކުރިން ދިމާވެފައިނުވާ ވަރުގެ ބޮޑު ކާރިސާއެކެވެ.

ވާރޭވެހި ފެންބޮޑުވި ސަރަހައްދުގައި ދިރިއުޅެމުންދާ އުމުރުން 42 އަހަރުގެ އިލްޔާސް ކަލަބަލިކް އަލްޖަޒީރާ ނޫހާ ހަވާލާދީ ބުނި ގޮތުގައި މޯބައިލް ފޯނާއި އިންޓަރނެޓްގެ ޚިދުމަތް އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބޭނެ އެއްވެސް ގޮތެއް ނެތެވެ. އެހެންކަމުން އެހީ ފޯރުކޮށްދޭން މަސައްކަތް ކުރާ މީހުންނާއި މުއާމަލާތުކުރެވޭނެ ގޮތެއް އެމީހުންނަކަށް ނެތެވެ.

ފާއިތުވި ތިން ދުވަހުގެ ތެރޭގައި ތުރުކީވިލާތުގެ އަވަށެއްކަމަށްވާ ބޮޒްކާޓްއަށް ވަނީ މެދުކެނޑުމެއްނެތި ވާރޭވެހިފައެވެ. ހަމަ އެފަދައިން ބާޓިން އާއި ކަސްޓަމޮނޫއަށްވެސް ވަނީ އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހި މުޅި ސަރަހައްދުގައި ފެންބޮޑުވެފައެވެ.

ގާތްގަނޑަކަށް 2250 މީހުންވަނީ އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. ހެލިކޮޕްޓަރުގެ އެހީގައި ސަރުކާރުން ވަނީ އެތައް ބަޔަކު ސަލާމަތްކޮށްފައެވެ. މި ހާދިސާ އެ ގައުމަށް ކުރިމަތިވެފައިވަނީ ބޮޑު އަލިފާންގަނޑެއް ރޯވެ ގައުމުގެ ބޮޑު ސަރަހައްދެއް އަނދައިހުލިވި ހާދިސާއަށް ފަހު މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް